މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އާއި މުލަ މޯލްޑިވްސް ގުޅިގެން ބޭއްވި "މުލަ ބޮޑީބޯޑިން ޗެލެންޖް 2021" ގެ އެއްވަނަ މުޙައްމަދު ރީޝަން ރަޝީދަށް ލިބިއްޖެއެވެ.

ޖުމްލަ 28 ބޮޑީބޯޑަރުންނާއެކު ކުރިޔަށްދިޔަ މި މުބާރާތަކީ މިއީ މުލަ މޯލްޑިވްސްގެ ބްރޭންޑް އިފްތިތާހުކުރުމުގެ ގޮތުން ބޭއްވި މުބާރާތެކެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދިޔަ މި މުބާރާތުގައި ހަމައެކަނި ކުރިޔަށްގެންގޮސްފައި ވަނީ އޯޕަން ކެޓެގަރީ އެކަންޏެވެ،

މުބާރާތުގެ ޗެމްޕިއަންކަން ރީޝަން ރަޝީދު ހޯދާފައިވާއިރު އޭނާއަށް ވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. ދެވަނައަށް ދިޔަ އިނާޝް ނައީމަށް 7،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބުނުއިރު ތިންވަނައަށް ދިޔަ އާމިން އުމަރު މޫސާއަށް ވަނީ 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

މުބާރާތުގެ ހަތަރުވަނައަށް ދިޔަ ތަޖުރިބާކާރު ބޮޑީބޯޑަރ އަލީ ޖާވިދު (ޖާއްޓޭ) އަށް ވަނީ 3،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

މުުލަ ބޮޑީބޯޑިން ޗެލެންޖުގެ ތެރެއިން

މުބާރާތުގެ އެންމެ އުއްމީދީ ބޮޑީބޯޑަރުގެ މަގާމަށް ހޮވިފައިވަނީ އިޔާން އަޙްމަދެވެ. އެއާއެކު އޭނާ ވަނީ މުލަ މޯލްޑިވްސްގެ އެމްބެސެޑަރ އަކަށް ހަމަޖައްސާފައެވެ.

މުބާރާތާއި ބްރޭންޑް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. އެ ކަމަނާ ވަނީ މުބާރާތުގެ ވަނަވަނައަށް ދިޔަ އެތްލީޓުންނަށް އިނާމުދެއްވާފައެވެ.