އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ސަޕޯޓަރުންނަށް ހާއްސަކޮށް ވިއްކާ ޓިކެޓުތައް ބޭނުންކޮށްގެން އެހެން ގައުމުތަކުގެ ސަޕޯޓަރުން ކުޅިބަލަން ދަނޑަށް ނުވަދެވޭނެކަމަށް ބުނެ އެފްއޭއެމުން އިންޒާރުދީފިއެވެ.

އެފްއޭއެމުން މިގޮތަށް އިންޒާރުދީފައިވަނީ ގިނަ އަދަދެއްގެ ދިވެހިން ރާއްޖޭގެ ސަޕޯޓަރުންނަށް ހާއްސަ ޓިކެޓުތައް ގަތުމަށްފަހު މާލޭގެ އެކި ހިސާބުތަކުގައި ބޮޑު އަގުގައި ބިދޭސީންނަށް ޓިކެޓުތައް ވިއްކާ މައްސަލައިގައެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު މެންދުރު ދިވެހިންގެ ގްރޫޕެއް ވަނީ ރާއްޖެއާއި ބަންގްލަދޭޝް މެޗުގެ ޓިކެޓުތަކުގެ ތެރެއިން ބަންގްލަދޭޝް ސަޕޯޓަރުންނަށް ހާއްސަކުރި 350 ޓިކެޓު ވިކި ހުސްވުމުން ގިނަ އަދަދެއްގެ ޓިކެޓުތައް ގަނެ މާލޭގެ އެކި ހިސާބުތަކުގައި އެ ޓިކެޓުތައް ބިދޭސީންނަށް ވިއްކުމުގެ މަސައްކަތް ކުރަމުންނެވެ.

ވަގުތު އިން ބެލި ބެލުމުން މި ޓިކެޓުތައް ވިއްކަނީ 500 ރުފިޔާއިން މަތިންނެވެ. އެކަމާއި ގުޅިގެން ބައެއް ބިދޭސީން އަޑުގަދަކުރާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އަންނަ ބުރާސްފަތި ދުވަހު ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗަށް ދަނޑަށް ވެއްދުމަށް ހަމަޖެހިފައިވަނީ 5000 ސަޕޯޓަރުންނެވެ. މީގެތެރެއިން އަވޭ ޓީމަށް ވިއްކަން ހަމަޖެހިފައިވަނީ 350 ޓިކެޓެވެ. ބާކީ ޓިކެޓުތައް އެއީ ރާއްޖެއަށް ހާއްސަ ޓިކެޓުތަކެކެވެ.

ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމުން ވަނީ ދިވެހިންނަށް ހާއްސަ ޓިކެޓުގައި އެހެން ގައުމެއްގެ ބަޔަކަށް ދަނޑަށް ނުވަދެވޭނެކަމަށް ބުނެ އިންޒާރުދީފައެވެ. އެފްއޭއެމުން ބުނީ ދަނޑަށް ވަންނައިރު ބަންގްލަދޭޝް ސަޕޯޓަރުންނަށް ހާއްސަ ސަރަހައްދެއް ކަނޑައަޅާފައިވާނެ ކަމަށާއި އެ ގައުމުގެ ސަޕޯޓަރުންނަށް ދޫކުރީ އެ ސަރަހައްދުގައި ތިބެންޖެހޭނެ ކަން ލިޔެފައިވާ ޓިކެޓުތައް ކަމަށެވެ. އަދި އެހެން ޒޯނުތަކުގައި ތިބޭނީ ދިވެހިން ކަމަށާއި އެ ޒޯންތަކަށް އެއްވެސް ބިދޭސީއަަކަށް ނުވަދެވޭނެ ކަމަށެވެ.

ބިދޭސީއަކު ދިވެހިންނަށް ހާއްސަކުރާ ސަރަހައްދުގެ ޓިކެޓާއެކު ނުވަދެވޭނެ ކަމަށާއި އެމީހެއްގެ އައިޑީ ކާޑާއި އެހެނިހެން ކަންކަމަށް ބަލާނެކަމަށް އެފްއޭއެމުން ބުނެއެވެ. އަދި ކުރިޔަށްވުރެ ހަރުކަށިކޮށް މިފަހަރު ކަންކަން ބަލަމުންދާނެ ކަމަށްވެސް އެފްއޭއެމުން ބުނެއެވެ.

ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗު ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 21:00 ގައެވެ. މިއީ މި މުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި ރާއްޖެ

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ކެރަފާ

    ރީނދޫ ޕާޓީގެ މީހެއް ހަރާމެއް ހަލާލެއް ނުބަލާނެ

    9
    2
  2. ނުރަބޯ

    ދިވެހިން އަދި ދިވެހިރާއްޖެވެސް ވިއްކާނެ. އެއްވެސް އަސާސެއް، ގޮތެއްފޮތެއްނެތް ބަޔަކަށް ގިނަ ބަޔަކު ވެއްޖެ. ހާދަ ހިތާމަވެރިއޭ

    13
    1
  3. ޢައްޓަމަސް

    ތިޔަޔީ ދިއްގާ ޝިޔާމް

    7
    1
  4. ކޮރަލް

    ޖާގަ އަކީ 5 ހާސް މީހުނެވެ. މިޒަމާނަކަށް ގަލޮޅު ދަނޑު ނުފުދެ އެވެ.

    10
  5. ބަންގްލާ ބޯއި

    ބިދޭސީންގެ އުންދަގޫވެގެން ށަކުވާކޮށް އުޅޭ ދިވެހިންނަށް ވިސްނިބަލަ. މައްސަލައަކީ ހަމަ ދިވެހިންނޭ.

    12
  6. އަހްމަދު

    ކޮބާތަ މަސްސަލަޔަކީ އޭނަ ގަނެފަ އިންޓިކެޓެއް އޭނަޔަށްދޯ އިގޭނީ ވިއްކަންވީއަގު މީ ހަޑޫ ހަކުރު ފުށެއް ނޫންވިއްޔާ

    12
    10
    • ޒުވާނާ

      ރަނގަޅު ވާކަކަ އެއް //

  7. އިއްސެ

    ވިއްކަންވީ ހަމަ. ދިވެހިރާއްޖެ ޓީމް ހަޑިހާވާތަން ބެލުމަށްވުރެ ލާރިކޮޅެއް ލިބެންޔާ އެ ހޯދުން މާ ރަނގަޅު

    11
    2
  8. މައި ޕްރެޑިކްސަން

    ރާއްޖެ 0 - 2 ބަންގްލަ

  9. ޤައުމު

    ކޮބާތިގަ މައްސަލައެއް؟
    ތީދުނިޔޭގެ ވަރައް ގިނަ ތަހުޒީބު ޤައުމު ތަކުގަވެސް ހިނގާކަމެއް ޓިކެޓް އޮތިއްޔާ ވަދެވެން ޖެހޭނެ
    މީމަގޭ ޚިޔާލް .
    ކުރީގަ ނިއު ވިކްޓްރީ ކުޅޭއިރުވެސް އަގުބޮޑުކޮށް ޓިކެޓްގަނެގެން ދަނޑައް ވަންނަނީ
    ކޮންމެސް ބަޔަކަށް މަންފާއެއް ވާނެތާ!

  10. އަކޫ

    މި ޓިކެޓްތައް ވިއްކި މީހުންނަށް ފިޔަވަޅު އަޅާނެ ވާހަކަ ނުކިޔަނީ މިކަމުގަ ތިބޭފުޅުންގެ އަތެއް އޮތީމާބާއޭ ހިތައް އަރަނީ

    1
    1