ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ކްރޮއޭޝިޔާއާ ދެކޮޅަށް ކުޅުނު މެޗުގެ ޕެނަލްޓީ ޝޫޓްއައުޓްގައި ޑެންމާކްގެ ފޯވާޑް ނިކޮލާ ޔޯގަންސަން އަށް ޕެނަލްޓީ ކާމިޔާބު ނުކުރެވުމުން އޭނާ އަށް މަރުގެ އިންޒާރު ދީފިއެވެ.

ޑެންމާކުގެ ފުޓްބޯލަ އިދާރާއިން ބުނީ ، ޔޯގަންސަންއަށް ލިބެމުން އަންނަ މަރުގެ އިންޒާރުތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ހުއްޓާލާ. އެއްވެސް މީހަކަށް މަރުގެ އިންޒާރު ދެވިގެން ނުވާނެ. އެއީ ވޯލްޑްކަޕްގެ ތަރިއެއްވެސް، ސިޔާސީ ފަރާތަކަށްވެސް މަރުގެ އިންޒާރު ދެވިގެން ނުވާނެ". އެ އިދާރާ އިން ނެރުނު ބަޔާނެއްގައި ވެއެވެ.

އަދި މިއީ ކޮށްގެން ނުވާނެ ކަމެއް ކަމަށާއި، އެކަން ފުލުހުންނާއި ހަމައަށް ގެންދާނެކަމަށްވެސް އެ އެސޯސިއޭޝަން އިން ވަނީ ބުނެފައެެވެ.

ޕެނަލްޓީގައި ޑެންމާކުގެ ތިން ކުޅުންތެރިއަކަށް ޕެނަލްޓީ ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ޔޯގަންސަންއަކީ ޑެންމާކުގެ އެންމެ ފަހު ޕެނަލްޓީ ޖެހި ކުޅުންތެރިއާއެވެ. ޕެނަލްޓީގައި ކްރޮއޭޝިއާ މޮޅުވީ 2-3 އިންނެވެ.

މިގޮތަށް އޭނާއަށް މަރުގެ އިންޒާރުތައް ދެމުން ގެންދަނީ އިންސްޓަގްރާމް އަދި ފޭސްބުކް މެދުވެރިކޮށެވެ.

ނެދަލޭންޑްސްގެ ފޭނޫޑް އަށް ކުޅެމުން އަންނަ ޔޯގެންސަން އަކީ މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ނިއުކާސަލް ޔުނައިޓެޑުން ގެންނަން ޝައުގުވެރިވާ ކުޅުންތެރިއެކެވެ.