ރޭ ފީފާ ވޯލްޑް ކަޕު ދެވަނަ ބުރުގައި ބެލްޖިއަމް އަދި ޖަޕާނު ބައްދަލު ކުރި މެޗުގައި ފަހަތުން އަރައި ބެލްޖިއަމް މޮޅު ވުމާއި އެކު 52 އަހަރުވީ ރެކޯޑަކާއި ހަމަ ކޮށްފައެވެ.
އެންމެ ފަހުން 2 ލަނޑުގެ ނަތީޖާ އަކުން ބަލިވެފައި އޮވެ، 90 މިނެޓު ތެރޭގައި ފަހަތުން އަރާ ވޯލްޑް ކަޕު ދެވަނަ ބުރުގެ މެޗެއް ކާމިޔާބު ކޮށްފައިވަނީ 1966 ވަނަ އަހަރު ޕޯޗުގަލް އެވެ، ފަހަތުން އަރާ މެޗުގެ އެންމެ ފަހު ވަގުތު ނޭޗާ ޗެޑްލީ ޖެހި ލަނޑާއި އެކު ބެލްޖިއަމް މޮޅުވެ ޖަޕާން ވަނީ ވޯލްޑް ކަޕުން ކަޓާފައެވެ.
1966 - Belgium are the first team to come from 2+ goals down to win a World Cup knockout round match within 90 minutes since Portugal beat DPR Korea 5-3 in the 1966 quarter-final. Eusebio. #BEL #WorldCup pic.twitter.com/JcyWzi6l8F
— OptaJoe (@OptaJoe) July 2, 2018
ރޮސްޓޮވްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފު ވެސް ފެނިގެން ދިޔައީ ވަރަށް ފޯރި ގަދަކޮށެވެ. މި ފާފުގައި ލަނޑެއް ފެނިގެން ގޮސްފައި ނުވާއިރު ދެވަނަ ހާފު ފެށިގެން މާގިނަ އިރެއް ނުވެ، ޖަޕާނުން ވަނީ މެޗުގެ ނަތީޖާ ނެރެފައެވެ. އަދި ޖަޕާނުގެ ލީޑު ފުޅާ ކުރަން ޖެހި 2 ވަނަ ގޯލުވެސް މާގިނައިރެއް ނުވެ ވަނީ ފެނިގެން ގޮސްފައެވެ. ގެންކީ ހަރަގުޗީ އަދި ތަކަޝީ އިނުއިގެ މި ދެ ގޯލާއި އެކު ބެލްޖިއަމްގެ ވޯލްޑް ކަޕު ހުވަފެން ފެނަށް ދާން ފެށި ނަމަވެސް ބެލްޖިއަމްގެ ޑިފެންޑަރު ޔެން ވާރޓޮންހެން ވަނީ ހަނި ގޮތަކަށް ގޯލެއް ޖަހާފައެވެ.
ބެލްޖިއަމް އަށް ހީރޯ އެއް ބޭނުން ވެފައި ހުރި ވަގުތު ކޯޗު ރޮބާޓޯ މާޓީނޭޒް ވަނީ ބަދަލެއް ކޮށްފައެވެ. ބަދަލު ކުޅުންތެރިއަކަށް މިހާރު މެންޗެސްޓާރ ޔުނައިޓެޑުގެ މެދުތެރެއަށް ކުޅެމުންދާ މެރޮއޭން ފެލައިނީ ވަނީ ކުޅެން އަރައި ލަނޑެއް ކާމިޔާބު ކޮށް މެޗުގެ ނަތީޖާ ހަމަ ހަމަ ކޮށްފައެވެ. ހަމަ އެހެންމެ މެޗުން މޮޅުވާން އަދި 52 އަހަރުވީ ރިކޯޑާއި ހަމަ ކުރަން ލިބުނު ފުރުސަތުގެ ބޭނުން ހިފީ ބެލްޖިއަމްގެ ނޭސާ ޗެޑްލީއެވެ. އޭނާގެ ގޯލުން ޖަޕާން ވޯލްޑް ކަޕުން ކަޓާ ބެލްޖިއަމް ވަނީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައެވެ.
މުބާރާތުގެ ކުއާރޓަރ ފައިނަލް... ފައިނަލްއެއް ނޫން ..
ނާސިރު ޗަޑްލީ.......ނޭޗަރ ޗެޑްލީ އެއްނޫން.
ކަލޯމެން މިހާރު ބެލްޖިއަމް ފައިނަލަށް ގެންދިޔައީ ދޯ؟
ހާދަ އަވަހަކަށް ފައިނަލުން ޖާގަ ހޯދީ ބެލްޖިއަމް، ދެވަނަބުރުން ސީދާ ފައިލަނަށް
ފައިނަލެއް ކުއާޓާރ ފައިނަލެއް ނޭނގޭ
ނޭޗަރ؟؟؟؟؟ ހެއް ހެއް ހެއް ހެއް ހެއް ހެއް ހެއް ހެއް ހެއްހޭ ހެއްހޭ ހެއް ހެއް ހެއް ހެއްހޭ. ބޮއެ ހަލާކު.