އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗަށް ވަންނަ ބަންގްލަދޭޝް ސަޕޯޓަރުންގެ ވޯކް ޕާމިޓް ޗެކްކުރާނެ ކަމަށް ބުނުމުން ޓޫރިޒަމް މިނިސްޓްރީގެ އެގްޒެގެޓިވް ޑިރެކްޓަރ ތޮއްޔިބު ޝަހީމް އެކަން ކުށްވެރިކޮށްފިއެވެ.

ތޮއްޔިބުގެ ފޭސްބުކްގައި އޭނާގެ ޕޯސްޓެއްގައި ބުނެފައިވަނީ ވޯކް ވީސާ ބެލުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށެވެ. އަދި މިއީ އެހެން ގައުމުތަކުގައި ވެސް ކޮށްއުޅޭ ކަމެއް ނޫންކަމަށްވެސް ތޮއްޔިބު ބުންޏެވެ.

‏"ދިވެހިޓީމާ ވަކި ޤައުމެއް ރާއްޖޭގައި ވާދަ ކުރާއިރު ސަޕޯޓަރުން ވެއްދުމުގައި ވޯކްޕާމިޓް އޮތްތޯ ޗެކްކުރާނެ ކަމަށްބުނެ ސޯޝަލް މީޑިއާގައި ދައުރު ކުރުވުމަކީ ނާތަހުޒީބް ފިނޑިކަމެއް، ދިވެހިން ޤައުމުތަކުގެ ތަންތަނަށް ކުޅިވަރު ބަލަން ދިޔައިމާ ވޯކްޕާމިޓް އޮތްތޯއެއް އެޤައުމު ތަކަކުން ނުބަލައި" ތޮއްޔިބުގެ ފޭސްބުކް ޕޯސްޓުގައިވެއެވެ
މިއީ ސަރުކާރުގެ އިސް މަގާމެއްގައި ހުރި މީހެއް ބަންގްލަދޭޝް ސަޕޯޓަރުންގެ ދިފާއުގައި ބަހެއް ބުނި ފުރަތަމަ ފަހަރެވެ. ތޮއްޔިބު މިހެން ބުނިކަމުގައިވީ ނަމަވެސް ދަނޑަށް ސަޕޯޓަރުން ވައްދަނީ މުބާރާތަށް ހާއްސަކޮށްފައިވާ އުސޫލުތަކުގެ ތެރެއިންނެވެ. މިއީ ސަރަހައްދުގެ ގައުމުތަކުގެ ތާއިދު ލިބިގެން އެކުލަވާލާފައިވާ އުސޫލުތަކެކެވެ.
ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ކުޅޭ އެކުވެރިކަމުގެ މެޗުތަކާއި ބައިނަލްއަޤްވާމީ ބޮޑެތި މެޗުތަކުގައި ވެސް ގަވާއިދާ ހިލާފަށް އެ ގައުމެއްގައި އުޅޭ ބައެއްތޯ ބަލައެވެ. ހާއްސަކޮށް ޓިކެޓެއް ގަންނަން ޖެހޭނަމަވެސް ވޯކް ވީސާ ނުވަތަ އެމީހާއަކީ ކާކުކަން ހާމަވާ ލިޔެކިޔުމެއް ހުށައަޅަން ޖެހެއެވެ.
ތޮއްޔިބުގެ މި ޕޯސްޓާއި ގުޅިގެން ގިނަ ބަޔަކު ވަނީ އޭނާއަށް ޖޯކުޖަހަމުންނެވެ. އެގޮތުން ސީޔާސީ މަގާމެއްގައި ހުރެ ހޯދަންޖެހޭ މައުލޫމާތުތައް ރަނގަޅަށް ނުބަލާ މިގޮތަށް ޕޯސްޓުކުރުމަކީ ހިތާމަކުރާ ކަމެއްކަމަށް ގިނަބަޔަކު ވަނީ ބުނެފައެވެ.
މި މެޗަށް ދަނޑަށް ވެއްދުމަށް ހަމަޖެހިފައިވަނީ 200 ބަންގްލަދޭޝް ސަޕޯޓަރުންނެވެ. އެއީ މުބާރާތުގެ ގަވާއިދުތައް އެކުލަވާލާފައިވާ ގޮތުންނެވެ. ޖުމްލަ މި މެޗަށް ކަނޑައަޅާފައިވާ 5000 ޓިކެޓު ޖުމްލަ ހަ ގަޑިއިރުގެ ތެރޭގައި ވަނީ ވިކި ހުސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޙެހެ

    އުސޫލަކީ އިންސާނުން ހަދާ އެއްޗެއް. ޢެކަމަކު އެއުސޫލުން ފާހަގަވަނީ އުސޫލު ހަދާމީހުންވެސް ކޮރަޕްޓް ވެފައިވާކަން. މިދަނޑިވަޅުގައި މާލޭގައި އުޅޭ 50000 ބަނގުލަދޭސް ރައްޔިތުންނާއި އެކުހުރިކަން ހާމަކޮއް އެމީހުންނައް ކެެއްތެރިކަން ދެއްވުމައް ދުއާކުރަން.

    16
    8
  2. ސަމީ

    އެއީ ފިނޑި ކަމެއް އަދި ނާތަހުޒީބު ކަމެއް ވެސް ނޫން. އެކަން އެގޮތަށް ކުރަން ޖެހޭ

    22
    15
  3. އަހައްމަދޫ

    ތީނާއަށް ބަންގްލަދޭޝް ރައްޔިތުކަން ދޭންފެނޭ

    17
    11
  4. Anonymous

    ޓޫރިޒަމް މިނިސްޓްރީގެ އެގްޒެގެޓިވް ޑިރެކްޓަރ ......... ދެތިކި ޕީ
    މީނަ ޑިގްރީ ނެގި މަދްރަސާއެއް ކޮލެޖެއް ނޫނީ ޔުނިވަރސިޓީއެއް އެނގޭ މީހަކު ހުރިއްޔާ ބުނެލާދީބަލަ!

    18
    4
    • ކޮވިޑް

      އުސޫލު އޯކޭ އެކަމް އެ އުސޫލް ހާމަކުރަން ވީ ޓިކެޓާ ޖޯޒީ ގަނެ ބޮސްކައިރީ ރޮއި އާދޭސް ކޮށް މުސާރަ ނުލިބޭ ދުވަހެއްގޮތަށް އޮފް ކުރީމަ ނޫން ދޯ؟ ބަލަ އެވެސް ހަމަ އިންސާނުން ދޯ؟ ޓިކެޓް ވިއްކުމުގެ ކުރިން ވެކްސިން ދެޑޯޒް ހަމަކުރަން އެންގިގޮތަށް ކީއްވެބާ ކުރިން ވޯކްޕާމިޓްގެ ވާހަކަ ނުބުނީ؟ ނުބުނުން މަށަށް މައްސަލަ އަކަށް މި ވަނީ.

      8
      2
    • ޙާސަން

      އޭނާ ޑިގްރީ ނެގީ ދެބައޮަޑުވުމާއި ދޮގު ވާހަކަތައް ފެތުރުމުން، އެމް.ޑީ.ޕީ ހަރުގެއިން. އޭނާއަށް ކިޔަވައިދިނީ އަންނިއޭ އެ ކިޔާ ކަލޭގެ.

  5. ކިޔުންތެރިއެއް

    ތޮއްޔިބު އަކީ މީހުން އެތެރެކުރާ މީހެންހެން ހީވަނީ.

    21
    2
  6. މަ

    ވިސާނެއްބަޔައެއް، ދިވެހިރާއްޖޭގެ ގާނޫނާ ހިލާފަށް އުނޭބަޔަކަށް ފުރުސަތު ދޭކަށް ނުޖެހޭ

    15
  7. އަލްމާސް

    ރާއްޖޭގެ ކޮންމެ ތަނެއްގައި ވިސާކާޑް އަދި ފިލައިގެންވެސް ނުފިލާ ވިސޔަސް ބޭނުން ގޮތަކަށް އުލެވޭ! ފުޓުބޯލް މެޗުބަލަންވީމަ ވސ ކޑ ބޮޑުވަރު. އެމީހުންނަކީ އަމިއްލަ ގައުމުގަ ނޫޅެވޭހާ މިނިވަންކޮށް އުލޭބައެއް.މެޗުބަލަން ވައްދަން ޖެހޭނެ ހެޔޮ ޕސޕޓ ނެތަސް

    3
    2
  8. މިކަހަލަ މީހުންނާހެދި......

    ޠޮއްޔިބު، ކަލޭތީ ބަންގާޅީން ޤަވާޢިދާ ޚިލާފަށް އުޅެން ހިތްވަރުދޭ މީހެއްކަން ހާމަވެއްޖެއެވެ! ބަލަގަ އަހަރުމެން ބަނޑުއަޅައި ވިހޭ ދަރިން، ބަލާ ސްކޫލަށް ވަންނައިރު ވެސް ޕޭރަންޓް ކާރޑާއި، ގްރީން ކާރޑް ދައްކަން ޖެހެއެވެ. އެއީ އަހަރުމެންނަކީ އެކުދިންގެ ބެލެނިވެރިން ކަމަށް ލިޔެ ސޮއިކޮށްފައި ސްކޫލަށް ހުށަހަޅާފައި އޮއްވައެވެ. އޭގެ އިތުރުން އެތަކެއް އަހަރެއް ވަންދެން ލާންށާއި، ބަލާ ސްކޫލަށް ދާ ބެލެނިވެރިންކަން ސްކޫލް ޓީޗަރުން ހެކިވާ ޙާލުގައެވެ. އެކަމާ އަހަރުމެންގެ ޝަކުވާއެއް ނެތެވެ. އެއީ އުޞޫލުތަކަށް ތަބާވާތީ އެވެ. އެހެންވީރު ދަނޑަށް ވަންނައިރު، މިލޮބުވެތި ވަޠަންގައި އުތުރިއަރާ، ބަންގާޅީންގެ ވާރކް ޕާރމިޓް އޮތްތޯ އަދި މާބޮޑަށް ވެސް ބަލަން ޖެހޭނެއެވެ. ދިވެހިން ޤައުމުތަކުގައި ކުޅިވަރު ބަލަން ވަނީމަ ވާރކް ޕާރމިޓް އޮތްތޯ އެގައުމު ތަކުން ނުބެލުމަކީ، މިރާއްޖޭގައި އެގޮތަށް ޢަމަލު ނުކުރަންވީ ސަބަބެއް ނޫނެވެ. ދިވެހިރާއްޖޭގެ ޢާބާދީ އަކީ ފަސްލައްކަ އެވެ. ދިވެހިންނަކީ ބޭރުގެ ޤައުމުތަކުގައި ނުތަކާވަރަށް އުތުރި އަރާބައެއް ނޫނެވެ. ޠޮއްޔިބު ކަލޭގެ ލަދު ކޮބާ؟؟؟؟؟

    4
    1
  9. ގައުމު

    ބަންގްލަދޭޝް މީހުންނަށް ބޮޑު އަގުގައި ބްލެކްމާރކެޓްގައި ޓިކެޓް ވިއްކި މީހުންވަރަށް ކަންބޮޑުވާނެ ، ތި އުސޫލުން ކޮންމެވެސް މިންވަރަކަށް ބަންގްލަދޭޝް ބޭފުޅުން ސައިޒުވާނެ ،، އެމީހުންނަށް ވިސްނެންޖެހޭ މިވެސް ގައުމެއްކަން. ގަވައިދާ ހިލާފަށް އުޅެމުން ރާއްޖޭގެ ސްޓޭޓް އޯގަނައިޒް އިވެންޓްތަކަށް ދެވެންޏާމުން ކޮބާ ރައްކާތެރި ކަމަކީ .. ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް އަވޭ ސަޕޯރޓަރުން ލިމިޓް ކުރޭ..

    3
    1
  10. ބުރުގާ

    މި މުބާރާތުން އިގިގެންދަނީ ދިވެހިންނަކީ އާދަޔާ ހިލާފައް ނަސްލީ އިމްތިޔާޒު ގެންގުޅޭބަޔެއްކަން. ދިވެހިން ބަންގާޅު މީހުނާމެދު ކަންތައްކުރަނީ އިޒުރޭލު ސަރުކާރުން ފަލަސްތީނު މީހުނާމެދު ކަންތައްކުރާ ބީދައިން.

    3
    4
  11. ދީދީ

    ކޮންމެ މީހަކުވެސް މިބުނަނީ ގަވާއިދާއި ހިލާފަށް އުޅޭބައެކޭ. އެކަމަކު ތިމާ ނިދާކޮޓަރިތެރޭގައި އޮންނަ ކުނިކޮތަޅު ބޭރުކޮށްލަންގޮވާލަންވީމައި އެމީހުން ގެ ވިސާއެއް އޮތްތޯބަލާކަށް ބޭނުމެއްނޫން. ހަގީގަތުގައި މިމެޗަށް އެންމެ އިންސާފުވެރި ގޮތަކީ ދެޓީމަށް ހަމަހަމަކޮށް ޓިކެޓް ހަމަޖެއްސުން. ގަބޫލުކުރިޔަސް ނުކުރިޔަސް މިއަދުގެ ދިވެހި ޒުވާނުންގެ އެއްބަޔަކު ތިބީ މަސްތުވެގެން ބިތްޖެހިފައި އަނެއްބަޔަކު ތިބީ ދުވާލު ނިދާފައި ރޭގަނޑު ކަޅުކޮފީ އާއި ރެޑްބުލް އާއި އެކު އަނގަމަޖާކުރަން ދެންބާކީތިބި ބަޔަކު ތިބީ ދައުލަތުގެ ހަޒާނާލޫޓުވަން. ޢިހްލާސްތެތެރިކަމާއި އެކު ގައުމަށް ހިދުމަތްކުރުމަށް ނިކުމެތިބީ ދާދި މަދު މީހުންކޮޅެއް. މިރާއްޖޭގެ ތަރައްގީއަށް ކުރާންޖެހޭ އެންމެ ބުރަމަސައްކަތް އެކުރަނީ ތިޔަބުނާ ގަވާއިދަކޮށް ނުގަވާއިދުކޮށް ތިބި ބަންގްލަދޭޝް މީހުން. އެމީހުން ނުގަވާއިދުކޮށް އުޅެން ޖެހިފައި އެތިބީވެސް ހަމަ ދިވެހިންގެ ތެރެެއިން ބަޔަކުމީހުންގެ ހަރާންކޯރު ކަމުންނާއި ދިވެހި ސަރުކާރުގެ ދޯހަޅި ކަމުން. މިއަދުގެ ގިނަ ދިވެހިންނަށް އެނގޭހާވެސް ކަމަކީ މޭފުއްޕާފައި ތިބެ ހަޅޭލެވުން.

    2
    2
    • ބޯލްސް

      އަވޭ ޓީމާ ހޯމް ޓީމަށް އެއްވެސް މުބާރާތެއްގައި ހަމަ ހަމައަށް ޓިކެޓް ނުވިއްކާނެ. ހޯމްޓީމަށް އޮންނަ އެޑްވާންޓޭޖެއް އެއީ.