އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ނޭޕާލްއާއި ދެކޮޅަށް ލަންކާ ކުޅުނު މުބާރާތުގެ ދެވަނަ މެޗުން ބަލިވިނަމަވެސް މިއީ އެ ޓީމަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެ ޓީމުގެ ކޯޗު އާމިރް އަލަގިޗް ސިފަކޮށްފިއެވެ.

މުބާރާތުގައި ސްރީލަންކާ ކުޅުނު ފުރަތަމަ މެޗުގައިވަނީ ބަންގްލަދޭޝް އަތުން 1-0 އިން ބަލިވެފައެވެ. ދެވަނަ މެޗުގައި ލަންކާ ބަލިވީ ނޭޕާލް އަތުން 2-3 ގެ ނަތީޖާއަކުންނެވެ.

ނޭޕާލާއި ދެކޮޅަށް ކުޅުނު މި މެޗުގައި ލަންކާއިން ދެ ލަނޑުވެސް ފެނިގެންދިޔައީ ދެވަނަ ހާފުގައެވެ. ކޯޗު ސިފަކުރާ ގޮތުގައި މިއީ ފަހުގެ ތާރީހެއްގައި އެ ޓީމަށް މިހާ މޮޅަށް މެޗެއް ކުޅުނު ފުރަތަމަ ފަހަރެވެ.

ނޭޕާލާއި ދެކޮޅަށް ކުޅުނު ލަންކާގެ ފުރަތަމަ އެގާރަ-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

"އަހަންނަށް މި މެޗުން ވަރަށް ރަނގަޅު ކަންތައްތަކެއް ފެނުނު، ނަތީޖާ އޮތްތަނުގަ ބާއްވާ، ކުޅުމުގެ ވައްޓަފާޅިއަށް ބަލާނަމަ އަހަރެމެންގެ ކުޅުންތެރިން ވަރުގެ ބަޔަކު ދަނޑުމަތީގަ ނެތް، ސްރީލަންކާ ފުޓުބޯޅަ ދިރިއޮތްކަން މިކަމުން ހާމަވީ، މިއީ އަދި ވަރަށް ގިނަ ކަންތައްތަކެއްގެ ފެށުން" މެޗަށްފަހު ވާހަކަދައްކަމުން ލަންކާ ކޯޗު ބުންޏެވެ.

ލަންކާ ކޯޗު ބުނީ އެ ޓީމުގެ ކުޅުންތެރިންނަށް މެޗުތަކުން ކާމިޔާބީ ހޯދިދާނެކަން އެ ދަނީ ދައްކަމުން ކަމަށާއި ކުރިޔަށް ރާއްޖެއާއި އިންޑިއާ އާއި ދެކޮޅަށް ކުޅޭ މެޗުން ޕޮއިންޓެއް ހޯދިދާނެ ކަމަށެވެ. އަދި ނޭޕާލާއި ދެކޮޅަށް އޭނާގެ ކުޅުންތެރިން ދެއްކި ކުޅުމަށް ތައުރީފު ހައްގުކަމަށް ވެސް ކޯޗު ބުންޏެވެ.

ލަންކާ އާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

"ކުޅުމަށް ބަލާއިރު މިއީ އަހަރެމެންނަށް މޮޅެއް، އަހަރެމެން މި މެޗުން ބަލިވެގެން ކުޅުމާ މެދު ހިތްހަމަ ޖައްސާލާނަން، އަހަރެން ދެކޭގޮތުގައި މޮޅުވާނެ ދުވަސް އޮތީ ވަރަށް ގާތުގައި" މެޗަށްފަހު ކޯޗު ބުންޏެވެ.

ލަންކާ މިވަގުތު އޮތީ ދެ މެޗުން ބަލިވެ ތާވަލުގެ ފުލުގައެވެ. އެ ޓީމަށް މުބާރާތުގެ ފައިނަލަށް ދިއުމުގެ އަމިއްލަ ބާރު މިހާރު ވަނީ ގެއްލިފައެވެ. ނަމަވެސް އަދިވެސް އެ ޓީމަށް ފައިނަލަށް ދިއުމުގެ ހަނި ފުރުސަތެއް އެބައޮތެވެ. ކއަހަރެންގެ ނަޒަރުގައި މޮޅުވާނެ ދުވަސް ވެސް އޮތީ ވަރަށް ގާތުގައި