މިފަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލްގެ ތަރި ނޭމާ އަށް އަމާޒުކުރަމުންދާ ފާޑުކިޔުންތަކާ ގުޅިގެން އޭނާގެ ދިފާއުގައި ބްރެޒިލްގެ ލެޖެންޑް ރޮނާލްޑޯ ނިކުމެއްޖެއެވެ.

ނޭމާ އަށް ފާޑުކިޔުންތައް އަމާޒުކުރަމުންދަނީ އިދިކޮޅު ޓީމުގެ ކުޅުންތެރިއަކު ކިރިޔާ ޖެހިލާއިރަށް ބިންމައްޗަށް ވެއްޓި އެކްޓް ދައްކާތީއެވެ. އެގޮތުން މިފަދަ ކަންތައްތަކެއް މި މުބާރާތުގައި ބްރެޒިލް އިން މިހާތަނަށް ކުޅުނު ކޮންމެ މެޗެއްގައި ވެސް ނޭމާގެ ފަރާތުން އަންނަނީ ފެންނަމުންނެވެ.

މި ކަންތައްތަކާ ގުޅިގެން ނޭމާ އަށް ފާޑުކިޔަމުންދާއިރު ރޮނާލްޑޯ ބުނީ ނޭމާ އެކްޓް ކުރާ ކަމަށްބުނެ ދައްކާ ވާހަކަތަކާ އޭނާ ދެކޮޅު ކަމަށާއި ރެފްރީން ވެސް ނޭމާ އަށް އެކަށީގެންވާ ވަރަށް ރައްކާތެރިކަން ނުދޭ ކަމަށެވެ.

"ނޭމާ އަކީ މޮޅު އަދި ޓެކުލްތަކުން ދިފާއުވާން ދަންނަ ކުޅުންތެރިއެއް. ނޭމާ އަށް ކިޔަމުންދާ ފާޑުކިޔުންތައް ތާކުންތާކު ނުޖެހޭ. ޓީވީ ޝޯ ތަކާއި އަދި ނޫސްތަކުން ވެސް ބަލަނީ ހުސް ޖާގަތައް ފުރާލެވޭތޯ" ރޮނާލްޑޯ ބުންޏެވެ.

ދަނޑު މަތީގައި ނޭމާ އެކްޓް ކުރާކަމަށް ބައެއް ފަރާތްތަކުން ބުނާއިރު މިކަމާ ގުޅިގެން ނޭމާ ބުނީ އޭނާ މަކަރު ނުހަދާ ކަމަށާއި އެގޮތަށް އުޅެވެނީ ހަގީގަތުގައި ވެސް ތަދުވުމުން ކަމަށެވެ.

"އެއީ އަހަންނަށް ކޮންޓްރޯލް ކުރެވޭނެ ކަމެއް ނޫން" ޕީއެސްޖީ އަށް ކުޅެމުން އަންނަ ނޭމާ ބުންޏެވެ.

މުބާރާތުގެ ކުއާޓާފައިނަލަށް ބްރެޒިލް ދަތުރުކޮށްފައިވާއިރު ނޭމާ ވަނީ މި މުބާރާތުގައި ދެ ގޯލު މިހާތަނަށް ކާމިޔާބުކޮށްދީފައެވެ. ކުއާޓާގައި ބްރެޒިލް ނިކުންނާނީ ބެލްޖިއަމްއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ވޯލްޑް ކަޕް ބަލާމީހާ

    ނޭމާ ހަމަފޭކީ ކޮންއަނިޔާއެއް ވާނީ ކިރިޔާމީހަކު ޖެހިލިކަމުގައި ވިޔަސް ނޭމާގެ ފުށުން ފެންނަ މަންޒަރުއެއީ އެހެންވެ މިބުނަނީ ނޭމާއަކީ ހަމަފޭކު މީހެއް

  2. ވޯލްޑް ކަޕް ގޮތްނިންމާ މީހާ

    ބްރެޒިލްގަ ބޭއްވި ވޯލްޑްކަޕުގަ ނޭމާގެ ބުރަކައްޓަށް ދިން ހަމަލާވެސް ފޭކުބާ.. އެކްސްރޭ ވެސް ފޭކުބާ.. ނޭމާއަށް ހަމަ ގަސްދުގަ އަނިޔާކުރަނީ އޭނަ މޮޅުވީމަ... ޚާއްސަކޮށް އޭނަގެ ކެރިއަރ ދުއްވާލަން.. އެއީ މި ވޯލްދްކަޕްގަވެސް ހުރި އެންމެ ފެވަރިޓް ޕްލޭޔަރ.. ކޮން މެސީއެއް... ކޮން ރޮނާލްޑޯއެއް.. ނޭމާވަރެއް ހަމަނެތް..

    • ނިންމައިފި

      ތިނިންމުން މަ ނިންމައިފިން

  3. އިބިލީސް

    ހަމަ ފޭކުަ
    އަނިޔާ ވީމަ ދަނޑުންބާާލާ

  4. އާމީ

    މޮޔަވެބަލަ ތިމީހުން ނޭގޭކަން ތަކާ ނުބެހި ހުރެބަ ދޯ
    ނޭމާ އިސްދަ ބެސްޓް. ?