އާޖެންޓީނާއަށް ހިލޭ ކޯޗުކަން ކޮށްދިނުމަށް އެގައުމުގެ ބަތަލު ޑިއެގޯ މެރެޑޯނާ އެދެފިއެވެ.

2010 ވަނަ އަހަރު އާޖެންޓީނާއަށް ކޯޗުކަން ކޮށްދީފައިވާ މެރެޑޯނާ ވެނެޒުލޭގެ ޓީވީ ސޯވ އެއްގައިބުނީ އާޖެންޓީނާއަށް ހިލޭ ކޯޗުކަން ކޮށްދޭން ބޭނުންވާ ކަމަށާއި ބަދަލުގައި އެއްވެސް ކަމެއް ބޭނުން ނުވާ ކަމަށެވެ.

" އަހަރެން ބޭނުން އާޖެންޓީނާއަށް ހިލޭ ކޯޗުކަން ކޮށްދޭން . ބަދަލުގައި އެއްވެސް ކަމެއް އަހަރެން ބޭނުމެއް ނޫން " މެރެޑޯނާ ބުނެފައިވެއެވެ.

އަދި މިއަހަރުގެ ވޯލްޑްކަޕާއި އާޖެންޓީނާ އަލްވަދާއު ކިޔަން ޖެހުމުން ދެރަވާ ކަމަށްވެސް މެރެޑޯނާ ބުނެފައިވެއެވެ.

" މީހުންނަށް ހީވެދާނެ އާޖެންޓީނާ ވޯލްޑްކަޕުން ކެޓުމުން އަހަރެން ހުރީ ވަރަށް އުފަލުންނޭ. ނަމަވެސް އަހަރެން ވަރަށް ދެރަވި. އެއީ އެތަކެއް މަސައްކަތުން އަދި އެހާބުރަ މަސައްކަތްކޮށްފައި ވޯލްޑްކަޕާއި އެހާ ފަސޭހައިން އަލްވަދާއި ކިޔަން ޖެހުމުން " މެރެޑޯނާ ބުނެފައިވެއެވެ.

މެރެޑޯނާގެ ކޯޗުކަމުގައި އާޖެންޓީނާ 2010 ވަނަ އަހަރު ސްޕެއިންގައި ބޭއްވުނު ވޯލްޑްކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވާއިރު ކުއާޓާއިން އާޖެންޓީނާ ކެޓީ އެންމެ ފަހުގެ ކެމްޕިއަން ޖަރުމަން އަތުން 4-0 ގެ ނަތީޖާއަކުން ބަލިވުމުންނެވެ.

" ހޭންޑް އޮފް ގޯޑް" ނެ ނަމުން މަޝްހޫރުވެފައިވާ މެރެޑޯނާއަކީ 1986 ވަނަ އަހަރުގެ ވޯލްޑްކަޕް އާޖެންޓީނާއަށް ހޯދައިދިން ކުޅުންތެރިޔާއެވެ.
އާޖެންޓީނާހެ ކޮޗުކަން ހިލޭކޮށްދޭނެ ކަމަށް މެރެޑޯނާ ބުނެފައިވާއިރު އާޖެންޓީނާގެ މިހާރުގެ ކޯޗު ޖޯޖް ސަމްޕައޯލީގެ ކޮންޓްރެކްޓް ހަމަވާނީ 2022 ވަނަ އަހަރުއެވެ. ވޯލްޑްކަޕްގެ ގަދަ 16 އިން ބަލިވެ މުބާރާތާއި އަލްވަދާއު ކިޔަން ޖެހުނު ކަމުގައި ވިޔަސް އާޖެންޓީނާގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ސަމްޕައޯލީ ވަނީ ބުނެފައެވެ.