ނެދަލެންޑްސްގެ ސްކޫލުތަކުގައި ދަރިވަރުން ފޯނު ބޭނުން ކުރުން މަނާ ކުރުމާ މެދު ވިސްނަން ފަށައިފިއެވެ.

ނެދަލެންޑްސްގެ ބައެއް ސްކޫލުތަކުގައި މިހާރުވެސް ފޯނު ބޭނުންކުރުން މަނައެވެ. އަދި ހުރިހާ ސްކޫލުތަކެއްގައި ދަރިވަރުން ފޯނު ބޭނުން ކުރުމާ މެދު މިހާރު ދަނ ވިސްނަމުންނެވެ.

ނެދަލެންޑްސްގެ ޖެނެރަލް އެޑިއުކޭޝަން ޔޫނިއަންގައި ހިމެނޭ ގިނަ ޓީޗަރުން އެކަމަށް ތާއިދު ކުރެއެވެ.

އެގޮތުން ޕްރައިމަރީ ސްކޫލުތަކުގެ ދެބައި ކުޅަ އެއްބަޔަށް ވުރެ ގިނަ ޓީޗަރުން އެކަމަށް ތާއިދު ކުރާއިރު ސެކަންޑްރީ ސްކޫލުތަކުގެ 73 ޕަސެންޓް ޓީޗަރުން އެކަމަށް ތާއިދު ކުރެއެވެ.

ނަމަވެސް ފޯނު ގެންގުޅުން ހުއްދަކުރަން އުމުރުން ހަގު ޓީޗަރުން ތެރެއިން ބައެއް ޓީޗަރުން ބޭނުންވެއެވެ.

ގިނަ ޓީޗަރުން ބުނަ ގޮތުން ސްމާޓްފޯން ބޭނުން ކުރުމުން ކުދިން ފިލާވަޅުތަކަށް ދޭން ޖެހޭ ސަމާލުކަން ކުޑަވެ އެވެ. ނަމަވެސް ބައެއް ޓީޗަރުން ބުނީ ބައެއް ފަހަރު ފިލާވަޅުތަކަށް ފޯން ބޭނުން ވެއެވެ.

ފޯން ގެންގުޅުން މަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާތައް ފެށުނީ ނެދެލެންޑްގެ ބައެއް ޕާލަމަންޓް މެމްބަރުން އެކަމަށް މަސައްކަތް ފެށުމުން ނެވެ.

އެ ބޭފުޅުން ވިދާޅުވާ ގޮތުން މިހާރަކަށް އައިސް ފޯނާ ހެދި ދަރިވަރުންގެ ކިއުމުގެ ފެންވަރާއި އަދި ދަރިވަރުންގެ ނަތީޖާ ދަނީ ދަށްވަމުންނެވެ.

ނެދަލަންޑްސްއަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމަކަށްވާ އިރު އެ ގައުމުގެ ގިނަ ދަރިވަރުން ސްމާޓް ފޯން ގެންގުޅެއެވެ.