އެމެރިކާއިން އުފައްދާފައިވާ އެފް-16 ފަޔަރ ޖެޓްތައް ޑެންމާކާއި ނެދަލެންޑްސް އިން ޔޫކްރޭނަށް ބަދަލުކުރުމަށް އެމެރިކާއިން ރުހުން ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޔޫކުރެއިންގައި ހިނގަމުންދާ ހަނގުރައިމައިގައި ބޭނުންކުރުމަށް އެމެރިކާއިން ޑަޗް އެފް-16 ހަނގުރާމަ މަތިންދާބޯޓުތައް ކިއެވްއަށް ބަދަލުކުރުމުގެ ހުއްދަ ދީފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

މި ބޯޓުތަށް ކިޔެވްއަށް ބަދަލުކުރި ކަމުގައިވިޔަސް ރަޝިޔާގެ ވައިގެ ހަމަލާތަކާއި ދެކޮޅަށް މަސައްކަތް ކުރުމަށް އެފް-16 ބޭނުން ކުރެވޭނީ އަދި ދެތިން މަސް ފަހުންކަމަށް ކަމުގެ މާހިރުން ބުނެއެވެ. މި މުއްދަތުގެ ތެރޭގައި ޔޫކުރެއިންއިން ރަޝިޔާގެ ވައިގެ ހަމަލާތަކަާއި ކުރިމަތިލުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުންނާނެކަމަށް މޭރުގެ މީޑިޔާތަކުން ފާހަގަކުރަމުން އާދެއެވެ.

ބަދަލުކުރި ވައިގެ އުޅަނދުތަކުގެ ތެރޭގައި ގާތްގަނޑަކަށް 24 އޮޕަރޭޝަނަލް އެފް-16 ހުރި ކަމަށް ބެލެވެ އެވެ. މި އުޅަނދުތަށް އިތުރަށް ވަރުގަދަކޮށް ހަނގުރައިމައިގެ މައިދާނުގައި ކުރިޔަށް އޮތް ދެތިން މަސްތެރޭ ބޭނުންކުރާނެ ކަމަށް ކިއެވްގެ ސްޓޭޓް ޑިޕާޓްމެންޓްގެ ތަރުޖަމާނެއް ބުނެފައިވެއެވެ. ހަމަ މިދަނޑިވަޅުގައި ޑެންމާކުން ވެސް އަންނަނީ ގާތްގަނޑަކަށް 30 ވަރަކަށް އެފް-16 ގެ ފްލީޓްއެއް އަޕްގްރޭޑްކޮށް މިތަކެތި ވައިގެ ތެރޭގެ ހަމަލާތަކުގައި ބޭނުންކުރަން ރާވަމުންނެވެ.

އެމެރިކާއާއި އެގައުމުގެ އެކުވެރި ގައުމުތަކުން ކުރިން ވަނީ ޔޫކުރެއިންއަށް އެފް-16 ފޯރުކޮށްދިނުން ބާތިލްކޮށްފައެވެ. ސަބަބަކީ ނިޔުކުލިޔާ ހަތިޔާރުގެ ބާރު އޮތް ރަޝިޔާއާއި އިތުރަށް ހަނގުރައިމައިގެ ހާލަތު ގޯސްވެ މިކަމުގެ ނޭދެވޭ އަސަރުތަށް އިތުރަށް ކޮށްފާނެތީއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޕޫޓިން

    ވައްޓާލާނަން.. ރޫޅާލާނަން.. ފުޑާލާނަން..

    13
    1
    • ….

      ތިހާ ގަދައިއްޔާ ކީއްވެޔޯ ދާގޮތަށްގޮސް ވެރިވެ ނުގަނެ ތިތިބެނީ…މާ މަޖާ ކަމަކީތަ ޕުޓިންނަށް..

      10
      • ހުވަދު

        އެއީ އެކަން ކުރަން ބޭނުން ނުވާތީ. ހަމަ ދާގޮަތަށްގޮސް ފުނޑާލެވިދާނެ.

        8
        1
  2. ޖުހާ.

    ހުއްދަދިނަސް ފައިޓަރޖެޓެއް ނުދޭނެ. ނެދަލެންޑަށް ވެސް އެނގޭ ރަސިއާގެ ވައިގެ ސަރަހައްދަށް ހިޔަނި އެޅިލިއަސް ފަޓާހެއް ގޮވާހެން ގޮވާނެކަން.