ނޭޕާލް އަތުން ފަހުވަގުތު ބަލިވުމަކީ ުރާއްޖެއަށް ކުރިމަތިވި ބޮޑު ޕްރެޝަރެއް ކަމަށާއި ދެން ކުރިޔަށްއޮތީ ކުރިން ހީކުރިވަރަށް ވުރެ އުނދަގޫ ހާލަތެއް ކަމަށް ގައުމީ ކޯޗު އަލީ ސުޒެއިން ބުނެފިއެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ނޭޕާލް ވަނީ އެ ގައުމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ރާއްޖެ ބަލިކޮށްފައެވެ. މި މެޗު ނޭޕާލް ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

މިއީ ނޭޕާލްގެ ފުޓުބޯޅަ ތާޜީހުގައި ބޮޑު ކާމިިޔާބެކެވެ. ރާއްޖެއާއި ދެކޮޅަށް ނޭޕާލް މިހާތަނަށް ކުޅުނު ހަތް މެޗުގެ ތެރެއިން މޮޅުވެފައިވަނީ ފަސް މެޗުންނެވެ. ދެން ކުޅުނު ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ހުކުރު ދުވަހުގެރޭ ކުޅުނު މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސުޒޭން ބުނީ މި މެޗުގައި ރާއްޖޭން ރަނގަޅަށް ކުޅުނު ކަމަށާއި، އެހެން ނަމަވެސް ކައުންޓާ އެޓޭކުގައި ޓީމު ޕްރެޝަރަށް ވެއްޓިގެންދިޔަ ކަމަށެވެ. އަދި ނޭޕާލުން ވަނީ ރާއްޖެއާއި ދެކޮޅަށް މޮޅު ކުޅުމެއް ކުޅެފައި ކަމަށާއި އެކަމަށް އެ ޓީމަށް މަރުހަބާކިޔާ ކަމަށް ކޯޗު ބުންޏެވެ.

ރާއްޖެއާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން-- ވަގުތު އިމޭޖަސް އަބްދުﷲ އަބީދު

ނޭޕާލުން މި މެޗުގައި މަސައްކަތްކުރީ ކައުންޓަރ އެޓޭކުގައި ރާއްޖެ ބަލިކުރަން ކަމަށާއި ރާއްޖެއަށް ދެން ކުރިޔަށްހުރި މެޗުތަކުން ރަނގަޅު ނަތީޖާއެއް ނެރެން ރާވައިގެން ހައްލުތަކެއް ގެންނަންޖެހޭ ކަމަށް ބުންޏެވެ.

"ކައުންޓާ އެޓޭކުގައި މުޅި ރާއްޖޭގެ ޓީމު ޕްރެޝަރަށް ވެއްޓިގެންދިޔަ ދެ ތިން ފަހަރެއް ދިޔަ. އޭގެ ތެރެއިން އެއް ފަހަރު ނޭޕާލުން މި ސްކޯކުރީ" ސުޒެއިން ބުންޏެވެ.

ނޭޕާލް އަތުން ފުރަތަމަ މެޗުން ބަލިވިޔަސް ކުރިޔަށްހުރި މެޗުތަކަށް ޓީމުގެ ފުރަތަމަ އެގާރައަށް މާ ބޮޑު ބަދަލެއް ނާންނާނެ ކަމަށާއި ދެން އޮތް މެޗަށް ދުވަސްކޮޅެއް އޮތުމުން ގެންނާނެ ބަދަލުތައް ވިސްނާނެ ކަމަށް ކޯޗު ބުންޏެވެ. ރާއްޖެއިން މި މެޗުގައި ދެއްކި ކުޅުމަށް ކޯޗު ސުޒެއިން ވަނީ ވަރަށް ތައުރީފުކޮށްފައެވެ. އެކަން ބަލަން ތިބި މީހުންނަށްވެސް ފާހަގަވާނެ ކަން ޔަގީންކަމަށް ކޯޗު ބުންޏެވެ.
ލީގު އުސޫލުން ކުރިޔަށްދާ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއަށް ދެން ކުރިޔަށްއޮތީ ބަންގްލަދޭޝް އާއި ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މަރީ

    ޢަސްފާގުވެސް އުޅެނީ އަމިއްލައެދުމާވެގެން ހުސްކޮއް ކުޅުން ތެރިއެއްހުރި އިރުވެސް ނުދީ އަމިއްލަ މީހާ ލަނޑުޖަހަން އުޅެގެންވީ ގޮތް.

    15
    5
    • ޢަހޫ

      ޢަސްފާގަކީ މި ހާރު 2 ހާފުކުޅެވޭ ހާ ފިޓްމީ ހެއްނޫން. ދުނިޔޭގެ އެ ހެންކޯޗުން ކަންކުރާގޮތް ސުޒޭނަށް ނުފެންނަނީބާ. .އެންމެ އަނގަގަދަމީ ހަކުތޯ ކޯޗަކަށް ލާންވީ.

      13
      3
  2. މަޜި

    7 ނަންބަރުގައި ނެތް ކުރިންހުރި ބާރެއް.

    12
    5
    • ޢަހޮމަދު

      ދަގަނޑު ދަބަރައްވެ ދަގުޔައްވެސްވާނެ.

      12
      3
  3. ޤައުމު

    އަސްލުމައްސަލައަކީ ދިވެހި ރާއްޖޭގެނަން އިންޑިޔާ މީހުންގެ ނަމައް ބަދަލު ކޮއް އެނަން ޕްރޮމޯޓުކުރަން ހަދައިގެން ކޮން މަހަލްދީބެއްތަ ހޭބަލިވެގެން
    އިންޑިޔާ ގެ އަވަށަކައް މުޅިޤައުމު ހަަދައިފި

    14
    3
  4. ރިހާކުރު ފިކުރީ

    ކޯޗަކަށްވެހުރެ ތިހާ އުންމީދު ގެއްލޭގޮތަށް ވާހަކަ ނުދައްކާ! ތީކީ ކޯޗެއްގެ ގައިގަ ހުންނަންވީ ސިފައެއް ނޫން.

  5. ރަން ރީނދޫ

    ކުޑަ މޯދީ ވައި އެޅިލިޔަސް އެތަނަކާއި ކަމެއް ދާނީ ޚަރާބުވެގެން.