އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި މިރޭ ރާއްޖެއާއި ބަންގްލަދޭޝް ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން ރާއްޖެ މޮޅު ހޯދައި ދިވެހިން ހެއްވާލަދީފިއެވެ.

ގައުމީ ޓީމުން މި މެޗުން ކާމިޔާބު ކޮށްފައިވާއިރު، މިއަދަކީ ރާއްޖޭގެ ގައުމީ ދުވަހެވެ.

ރާއްޖެއާއި ބަންގްލަދޭޝް މިރޭ ބައްދަލުކުރި މެޗުގައި ރާއްޖެއަށް ފުރަތަމަ ގޯލު ކާމިޔާބު ކޮށްދީފައިވަނީ ޖާޒީ ނަންބަރު 10 ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. ހަމްޕުގެ އެ ގޯލަކީ، ގޯލުގެ އޭރިއާ ތެރެއަށް ނަގައިދެން ބޯޅައެއް އޯވާހެޑަކުން ގޯލުގެ ކަނަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައިވާ ގޯލެވެ.

މުޅި މެޗްގައި ވެސް ފެނިގެން ދިޔައީ ދިވެހިން އެއްވާނެއްގައި ޓީމަށް ސަޕޯޓް ކުރަމުން ދިޔަ މަންޒަރު - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު
މުޅި މެޗްގައި ވެސް ފެނިގެން ދިޔައީ ދިވެހިން އެއްވާނެއްގައި ޓީމަށް ސަޕޯޓް ކުރަމުން ދިޔަ މަންޒަރު - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

ރާއްޖެއަށް ދެވަނަ ގޯލު ޖަހާ ދީފައިވަނީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ޖާޒީ ނަންބަރު 7، އަލީ އަޝްފާގެވެ. މި ގޯލު އަޝްފާގު ރާއްޖެއަށް ކާމިޔާބު ކޮށްދީފައިވަނީ ލިބުނު ޕެނަލްޓީއަކުންނެވެ.

ސާފްޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް އާއި ދިވެހިރާއްޖެ ބައްދަލުކުރި މެޗްގައި ދިވެހިރާއްޖޭގެ ސަޕޯޓަރުން އުފާފާޅުކުރަނީ: މިމެޗްގައި ދިވެހި ސަޕޯޓަރުންގެ ކިބައިން ފެނުނީ ގައުމީ ކުލަތަކާއި ގައުމީ ޖޯޝް - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

އަޝްފާގު މި ގޯލު ކާމިޔާބު ކޮށްދީފައިވާއިރު، މިއީ މިހާތަނަށް އޭނާ ރާއްޖެއަށް ކާމިޔާބު ކޮށްދިން 21 ވަނަ ގޯލެވެ.

ބަންގްލަދޭޝް މެޗަށް ރާއްޖެ ނިކުތްއިރު މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމަށް މެޗް ކާމިޔާބު ކުރުން ރާއްޖެ އަށް އޮތީ މަޖުބޫރު ވެފައެވެ. މިރޭގެ މެޗް ކާމިޔާބު ކުރުމާއިއެކު ފައިނަލަށް ދަތުރު ކުރުމަށް އަމިއްލަ ބާރު އަދިވެސް ރާއްޖެ އަށް އެބައޮތެވެ.

ލަނޑު ޖެހުމަށްފަހު އަލީ އަޝްފާގު އުފާފާޅުކުރާއިރު ޓީމްގެ އެހެން ކުޅުންތެރިން އޭނާ އާއި ބައިވެރިވަނީ - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު
ލަނޑު ޖެހުމަށްފަހު އަލީ އަޝްފާގު އުފާފާޅުކުރާއިރު ޓީމްގެ އެހެން ކުޅުންތެރިން އޭނާ އާއި ބައިވެރިވަނީ - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

ރާއްޖެ އަންނަ އާދީއްތަ ދުވަހު ހަވީރު ދެން ނިކުންނާނީ ސްރީލަންކާ އާއި ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތިއް ތާ

    ޝުކުރިއްޔާ! ދިވެހި ޓީމު

    13
    1
  2. ބޫ

    މާތްﷲ އަށް ހަމްދުކުރަން. މި ލިބުނީ ވަރަށް ވެސް ބޮޑު އުފަލެއް ކުޅުން ތެރިންނަށް ފަށްފަށުން މަރުހަބާ. މިރޭ އަޑުބަރޭ ބާލަންޖެހުމަކީ ޓީމަށް ލިބުނު ކާމިޔާބު ސިއްރު ކަމާމެދު ދެކޮޅުހަދާނެ މީހަކު ހުންނާނެއެކޭ ހިތަކަށް ނާރާ. އެއްވެސް މީހަކަށް ދެރަ އަކަށްނޭދެން. އެކަމު ފެންވަރު ނެތް ކުޅުން ތެރިން ދަނޑުމަތީގަ ތިބޭކަށް ނުޖެހޭ ކަމެއް ދިމާނުވިނަމަ ބާލާނެއެކޭ ހިތެއް ނުބުނޭ.

    12
  3. ހަސަނުބެ

    ސާބަހޭ

    13
    1