މިފަހަރު ރަޝިޔާގައި ކުރިޔަށްދާ ފީފާ ވޯލްޑް ކަޕުގައި ބްރެޒިލް ކުޅޭ މެޗު ތަކުގައި ދުނިޔޭގެ ފުޓުބޯޅަ ބަލަމުން ގެންދާ ގިނަ ބަޔަކު ދައްކާ އެއް ވާހަކަ އަކީ ނޭމާ ދަނޑުމަތީގައި ވެއްޓިފައި އޮންނަ ވަގުތު ގިނަ ވުމުން އެވާހަކައެވެ.

ވޯލްޑް ކަޕު ފައިނަލާއި ހަމައަށް ނޭމާ ބްރެޒިލް ގެންގޮސް ދިނަސް އޭނާ އާއި މެދު ގިނަ ބަޔަކު އަންނަނީ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ. މީގެ ސަބަބަކަށް ވަނީ އޭނާ 'ޑައިވް' ކުރުމެވެ. ސޯޝަލް މީޑިއާގައި ހާއްސަކޮށް އެކި ކަހަލަ ޕޯސްޓުތައް ޖަހަމުން އަންނަ އިރު ކިތަންމެ ކުޑަ ކޮށް ނޭމާގެ ގައިގައި ޖެހުނު ކަމުގައި ވީނަމަވެސް އޭނާ ދަނޑު މައްޗަށް ވެއްޓޭ ކަމަށް މީހުން ބުނެއެވެ.

މީގެ އިތުރުން ރިޕޯޓު ތަކުން ބުނާ ގޮތުގައި ނޭމާއަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒު ވެގެން ދަނީ ގިނަ ތަށި ކާމިޔާބު ކުރުމަށްޓަކައި ބާސެލޯނާ އިން ޕީއެސްޖީ އަށް އޭނާ ބަދަލު ވުމުން ކަމަށެވެ. ދުނިޔޭގެ އެންމެ އަގު ބޮޑު ކުޅުންތެރިޔާގެ ގޮތުގައި އޭނާ މިދިޔަ އަހަރު ޕީއެސްޖީ އަށް ބަދަލުވި ނަމަވެސް ރިއަލް މެޑްރިޑުން ނޭމާ ގެންދަން އުޅޭ އަޑު ވަނީ ފެންމަތި ވެފައެވެ.

https://twitter.com/MileHighMunich/status/1013809858649284608?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1013809858649284608&ref_url=http%3A%2F%2Fwww.sportbible.com%2Ffootball%2Fnews-football-the-amount-of-time-neymar-has-been-on-the-floor-at-this-world-cup-20180704

ނޭމާ އަކީ ހުނަރުގެ ގޮތުން ބަލާއިރު ދުނިޔޭގެ ނެތް ވަރުގެ ކުޅުންތެރިއަކަށް ވެދާނެއެވެ. ނަމަވެސް މިފަހަރު ވޯލްޑް ކަޕުގައި ނޭމާގެ ފަރާތުން ގިނައިން ފެންނަނީ ދަނޑު މަތީގައި އެނބުރޭތަނެވެ. ކުޑަކޮށް އިދިކޮޅު ކުޅުންތެރިޔާގެ އަތުން ޖެހުނަސް ނޭމާ އޮންނަނީ ދަނޑު މައްޗަށް ވެއްޓިފައެވެ.

މިހެން ކަމުން 'އާރް ޓީ އެސް' އިން ނެރުނު ރިޕޯޓެއްގައި ބުނެފައި ވާގޮތުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ނޭމާ ކުޅުނު ހުރިހާ މެޗެއްގައި މުޅިއަކު 14 މިނެޓު އޭނާ ހޭދަ ކުރީ ދަނޑުމަތީގައި އޮވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    އެ ސޮރުގެ ދެފައި ވާގިނެތުމުން ވެއްޓެނީ.

  2. ޭިއިހަވަންދޫ

    ޙެރީ ކޭންވެސް އޮންނަނީ އަބަދުވެއްޓިފަ