ސްރީލަންކާގައި އަންނަ މަހު ބާއްވަން ތައްޔާރުވާ ބައިނަލްއަގުވާމީ މުބާރާތެއް ކަމަށްވާ "މަހިންދާ ރާޖަޕަކްސާ ކަޕް" ފުޓުބޯޅަ މުބާރާތުގައި ރާއްޖެއިން ބައިވެރިވާން ނިންމައިފިއެވެ.

އެފްއޭއެމުންވެސް ވަނީ މިކަން "ވަގުތު" އަށް ކަށަވަރުކޮށްދީފައެވެ. މި މުބާރާތް ލަންކާގައި ބޭއްވުމަށް ނިންމާފައިވަނީ އަންނަ މަހުގެ 4 އިން 17 ގެ ނިޔަލަށެވެ.

މި މުބާރާތުގައި ވާދަކުރާނީ ހަތަރު ގައުމެކެވެ. އެއީ ރާއްޖެއާއި ސީޝެލްސްގެ އިތުރުން ބަންގްލަދޭޝް އާއި ސްރީލަންކާ އެވެ. މި މުބާރާތުގައި ވާދަކުރަނީ މި ހަތަރު ގައުމުގެ ވެސް ސީނިއާ ޓީމެވެ.

"ވަގުތު" އަށް މައުލޫމާތުދެމުން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިސް އޮފިޝަލަކު ބުނީ މި މުބާރާތުގައި ރާއްޖެއިން ވާދަކުރަން ނިންމާފައިވާ ކަމަށާއި ރާއްޖޭގެ ކޯޗެއްގެ ގޮތުގައި މި މުބާރާތުގައި އަލީ ސުޒެއިން ފޮނުވާނެކަމަށެވެ.

ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރި ގައުމީ ޓީމު-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

މި މުބާރާތުގެ ތައްޔާރީތައް ސީޝެލްސްއިން ފަށާފައިވާކަމުގެ މައުލޫމާތު ލިބެއެވެ. އެ ގައުމުގެ ނޫސްތަކުން ބުނާގޮތުން ސީޝެލްސް އިން ތައްޔާރުވަނީ މުބާރާތުގެ ކުރިން ބޭރު ގައުމެއްގައި ކޭމްޕުކުރުމަށެވެ. އެއީ ބޮޑު މުބާރާތެއްގައި ނުކުޅެ ގިނަދުވަސް ވުމުގެ ސަބަބުން ޓީމު އިތުރަށް ފިޓުކުރުމުގެ ބޭނުމުގައެވެ.

އޭގެ އިތުރުން ބަންގްލަދޭޝް އާއި ސްރީލަންކާ ވެސް ވަނީ ސާފް ޗެމްޕިއަންޝިޕު ނިމުމާއެކު މި މުބާރާތަށް ތައްޔާރުވާން ފަށާފައެވެ. ބަންގްލަދޭޝް އިން މި މުބާރާތުގައި ހެޑް ކޯޗުކަން ކުރާނީ މިހާރުވެސް އެ ޓީމުގެ ކޯޗު އޮސްކާ ބްރުޒޮން އެވެ. އޮސްކާ އެ މަގާމާއި ހަވާލުވީ ދެ މަސްދުވަހުގެ މުއްދަތަކަށެވެ.

މި މުބާރާތުގެ ހުރިހާ ކަމެއްވެސް ހަމަޖައްސަނީ ސްރީލަންކާގެ ފުޓުބޯޅަ ފެޑެރޭޝަނުންނެވެ. ރާއްޖޭގެ ޒުވާން ޓީމު ވަނީ މީގެކުރިން މަހިންދަރާޖަ ޕަކްސަ މުބާރާތުގެ ތަށި މީގެކުރިން އުފުލާލާފަައެވެ.

ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ވަނީ އިންޑިއާ އަތުން 3-1 އިން ބަލިވެ މުބާރާތުން ކަޓާފައެވެ. މިއީ އެ މާޔޫސްކަމުން އަރައިގަތުމަށް ގައުމީ ޓީމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ސަނީ

    ށުޒޭން ނުގެންދާތި

    15
    9
  2. ކޮމެންޓު

    އިތުރު މާޔޫސްކަމެއް ލިބޭނީ

    15
    11
  3. Anonymous

    ތަނަކު މުބާރާތެއް ބާއްވާނަމަ ބައިވެރިވާންވާނެ. މީގަ މުހިންމީ މޮޅަށް ކުޅުމާއި މޮޅުވުމެއް ނޫން. އަނެއްކާ ކުޅޭއިރުވެސް ބޯޅަ ހޯދަން ދުވެގެން ކުޅުމެއްވެސްނޫން، ބޯޅަ ފަޔާއި ހަމަޔަށް އައީމަ ކުޅުން. މިހާރުވެސް ކުޅެމުންދަނީ އާންމުކޮށް މިގޮތަށް. އެހެންވީމަ ދެގެދޭތެރޭގައިވެސް މުބާރާތެކޭ ބުނާއިރަށް ބައިވެރިވާން ވާނެ. އަދި ސަޕޯރޓްކޮށްދޭށޭ ކިޔަންވެސް ވާނެ. ދެން ދިވެހިން ތިބޭނެ ނުނިދާ ހޭލައި ކިޔޫހަދައިގެން ޓިކެޓްނަގައި މާލިއްޔަތު ހުސްކޮށް ޖޯޒީ ގަނެގެން ގައުމަށްޓައި ސަޕޯރޓްދޭން.

  4. ޒުވާން

    ޓީމުގައި ތިބި ޒުވާން ކުދީންނަށް ފުރުސަތު ދެއްވަވަންވީ ނޫންތޯ؟

    9
    1
  5. އެހެންޏާފަހެ

    ސުޒޭން މީ އެފްއޭއެމް އަަށް ބަލަދު އަރާފަވާ ކޯޗެއްތަ؟

    5
    2
  6. ހަސީނާ

    ބަންގުލަދޭޝް ގެ ޝައިޚް ހަސީނާގެ 2 ކަޕުން ކުރެ ކޮށްމެސް 1 ކަޕެއްގައި ބައިވާން ފެނޭ.

    2
    2
  7. ޙިކްމާ

    ބަލިވި ޓީމުތައް ހިތްހަމަޖައްސާލަން ބާއްވާ މުބާރާތެއް.

    4
    2
  8. މުސްތަޤްބަލް

    ޒުވާން ކުޅުންތެރިން ގިނަކޮށްލާ

    6
    1
  9. ރެނޮސި

    ކިީންކުރަން ބަލިވަާނީ

    1
    2
  10. ހެޔޮނުވާނެ

    މި ކުޅިގަނޑު ނުވޭތަ ދެން ހުއްޓަލާކަށް.. ދިވެހި ދައުލަތުން ބޭކާރު ޙަރަދު ކުރުން ދެން ވެއްޖެ ދޯ ހުއްޓާލަން. ކުރާ ޚަތރަދާއި ބަލާފަ ވާ މޮޅެއް އޮންނަނީ އެއްނޫން. ކޮންމެމީހަކުވެސް ހުންނަނީ ވ. ސައިޒު އޮޅިފަ.. ބުންވަރެއް ނުހުރެ، ޖޯޝެއް ނުހުރެ.. މިނޫން ރީތި ނަން ހޯދާ ކުޅިވަރަށް ޚަރަދުކޮށް ކުރި އެރުވުން މާ ރަނގަޅު ކަމަށް ފެނެ.

    4
    5
  11. ތުއްތުނާ

    ޝުޒޭން ގޯސްކުރާނެތަނެއްނެތް އަދި ކުޅުންތެރިންވެސް ގޯސްކުރާނެތަނެއްނެތް!
    ........
    ސަރުކާރުން އިތުރުޕުލޭނަކާއެކީ ނިކުންނަންވީ.. ދިވެހި ފުޓްބޯޅައަށް އިންގިލާބެއްގެނައުމުގެ ފުރުސަތުއޮތީ ދިވެހިޒުވާންކަނބަލުންގެ އަތްމަތީގަ..
    1. ބަލަންވީ ޔޯރަޕުގެ ޒުވާންފުޓްބޯޅަކުޅުންތެރިއަކު ހަޔާތުގެބައިވެރިއަކަށްގެނެވޭތޯ. 2. ސަރުކާރުންޖެހެނީ އެގޮތަށްހޯދާ ބައިވެރިންނަށް ދިވެހި ރައްޔިތަކަށްވުމުގެ ފުރުސަތު ދެތިންއަހަރުންހަމަޖެހޭނެ ގާނޫނެއްހަދަން..

    4
    2
  12. އަހުމިއްޓެ

    ބަލަގަ ތިކަހަލަ ތާކުންތާކު ނުޖެހޭ ތައްޓެއް ބޭނުމެއްނޫން.

    1
    4