މާދަމާ ބާއްވާ ބެލޮންޑޯ އެވޯޑުގައި އެންމެ މޮޅު ކުޅުންތެރިޔާ ހޮވުމަށް ވޯޓުދިނުމުގައި އެއްވެސް ސިޔާސީ ނުފޫޒެއް ނުވަތަ އެޖެންޑާއެއް މިފަހަރު ނުހިމެނޭނެ ކަމަށް އުއްމީދުކުރާ ކަމަށް ޕޮލޭންޑުގެ ތަރި ރޮބަޓް ލެވަންޑޮސްކީ ބުނެފިއެވެ.

ލެވަންޑޮސްކީ އަކީ މިދިޔަ އަހަރުގެ އެވޯޑު އުފުލާލާނެ ކަމަށް އެންމެ ގިނަބަޔަކު އުއްމީދުކުރި ކުޅުންތެރިިޔާ އެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި ހުރިހާ މުބާރާތެއްގައި 55 ލަނޑު ޖަހާފައެވެ. ނަމަވެސް ފީފާއިން ވަނީ ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން އެވޯޑު ކެންސަލްކޮށްފައެވެ.

މިއަހަރު ބާއްވާ އެވޯޑު ހަފުލާގައި ބެލޮންޑޯ ނަގާނެކަމަށް ބެލެވޭ ކުޅުންތެރިންގެ ތެރެއިން އެންމެ އުއްމީދުކުރެވޭ އެއް ކުޅުންތެރިއަކީ ވެސް ލެވަންޑޮސްކީ އެވެ. އެގޮތުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލެވަންޑޯސްކީ ބުނީ ބަޔާން މިއުނިކްގައި އޭނާ ދައްކާ ކުޅުމާއެކު މިފަހަރުގެ ބެލޮންޑޯގައި ރަނގަޅު ކާމިިޔާބެއް ލިބޭނެކަމަށް އުއްމީދުކުރާ ކަމަށެވެ.

"ބެލޮންޑޯ ހޯދުމުގައި އަހަންނަށް ގައުމީ ޓީމުގައި ދައްކަންޖެހެނީ ކިހާވަރެއްގެ ކުޅުމެއް ކަމެއް ނޭނގޭ، އެކަމަކު ރަނގަޅަށް ކުޅެފިނަމަ ރަނގަޅު ނަތީޖާއެއް ލިބޭނެކަމަށް މި އުއްމީދުކުރަނީ" ލެވަންޑޮސްކީ ބުންޏެވެ.

ޓީމެއްގެ ގޮތުގައި އަދި ވަކި ކުޅުންތެރިއެއްގެ ގޮތުގައި ގައުމީ ޓީމު ފިޔަވާ އެހެން ހުރިހާ ގޮތަކުން ކާމިިޔާބީތަކެއް ހޯދިފައިވާނެ ކަމަށް ގަބޫލުކުރާ ކަމަށާއި އަދި ބެލޮންޑޯ ހޯދުމަށް ވިސްނާ އެއް ކުޅުންތެރިއަކީ އޭނާ ކަމަށްވެސް ސާބިތުކޮށްދީފައިވާނެ ކަމަށް ލެވަންޑޯސްކީ ބުންޏެވެ.

"ކްރިސްޓިއާނޯ ރޮނާލްޑޯ، ލިއޮނަލް މެސީ ފަދަ ކުޅުންތެރިންގެ ޖީލުގައި ހިމެނި އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިިމެނުމަކީ ލިބޭ ބޮޑު ޝަރަފެއް، އުއްމީދުކުރަނީ މިފަހަރު އެއްވެސް ސިޔާސީ ނުފޫޒެއް ނެތި ވޯޓުގެ ކަންކަން ކުރިޔަށްދިޔަ ކަމަށް" ލެވަންޑޮސްކީ ބުންޏެވެ.

މިފަހަރުގެ ބެލޮންޑޯއަށް ޝޯޓުލިސްޓުވި ހަތަރު ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ އާދައިގެ މަތިން މެސީއާއި ރޮނާލްޑޯގެ އިތުރުން ފްރާންސްގެ ކަރިމް ބެންޒެމާ އަަދި ރޮބަޓް ލެވަންޑޯސްކީ އެވެ. މި އެވޯޑު ހަފުލާ މާދަމާ ބޭއްވުމަށް ހަމަޖެހިފައިވަނީ ފްރާންސްގެ ވެރިރަށުގައެވެ.

މި އެވޯޑު އެންމެފަހުން ހޯދާފައިވަނީ ލިއޮނަލް މެސީ އެވެ. މެސީ ވަނީ މި އެވޯޑު ހަ ފަހަރު އުފުލާލާފައެވެ. ރޮނާލްޑޯ މި އެވޯޑު ފަސް ފަހަރު ހޯދިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ލެވޮންޑޯސްކީ މަހަށް ދޭބަލަ.!! ތިއެވޯރޑް ދެނިކީ ހަމައެކަނި ގިނަގޯލްތަކެެއް ޖަހައިގެން ނޫނޭ.! ޓީމު ވަނީ ވޯލްކަޕުންވެސް ކަޓާފަ.! ތިއެވޯރޑް މިފަހަރުވެސް މެސީ އަށް ވަނީ ކަށަވަރު ވެފަ.!!

    7
    4