ބެލްޖިއަމްގެ ކީޕަރު ތިބޯ ކޯޓުއާ ފްރާންސްގެ ޓީމުގެ ކުޅުމަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
އެގޮތުން ރޭ ވޯލްޑްކަޕްގެ ސެމީ ފައިނަލްގައި ފްރާންސް އަތުން 1-0 ގެ ނަތީޖާއަކުން ބެލްޖިއަމް ބަލިވި މެޗަށް ފަހު ކޯޓުއާ ބުނެފައިވަނީ ފްރާންސަކީ "އެންޓި ފުޓްބޯޅަ" ޓީމެއް ކަމަށެވެ.
އަދި އެޓީމުން ރޭގައި ކުޅުނީ ހަޑި ފުޓްބޯޅައެއް ކަމަށާއި އެ ކުލަބުގެ ފޯވާޑުން ވެސް މެޗުގެ ގިނަ ވަގުތުގައި ފެނިގެން ދިޔައީ ފަހަތަށް ކުޅެމުން އައި ތަން ކަމަށްވެސް ކޯޓުއާ ބުންޏެވެ.
އެގޮތުން މެޗުގައި 51 ވަނަ މިނެޓްގައި ފްރާންސްގެ ޑިފެންޑަރ ސެމިއުލް އުމިޓިޓީ ބޮލުން ޖެހި ގޯލު ފިޔަވާ އިތުރު ނުރައްކަލެއް ބެލްޖިއަމްގެ ގޯލަށް ކުރިމަތި ނުވާކަމަށްވެސް އޭނާ ބުންޏެވެ.
" ފްރާންސް އަކީ އެންޓި ފުޓްބޯޅަ ޓީމެއް. އެ ޓީމު ރޭގައި ކުޅުނީ ވަރަށް ހަޑި ކުޅެމެއް. ފްރާންސްގެ ސްޓައިކަރުންވެސް މެޗުގެ ގިނަ ވަގުތުތަކުގައި ފެނިގެން ދިޔައީ ފަހަތަށް ކުޅެމުން އައިތަން " ޗެލްސީއަށް ކުޅެމުން އަންނަ ކޯޓުއާ ބުންޏެވެ.
ފްރާންސްގެ ޓީމަށް ކޯޓުއާ ފާޑުކިޔާފައިވާއިރު އޭނާ ވަނީ ކުއާޓާ ފައިނަލްގައި ބްރެޒިލް ދެއްކި ކުޅުމަށް ތައުރީފްކޮށްފައެވެ. އެގޮތުން ކުއާޓާ ފައިނަލުގައި ބަލިވި ނަމަވެސް ބްރެޒިލް އަކީ ރީތި ފުޓްބޯޅަ އެއް ކުޅެން މަސައްކަތް ކުރާ ޓީމެއްގެ ގޮތުގައި ކޯޓުއާ ވަނީ ސިފަކޮށްފައެވެ.
ކޯޓުއާގެ ފާޑުކިޔުން ފްރާންސް ޓީމަށް އަމާޒުވެފައިވާއިރު ރޭގެ މެޗުގައި ގަނޑި ދުއްވާލުމުގެ އެތަށް އަމަލެއް ފްރާންސްގެ ޓީމުގެ ފަރާތުން ވަނީ ފެނިގެން ގޮސްފައެވެ. ހާއްސަކޮށް ފްރާންސްގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭގެ ފަރާތުން މިފަދަ ކަންކަން ވަނީ ފެނިގެން ގޮސްފައެވެ.
ރޭގެ މޮޅާއި އެކު ފްރާންސް ވޯލްޑްކަޕްގެ ފައިނަލަށް ދަތުރުކޮށްފައިވާއިރު ފައިނަލުގައި ފްރާންސް ބައްދަލުކުރަން ޖެހޭނީ ކްރޮއޭޝިއާ ނުވަތަ އިންގްލޭންޑާއެވެ.
ފުޓުބޯޅަ ދަސްކުރަން ޖެހޭ
މީނާ މީ މިހާރު އަމިއްލައަށް މީހާ ފެނިގެން އުޅޭ މީހެއް. ރީތި ގޮތަކަށް ނިމިގެން ދާނެ
ހަޖަމުވާން ދުވަސް ނަގާނެ ހެހެހެހެހެ
ބަލި ވީމަ ކިޔާނެ ކޮންމެ އެއްޗެއްވެސް
އެބުނީ ހެޔޮކޮށް، ފްރާންސް ހަމަ ނަސީބު ގަދަ އީ، ކުޅެން އިގެނީ ކީއެއް ނޫން
އެހެންވިއްޔާ ނަސީބުގަދައީވިއްޔާ ކުޅޭނެކަމެއްނެތާ؟!
ބުރޯސް ބުނަންވާހަކައެއް. މިފަހަރުގެ ޗެމްޕިއަނަކީ ފުރާންސް. ހަޖަމްކޮށްލާ!