އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އަތުން ބަލިވެ ލިބުނު ނާކާމިޔާބީގެ ފުރިހަމަ ޒިންމާ ނަގާކަމަށް ގައުމީ ކޯޗު އަލީ ސުޒެއިން ބުނެފިއެވެ.

ސުޒެއިން މިހެން ބުނީ އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާ އަތުން 3-1 އިން ބަލިވި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުންނެވެ.

އިންޑިއާ އިން މި މެޗުގައި އެންމެ ފުރަތަމަ ލަނޑުޖެހީ ސުރޭޝް ސިންގް އެވެ. އެއަށްފަހު އަލީ އަޝްފާގު (ދަގަނޑޭ) ގެ ޕެނަލްޓީން ރާއްޖެ އެއްވަރުކުރި ނަމަވެސް ސުނިލް ޗެތްރީ ވަނީ ދެ ލަނޑުޖަހާ އިންޑިއާ މޮޅުކޮށްދީފައެވެ.

މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ ކޯޗިން ޓީމުގައި މުޅިންވެސް ތިބީ ދިވެހިންނެވެ. ކޯޗިން ސްޓާފުންގެ ގޮތުގައިވެސް ދިވެހިން ތިބިއިރު ރާއްޖެ ބޭނުންކުރި ޖާރޒީއަކީ ވެސް ދިވެހިން ފަރުމާކޮށްފައިވާ ޖާރޒީއެކެވެ.

އިންޑިއާ އަތުން ބަލިވި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަމުން ކޯޗު ބުނީ ނާކާމިޔާބުގެ ޒިންމާ ނަގާ ކަމަށާއި ޓީމުގެ އެންމެން ވެސް ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށެވެ. ނަމަވެސް މުބާރާތުގެ ތެރެއިން ޕޮޒިޓިވް ކަންތައްތަކެއް ފެނިގެން ގޮސްފައިވާ ކަމަށާއި ދިވެހި ކޯޗުންނަށް މިކަން ވާނެކަން ގަބޫލުކުރާ ކަމަށްވެސް ސުޒޭން ބުންޏެވެ.

"މިއީ ދިވެހިންނަށް ވާނެ ކަމެއްކަން ދައްކައިދެވިއްޖެ، ވަރަށް ޕޮޒިޓިވް ކަންކަން މި މުބާރާތުގެ ތެރެއިން ފެނިގެން ހިނގައްޖެ" މެޗަށްފަހު ވާހަކަދައްކަމުން ސުޒެއިން ބުންޏެވެ.

މުބާރާތުން ރާއްޖެ އަލްވަދާއު ކީ ފަސް ޓީމާއެކު ކުޅުނު ލީގު ބުރުގެ ތިންވަނަ މަގާމު ހޯދައިގެންނެވެ. އެއްވަނަ ޖުމްލަ 8 ޕޮއިންޓާއެކު އިންޑިއާ ހޯދިއިރު ދެވަނަ 7 ޕޮއިންޓާއެކު ލިބުނީ ނޭޕާލަށެވެ. އަދި ތިންވަނަ 6 ޕޮއިންޓާއެކު ލިބުނީ ދިވެހިރާއްޖެ އަށެވެ. ހަތަރުވަނަ ބަންގްލަދޭޝްއަށް ލިބުނީ 5 ޕޮއިންޓާއެކު އެވެ. އަދި ލަންކާ އަށް ލިބުނީ 1 ޕޮއިންޓެވެ.

އިންޑިއާ އާއި ނޭޕާލް ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގަނޑު އެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އަނާމް

    ޒިންމާ ނެގީމޭ ބުނީމަ ނުނިމޭނެ، އިސްތިއުފާދީ، ސުޒޭން ގަޔަކު އަދިނެތް ގައުމީ ޓީމް ކޯޗް ކުރެވެނެ ފެންވަރު

    31
    7
  2. ރާޝިދާ

    ތިހެން ބުނެލީމަ ނިމުނީދޯ

    26
    7
  3. އިންޑިޔާކޯޗު

    ޒިންމާ ނަގާށޭ ޖެހޭނީ. އިންޖަރީ ވެފަހުރި ކީޕަރެއް މެޗަށް އަރުވައިގެން. މެޗުބެލި އެންމެނަށްވެސް ފެންނާނެ ފައިސަލް އެއްވެސް ބޯޅައަކަށް ޖަމްޕު ނުޖަހާކަން.

    41
    2
    • ނުރަބޯ

      ރަނގަޅު ވާހަކައެއް. އިންޑިޔާގެ ފަހު 2 ގޯލަކީ ރަނގަޅު ކީޕަރަކަށް ނެގެންޖެހޭނެ 2 ބޯޅަ.

      23
  4. ސަމާ

    އިންޑިއާކުޅުނީ ފްޓްބޯޅައެއްނޫން.
    ރާއްޖެ މޮޅުނުވާކަމަކަށް ގަބޫލެއް ނުކުރަން. ރާއްޖޭގެ ކުޅުން ރީތި، ހުނަރުވެރިން ތިބި. ކޯޗާއި މެނޭޖްމެންޓުން ކުރިހިތްވަރަށް އަދި ޚާއްސަކޮށް ކުޅުންތެރިންނާއި ސަޕޯޓަރުންނަށް އަހަރެން ޝުކުރުވެރިވަން.
    ވަރަށް ހިތްވަރުކުރި. އަދި ރަނގަޅުވާނެ.

    35
    20
  5. ޙހހހ

    ބަލަ ތިހެން ބުނެގެން ނުފުދޭނެ ، އެންމެންވެސް ބަލިވެއްޖިއްޔާ ތިހެން ބުނަނީ ، ޒިންމާވީމަ އަލުން އެކަން އިޔާދަވޭތޯ ، ޓީމްގެ ބެންޗްގައި ދެންތިބި ކޯޗުންގެ ހިޔާލެއް މީޑިއާއާ ހިއްސާކުރަންފެނޭ

    13
    1
  6. ރާއްޕެ

    ކޯޗް ކަމަކުނުދޭ، އެއްވެސް ޕެލޭން ބީ އެއްނެތް

    16
    2
  7. ނަސީ

    ޒިންމާނެގުމަކީ އަމިއްލަޔައް އިސްތިއުފާދިނުން ބޭރުނުކޮއްލަނީސް

    16
    1
  8. ހަވާސާ ހަމީދު

    ހަގީގަތަކީ ގައުމީޓީމެއްގެ ކޯޗުކަން ކުރެވޭވަރުގެ ފެންވަރު އަދި ތިބޭފުޅާގެ ނެތީ އިންޓަނޭސަންލް ކޯޗިންގެ ތަޖުރިބާވެސް ނެތީ އަދި ހަމަ އެޔާއެކު އިންޓަރ ސްކޫލު ފުޓުބޯލަވެސް އަދި ކުލަބު ފުޓުބޯޅަވެސް އިއާދަވާންޖެހޭ! ކުޅިވަރު ސިޔާސީ ކުރުވައި ސްޓޭޓުމިނިސްތަރުންނާއި ޑެޕިއުޓީމިނިސްޓަރުން ގައުމީޓީމަޝައި ކުލަބުތަކަށް ކުޅެންފެށީމާވާނެހަތެތިމިވަނީ!

    19
  9. ޖީބު

    ޖީބައް އަތްޖަހާފަ ހުރެވިއްޖެ އެއްނު. ކީޕަރު ތެޅިބާލާ އިރު ބަލަން ހުރީ.

  10. އަޙްމަދު

    ކުރިންވެސް އަޅުގަނޑުވާނީ މިނާއަށް މިކަމެއްނުވާނެ ވާހަކަ ބުނެފައި! ޒިންމާ ނަގަންޏާ އިސްތިއުފާ ދީފާއި ތިކަންވާވަރު މީހަކާ ޙަވާލުކުރޭ!

  11. ޙަބޭ

    ބޮޑައް ހީވަނީ ޑީލްއެއްހެން، ކޯޗައް ގޭމް ޗޭންޖްކޮށްލުމުގެ ޓެކްޓިކްސް ކުޅުންތެރިންނަށް ނޭގިވެސް ކޯޗުގެކިބައިގަ ހުރޭ. ރޭގެމެޗް ފްރަތަމަ ހާފް ރާއްޖޭޓީމް ފަހަތުގަ ބާއްވައިގެން ކުޅުވިތަން ފެނުނީ، ނަތީޖާއަކަށްވީ ޓީމްވަރުބަލިވެ ފަހުހާފްގަ އިތުރައްށް ވަރުބަލިވުން

  12. ދަގަނޑޭ ގެ ފޭން

    ޢަސްލު ފުރަތަމަ ހާފް ގައި އެއްވަރު ވެފައި އޮއްވައި ދެވަނަ ހާފަށް ކުޅެން ނިކުމެ ޑިފެންސިން ގޭމެއް ކުޅުނު ނަމަ ރަގަޅުވީސް … ކައުންޓަރ އެޓޭކް ކޮށްގެން ސްކޯރ ކުރެވޭތޯ ބެލިނަމަ ރަގަޅުވީސް … ޓީމްގެ މެނޭޖްމަންޓް އަދި ކުޅުންތެރިންގެ ހިއްވަރަށް ޝުކުރު ހައްގު …

    3
    1
  13. ސަފަރު ކައްދަގެ ތިއްތިބެ

    އަޅެ މީ އަޖާބެއްތަ؟ ޒިއްމާ ނެގުން މިބަހުގެ މާނަ ދިވެހިންނަށް ނޭގެނީ ތަ؟ ނޫނީ މިބަސް ބުނާމީހުންނަށް ހީވަނީތަ ދިވެހިން ނަކީ ގުނބޯއިންނޭ؟ ރައްޔިތުންގެ ފަރާތުން މަޢާފަށް އެދިފަ ތިކަމުން ބަރިއްޔަވާންވީ! މިހިރަ .ދޮ....ނާ!