އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެއާއި ބަންގްލަދޭޝް ކުޅޭ މެޗުގެ ޓިކެޓުތައް ކަޅުބާޒާރުގައި 1500 އާއި 2000 ރުފިޔާއަށް ދެމެދުގެ އަގުގައި ވިއްކަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެފްއޭއެމުން ބުނެފިއެވެ.

ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާއިން މިހެން ބުނީ މެޗުގެ ޓިކެޓުތައް މިއަދު ވިކި ހުސްވެފައިވާއިރު ގިނަ އަދަދެއްގެ ދިވެހިންތަކެއް ކަޅުބާޒާރުގައި ބޮޑު އަގުގައި ޓިކެޓުތައް ވިއްކަމުންދާ ދަނޑިވަޅެއްގައެވެ.

އެފްއޭއެމުން ބުނީ ރާއްޖެއާއި ބަންގްލަދޭޝް މެޗުގެ ޓިކެޓުގެ ތެރެއިން ބަންގްލަދޭޝްއަށް ދޫކުރަން ނިންމާފައިވަނީ 200 ޓިކެޓު ކަމަށާއި ދިވެހިންނަށް ދޫކުރާ ޓިކެޓުން ބަންގްލަދޭޝް ސަޕޯޓަރުންނަށް ދަނޑަށް ކުޅިބަލަން ނުވަދެވޭނެ ކަމަށެވެ. އަދި ދަނޑަށް ވަދެވޭނީ ވޯކް ވީސާ ދެއްކުމަށްފަހު ކަމަށްވެސް އެފްއޭއެމުން ވަނީ ބުނެފައެވެ.

ރާއްޖޭގެ ސަޕޯޓަރުންނަށް ވިއްކަން ހަމަޖެހިފައިވާ ޓިކެޓުތައް މިއަދު ހަވީރު ވަނީ ވިކި ހުސްވެފައެވެ. އެއާއެކު ބައެއް ބަންގްލަދޭޝް ސަޕޯޓަރުންތަކެއް ވަނީ ގަލޮޅު ދަނޑު ސަރަހައްދުގައި ހިތްހަަމަނުޖެހުން ފާޅުކޮށްފަައެވެ.

މެޗުގެ ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވަނީ ދެ ޑޯޒު ޖެހިކަން ހާމަވާ ވެކްސިން ކާޑާއި އައިޑީ ކާޑު ނުވަތަ ބިދޭސީއެއް ނަމަ ވޯކް ވިސާ ހުށައެޅުމުން ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ.

"ވެކްސިން ކާޑާއި އައިޑީ ކާޑު ނުވަތަ ވޯކް ވީސާ ގެނައުމުން އެ މީހަކަށް ޓިކެޓު ދޫކުރާނެ، ކުޑަކުއްޖެއް ނަމަ ވެކްސިން ޖެހޭ އުމުރުފުރާ ނަމަ ދެ ޑޯޒު ފުރިހަމަކޮށްފައި ވޭތޯ ބަލާނެ، އައިޑެންޓިފައި ކުރެވޭނެ ގޮތެއް އޮންނަން ޖެހޭނެ ޓިކެޓު ގަންނައިރު، މިގޮތަށް އަމަލު ކުރަނީ އެންމެންގެ ވެސް ސަލާމަތަށް، މިކަމަށް ފުރިހަމަ އެއްބާރުލުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން" ވަގުތު އާއި ވާހަކަދައްކަވަމުން ޖަވާ ވިދާޅުވިއެވެ.

ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗު ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 21:00 ގައެވެ. މިއީ މި މުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި ރާއްޖެ ވަނީ ނޭޕާލް އަތުން 1-0 އިން ބަލިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ބެލް

    ވަރަށް ގެއްލުން ،،،،،،،،،،،،،،،

  2. އާދަމުގެދަރި

    މިރާއްޖޭގައި ވައްކަން ނުކުރާނެ އެއްކަމެއް ނޯންނާނެ. ފުރަތަމަ ބަންގްލާދޭޝް ޓިކެޓް ވިއްކީ ކޮންތާކުން ކޮން ބަޔަކަށްތޯ ބަލާ. ބަންގާޅު މީހުންގެ ނަމުގައި ބަންގާޅު މީހުން ފޮނުވައިގެން ޓިކެޓް ބަރިބަރިއަށް ނެގީ ކޮންބައެއްތޯ ހޯދާ. ބަންގާޅު މީހުންގެ ޓިކެޓް ކުއްލިއަކަށް އެހާ އަވަހަށް ހުސްވީ ކީއްވެތޯ ބަލާ. ޔަގީނާ ގާތަށް އެނގޭ ކަމަކީ މިކަމުގެ އަޑީގައިވެސް ނުބައެއް ނެތި ނުދާނެކަން. ކޮންމެވެސް ބަޔަކު ޖަރީމާއެއް ހިންގާފައި އޮންނާނެ.

    11
    1
    • ކޮވިޑް

      މި ރާއްޖޭގެ މިހާރުގެ ހާލަތަކީ އެންމެ މަތީ މަޤާމުން ފެށިގެން ވޮޗަރުކަން ކުރާމީހާވެސް ބަލަނީ ރުފިޔާ ލިބުނުގޮތަކަށް ހޯދަން ބަލަ ވެރިކަމުގާ އެހުރީ ރެހެންދި ކަޅު ދަބަހޭ. ދެން ވާނެ ހަޔެތި މިވަނީ.

  3. ކޮރަލް

    ސަރުކާރު މުސާރަ 5700 ރުފިޔާ އެވެ. ފްލެޓް ކުލި 8500 ރުފިޔާ ދެން ފެންބިލް ކަރަންޓްބިލް ދެން އެފައިސާ ހަމަކުރާނެ ގޮތެއްބުނެ ބަލާށެވެ. މާލޭގެ ފިހާރަ ތަކާ ހަވާލު ވެގެން ހުރީ ބަންގްލަދޭޝް މީހުންނެވެ. އެމީހުން އަތުގަ ފައިސާ އެބަހުއްޓެވެ.

    7
    2
  4. ނާޝިޒް

    ތީ އެއްވެސް އުސޫލެއް ނޫން ބިދޭސީ އެއް ވިޔަސް ދިވެއްސެއް ވިޔަސް ހަމަ ހަމަ އުސޫލަކުން ތިކަން ކުރަން ވާނި އެމީހުންވެސް އެމީހުންގެ ޤައުމު ކުޅޭއިރު ބަލާހިތް ވާނެ.. އެހެން ނޫނަސް އަމިއްލަ ފަސްގަނޑުގައި ދެވަނަ ފަހަރައް މެޅޭނެތީ ބިރު ގަތީދޯ... މިފަހަރުގެ މުބާރާތުގައި އެންމެ ކަޑަ ޓީމަކީ ރާއްޖެ މޮޅުކުރެވޭނި ތިގޮތައް ހަދާގެން.....

    14
    1
    • ބަރަބޯ

      މެޅޭ މީހުން ފެނާނާނެ ކަލެއަށް ......

  5. އަލި

    އިންސާފާ ހަމައިން ހަމަ އެއްކަމެއްވެސް މި ސަރުކާރަށް ކުރަން ނޭނގެނީބާ... ލާރި ބޭނުނ

  6. އަލި

    އިންސާފާ ހަމައިން ހަމަ އެއްކަމެއްވެސް މި ސަރުކާރަށް ކުރަން ނޭނގެނީބާ... ލާރި ބޭނުން ވިޔަސް މީ ފުކެއް ބޮޑުވަރު.. ލާދީނީ ސަރުކާރު... ކެނެރީ ބާޣީ ސަރުކާރު

  7. ރައްޔިތުމީހުން

    2000ރ. އަށް ޓިކެޓް ގަނެވޭ އާދައިގެ ބަންގްލަދޭޝް ވޯކަރ އަކަށް..
    2000ރ. އަށް ޓިކެޓް ނުގަނެވޭ އާދައިގެ ދިވެއްސަކަށް.. އެވަރަށް ތަނަވަސްކަން ނެތް..

  8. މިއީ ދޮގެއްތަ؟

    ތިއީ ގޯހެއް. ތިއީ ފޭރުމެއް. ތިއީ އެ މީހުންގެ ޙައްޤަށް އަރައިގަތުމެއް. މިއީ ދޮގެއްތަ؟

    4
    1
    • ބަރަބޯ

      މެޅޭ މީހުން ފެނާނާނެ ކަލެއަށް ......

    • ބަރަބޯ

      ފެނިއްޖެ ދޯ ! ސޮރީ ބްރަދަރ. ‘

  9. zia

    ދޮންކަލޯ އެމީހުންވެސް ދިވެހިންނަށް ހަދަނީ ހަދާނެއެއްޗެއް؟

    5
    1
  10. ކޮވިޑް

    މި ރާއްޖޭގެ މިހާރުގެ ހާލަތަކީ އެންމެ މަތީ މަޤާމުން ފެށިގެން ވޮޗަރުކަން ކުރާމީހާވެސް ބަލަނީ ރުފިޔާ ލިބުނުގޮތަކަށް ހޯދަން ބަލަ ވެރިކަމުގާ އެހުރީ ރެހެންދި ކަޅު ދަބަހޭ. ދެން ވާނެ ހަޔެތި މިވަނީ.