ސާފް ޗެެމްޕިއަންޝިޕުގައި އަންނަ ބުރާސްފަތި ދުވަހުގެރޭ ދިވެހިރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗު ބަލަން ބިދޭސީންނަށް ދަނޑަށް ވަދެވޭނީ ވޯކް ވިސާ ނުވަތަ ވޯކް ޕާމިޓް ދެއްކުމުން ކަމަށް އެފްއޭއެމުން ބުނެފިއެވެ.

އެފްއޭއެމުން މިއަދު މިހެން ބުނެފައިވަނީ މުބާރާތުގައި ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗުގައި އަވޭ ޓީމު ބަންގްލަދޭޝްއަށް ކަނޑައެޅި ޓިކެޓުތައް ވިކި ހުސްވުމުން ކަޅުބާޒާރުގައި ބޮޑު އަގުގައި ޓިކެޓުތައް ވިއްކަން ފެށުމާއި ގުޅިގެންނެވެ.

އެފްއޭއެމްގެ އޮފިޝަލަކު ބުނީ މިއަދު ހެނދުނު ވިއްކަން ފެށި ޓިކެޓުތަކުގެ ތެރއިން ބަންގްލަދޭޝް ސަޕޯޓަރުންނަށް ހާއްސަކޮށް ވިއްކަން ހަމަޖެހިފައިވާ ޓިކެޓުތައް ވިކި ހުސްވެފައިވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކަމަށެވެ.

މި މެޗަށް ދަނޑަށް ވެއްދުމަށް ހަމަޖެހިފައިވަނީ 5000 ސަޕޯޓަރުންނެވެ. މީގެތެރެއިން ހޯމް ޓީމުގެ މެޗުތައް ކުޅޭއިރު އަވޭ ޓީމަށް ވިއްކަން ހަމަޖެހިފައިވަނީ 350 ޓިކެޓެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު މެންދުރު ދިވެހިންގެ ގްރޫޕެއް ވަނީ ރާއްޖެއާއި ބަންގްލަދޭޝް މެޗުގެ ޓިކެޓުތަކުގެ ތެރެއިން ބަންގްލަދޭޝް ސަޕޯޓަރުންނަށް ހާއްސަކުރި 350 ޓިކެޓު ވިކި ހުސްވުމުން ގިނަ އަދަދެއްގެ ޓިކެޓުތައް ގަނެ މާލޭގެ އެކި ހިސާބުތަކުގައި އެ ޓިކެޓުތައް ބިދޭސީންނަށް ވިއްކުމުގެ މަސައްކަތް ކުރަމުންނެވެ.

ވަގުތު އިން ބެލި ބެލުމުން މި ޓިކެޓުތައް ވިއްކަނީ 500 ރުފިޔާއިން މަތިންނެވެ. އެކަމާއި ގުޅިގެން ބައެއް ބިދޭސީން އަޑުގަދަކުރާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އަންނަ ބުރާސްފަތި ދުވަހު ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗަށް ދަނޑަށް ވެއްދުމަށް ހަމަޖެހިފައިވަނީ 5000 ސަޕޯޓަރުންނެވެ. މީގެތެރެއިން އަވޭ ޓީމަށް ވިއްކަން ހަމަޖެހިފައިވަނީ 350 ޓިކެޓެވެ. ބާކީ ޓިކެޓުތައް އެއީ ރާއްޖެއަށް ހާއްސަ ޓިކެޓުތަކެކެވެ.

ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމުން ވަނީ ދިވެހިންނަށް ހާއްސަ ޓިކެޓުގައި އެހެން ގައުމެއްގެ ބަޔަކަށް ދަނޑަށް ނުވަދެވޭނެކަމަށް ބުނެ އިންޒާރުދީފައެވެ. އެފްއޭއެމުން ބުނީ ދަނޑަށް ވަންނައިރު ބަންގްލަދޭޝް ސަޕޯޓަރުންނަށް ހާއްސަ ސަރަހައްދެއް ކަނޑައަޅާފައިވާނެ ކަމަށާއި އެ ގައުމުގެ ސަޕޯޓަރުންނަށް ދޫކުރީ އެ ސަރަހައްދުގައި ތިބެންޖެހޭނެ ކަން ލިޔެފައިވާ ޓިކެޓުތައް ކަމަށެވެ. އަދި އެހެން ޒޯނުތަކުގައި ތިބޭނީ ދިވެހިން ކަމަށާއި އެ ޒޯންތަކަށް އެއްވެސް ބިދޭސީއަަކަށް ނުވަދެވޭނެ ކަމަށެވެ.

ބިދޭސީއަކު ދިވެހިންނަށް ހާއްސަކުރާ ސަރަހައްދުގެ ޓިކެޓާއެކު ނުވަދެވޭނެ ކަމަށާއި އެމީހެއްގެ އައިޑީ ކާޑާއި އެހެނިހެން ކަންކަމަށް ބަލާނެކަމަށް އެފްއޭއެމުން ބުނެއެވެ. އަދި ކުރިޔަށްވުރެ ހަރުކަށިކޮށް މިފަހަރު ކަންކަން ބަލަމުންދާނެ ކަމަށްވެސް އެފްއޭއެމުން ބުނެއެވެ.

ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗު ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 21:00 ގައެވެ. މިއީ މި މުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ދީދީ

    ތިއެއްކަލަ ގޯސްހަދަނީއޭ. އެމީހުންލައްވާ މަސައްކަތްކުރުވަންވީމައި ވޯކްވިސާނެތަސް އޯކޭ، ރާއްޖޭގެ އެކިކަންކޮޅުގައި އެމީހުން އުޅޭނެގޮތަކަށް އުޅެން ތިބެން ވޯކްވިސާނެތަސް އޯކޭ، ފުރަތަމަ މެޗަށްވަނުމަށް ވޯކްވިސާނެތަކަސްއޯކޭ. މިހުރިހާކަމެއް މިގޮތަށް ގޮސްފައި ދެން މިއަދު ރާއްޖެއާއި ބަންގްލަދޭޝް ކުޅޭމެޗަށް ވޯކްޕާމިޓެކިޔައިގެން ބަންގްލަދޭޝް މީހުނަށް ދަތިކުރަން އުޅުމަކީދެން ވަރަށް ނާތަހުޒީބުކަމެއްދޯ.
    ތިވީގޮތުން ދެން ރަނގަޅީވެސް ބަލިވެ ބަންގާޅު އަތްދަށުވީމައި.

    14
    1
  2. ހުސޭން

    ހާދަ ހެއްވައޭ !! ކަލޭމެން ތިޔަ އުޅެނީ ބަންގްލަދޭސް ސަޕޯޓަރުން ވަނަ ނުދޭން، ދިވެހިން އައިޑީ ކާޑް ދައްކައިގެންތަ ވަންނަނީ ؟ މީތަ އިންސާފަކީ ؟

    13
  3. އިރުހާމް

    އަދި ކަޑަ ޕާސްޕޯޓާ ކޮމްޕެނީ ލިޔުމަކާ، އެމްބަސީ ލިޔުމެއްްވެސް ބޭނުންވާ ގޮތައް ހަދާ އޭރުން އެމީހުންނައް ނުވަދެވޭނީ

  4. ސަޕޯޓަރެއް

    ސަޅި. ތިގޮތަށް ތިކަން ކޮށްފިއްޔާ.

    4
    7
  5. ހެހެހެ

    މާދަމާ ކުޅެވޭ މެޗަކީ މަ ހިތުން ދެޓީމުގެވެސް ހޯމް މެޗެއް..

  6. ހަސަނު

    ޢިންސާފެެއް ނެތަސް ތިދެން ބޮޑުވަރު.

    8
    2
  7. މަ

    ތިވޯކް ވިސާ އޮތް ބަންގާޅީއެއް އުޅޭތަ 🤭

    9
    2
  8. އިއްބެ

    ވޯރކް ވިސާ ނުދައްކާ ހުރި ބޭރު މީހާ (ގެނައި ދިވެހި މީހާ ހޯދޭތޯ ބަލާބަލަ) އެފް، އޭ،އެމް، ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއިމިގްރޭޝަން ވެއްޖެ

    10
  9. މޫސް

    ކުރީމެޗްތަކަށް ރުފިޔާ ހޯދަންވީމަ އޯކޭ މިހާރު ކީކޭ މިކިޔަނީ މީދެން ބޮޑުވަރު

  10. އަހުމަދު

    ރާއްޖެބަލި ބަލިކުރާނަމޭ ބަްގޅިން ބުނީ އިރާދަކުރެއްވިއްޔާ

    1
    1
  11. ޙަލީ

    މިޒަމާނުގަެިވެސް މިކަހަލަ ގަމާރުކަންތައް ކުރަން ވިސްނަނީތަ

    1
    1
  12. ހުސޭން

    ވާނުވާނޭގެނީ މިހާރު ކާޑުނަހަދާނެ ޕާސްޕޯޓުގާސްޓިކާ ޖަހަނީ

  13. ފއމ ކަދަ

    މޮޅުވާ ހިތުން އުޅުނަސް ތީތި މުޅީން ކަޑަ

  14. ބޮޑާނުވޭ

    ޢެއްކްލަ ބޮޑާވާންފެށީ. ތިތަނަށް ވަންނާނެބަޔަކު ނެތިގެން މިއޮތްހާދުހު ތިބިހަނދާނެއްނެތްދޯ؟ އެމީހިން ދަނޑަށް ވަންނަނީ އެމީހުންގެ ޤައުމީޓީމް ކުޅޭތަންބަލަން، ތިއުޅެނީ ކުރިންވީވަރުވެސްނުވެ ބަލިވާންވެދާނެތީ ބިރުންދޯ؟ ދަނަޑަށް ވަންނަން ވަރކްޕަރމިޓް އެއް ބޭނުމެއްނުވާނެ. ޢެފްއޭއެމް މޮޔަނުވޭ..