ކާމިޔާބީއަކީ ތެދުވެރިކަމާއި ބުރަ މަސައްކަތުން ހޯދޭނެ އެއްޗެއް ކަމަށާއި ފުރަތަމަ ބައްޔަކީ ފައިނަލަށް ނުދެވެންވީ ސަބަބެއް ނޫން ކަމަށް ރާއްޖެއަށް 2008 ގެ ސާފް ޗެމްޕިއަންޝިޕް ހޯދައިދިން ޓީމުގެ ގޯލްޑް ކެޕްޓަން އައްސަދު އަބްދުލްޢަނީ ބުނެފިއެވެ.

އަމިއްލަ ޤައުމުގައި އެކަނި ބާއްވާ ފުރަތަމަ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައިވަނީ ނޭޕާލް އަތުން 1-0 އިން ބަލިވެފައެވެ. މިއީ ނޭޕާލްގެ ހަޔާތުގައި ވެސް ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ބަލިކުރި ފުރަތަމަ ފަހަރެވެ.

މި ބައްޔާއި ގުޅިގެން ގައުމީ ޓީމަށް އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ރައްދުދެމުން އައްސަދު އަބްދުލްޢަނީގެ ޕޯސްޓެއްގައި ބުނެފައިވަނީ މިއީ މާޔޫސްވާވީ ވަގުތު ނޫން ކަމަށާއި މިއީ އެންމެން އެއް އަޒުމެއްގައި ނިކުންނަންވީ ވަގުތު ކަމަށް ބުނެފައެވެ.

"އަބަދުވެސް ޤައުމީ ޓީމް ދެކެ ފަޚްރުވެރިވޭ، ޤައުމީ ޓީމަށް އަބަދުވެސް ކާމިޔާބު ލިބުމަށް އެދެން" ރާއްޖެއަށް 2008 ގެ ތަށި ހޯދައިދިން ޓީމުގެ ކެޕްޓަން ލިޔުނު ޕޯސްޓް ނިންމާލަމުން ބުނެފައިވެއެވެ.

އައްސަދު ގައުމީ ޓީމަށް ކުޅުން ހުއްޓާލީ 2011 ވަނަ އަހަރުގައެވެ. ފުޓުބޯޅައިގެ ރިވެތި ޑިސިޕްލިން އާއި ކުޅިވަރުގެ އަހުލާގު ހިފަހައްޓާ ނަމޫނާ ކުޅުންތެރިއެއްގެ ގޮތުގައި ގިނަބަޔަކު ފާހަގަކުރާ އައްސަދަކީ ދިވެހި ފުޓުބޯޅަ މިހާހިސާބަށް ގެނެސްދިނުމުގައި އިސް ދައުރެއް އަދާކުރި މީހެކެވެ.

ލީގު އުސޫލުން ރާއްޖޭގައި ކުރިޔަށްދާ ސާފް ޗެމްޕިއަންޝިޕުގައި އަންނަ ބުރާސްފަތި ދުވަހު ރާއްޖެ ބައްދަލުކުރާނީ ބަންގްލަދޭޝް އާއެވެ. މުބާރާތުގައި އިތުރަށް ކުރިޔަށްދިއުމަށް މި މެޗުން ރާއްޖެ މޮޅުވާން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ÷ބެލް

    ޥަރަށް ތެދު ހްގީގަތެްއް ........

    10
    1
  2. ބަބޫ

    ސިޔާސީ ގޮތުން ޓީމް ނަގައިގެން ހުވަފެނުގައިވެސް މޮޅެއް ނުވާނެ. ތިވިސްނުން ދޫކޮށްލާ. ހިރި ނުލެވޭ ބަޔަކު ގޮވައިގެން ކުޅެވޭނެ ފުޓުބޯޅައެއް ނޯންނާނެ. ދިވެހި ފުޓުބޯޅަ ސިޔާސީވެ ނިމިފަ.

    4
    8
  3. ތެދެއް.

    ފެންވަރު ނެތުމަކީ ، ފުރަތަމަ މެޗުންބަލިބެސް ވެ، ދެން ހުރި މެޗުތަކުންވެސް ޗޮކުހުންގޮސް، ފައިނަލްގެ ވަސްވެސް ނުދުވުން.. ވ.ސަލާމް މަހަލްދީބް ޓީމަށް.. ލޮލް

    4
    7
  4. އަލްޖިބްރާ

    ހުރިހާ ދިވެހިން އެއް އަމާޒެއްގައި ތިބެގެން ދަޑަށްގޮސް ކިތަންމެ ސަޕޯރޓެއް ދިނަސް ކުޅެން ދަޑަށް އަރާ ކުޅުންތެރިންގެ ފަރާތުން މެޗުން މޮޅުވާން ކުޅޭ ކުޅުމެއް ނުކުޅެވެންޏާ ވަނީ ބަލި ! މިފެންނަނީ އެމަންޒަރު ! ބަލިވީމާ އުޒުރު ދެއްކުމަކީ މޮޅުވުމެއް ނޫން ! އަދި މޮޅަށް ކުޅެވުނީ ކަމަކަށްވެސް ޤަބޫލެއް ނުކުރާނެ !

    5
    3