ފީފާއިން ބޭއްވިި "ދަ ބެސްޓް ފުޓްބޯލް އެވޯޑްސް" އެންމެ މޮޅު ކުޅުންތެރިޔާއަށް ދިން ވޯޓުގައި ރާއްޖޭގެ ކޯޗުގެ ހައިސިއްޔަތުން އިޓަލީގެ ފްރެންސެސްކޯ މޮރިއޭރޯ ގެ ވޯޓު ދިނީ ލެވަަންޑޯސްކީއަށް ކަން ހާމަވެއްޖެ އެވެ.

ވޯޓުލުމަށް އެކި އޮޕްޝަންތައް ހުރިއިރު މޮޅު ކުޅުންތެރިޔާގެ އެވޯޑްގައި ލެވަންޑޮސްކީ ހިމެނެނީ ކޯޗުގެ އެއްވަނައިގައެވެ. ދެވަނައަށް ކޯޗު ވޯޓުދިނީ ޑޯޓްމަންޑްގެ އާލިން ބްރައުޓް ހާލަންޑަށް އަށެވެ. އަދި ތިން ވަނަ ވޯޓު ދިނީ ޖޯޖީނިއޯ އަށެވެ.

އެންމެ މޮޅު ކޯޗުގެ އެވޯޑްގައި މޮރިއޭރޯ ވޯޓުދިނީ އިޓަލީގެ ރޮބާޓޯ މަންޗިނީ އަށެވެ. ދެ ވަނަ އަށް ވޯޓު ދިނީ އެންޓޯނިއޯ ކޮންޓޭ އަށެވެ. އަދި ތިން ވަނަ ވޯޓު ދީފައިވަނީ އެތުލެޓިކޯ މެޑްރިޑްގެ ޑިއޭގޯ ސިމިއޯނީ އަށެވެ.

ރާއްޖޭގެ ކެޕްޓަން އަކްރަމް އަބްދުލްޢަނީ އެއްވަނައަށް ވޯޓުދިނީ ލިއޮނަލް މެެސީއަށެވެ. ދެވަނަ ދިނީ ލެވަންޑޯސްކީއަށެވެ

މި ފަހުރުވެރި އެވޯޑު ލެވަންޑޮސްކީ މިފަހަރު ހޯދާފައިވަނީ އެންމެފަހުގެ ބެލޮންޑޯ ހާސިލުކުރި ލިއޮނަލް މެސީއާއި ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ މުހައްމަދު ސަލާހް އާއި ވާދަކޮށްގެންނެވެ.

ލެވަންޑޮސްކީ މި އެވޯޑު އުފުލާލީ ޖުމްލަ 48 ޕޮއިންޓާއެކު އެވެ. ދެވަނަ ހޯދީ މެސީ އެވެ. އެއީ 44 ޕޮއިންޓެވެ. އަދި ތިންވަނަ ސަލާހް ހޯދީ 39 ޕޮއިންޓުންނެވެ.

މިއީ ލެވަންޑޮސްކީ މި އެވޯޑު ޖެހިޖެހިގެން ހޯދި ދެވަނަ ފަހަރެވެ. އެންމެފަހުން މިދިޔަ އަހަރު ބޭއްވި ދަ ބެެސްޓް އެވޯޑުވެސް ހޯދީ އޭނާއެވެ. މިދިިޔަ އަހަރު ލެވަންޑޯސްކީ މި އެވޯޑު ހޯދީ ރޮނާލްޑޯ އާއި މެސީ އާއި ވާދަކޮށްގެންނެވެ.

މިދިޔަ ސީޒަނުގައި ލެވަންޑޮސްކީ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އޭނާ ވަނީ ބަޔާން މިއުނިކް އަަދި ޕޮލޭންޑް ގައުމީ ޓީމަށް ޖުމްލ 45 މިިދިޔަ އަހަރު ކުޅެފައެވެ. އަަދި ޖުމްލަ 51 ލަނޑު ވަނީ އޭނާ މިދިޔަ އަހަރު ޖަހާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަދް

    އަކްރަމް އަކީ ބޮޑު މަންމަނެއް ދޯ

    2
    1
  2. ޚަލީލު

    ލެވަންޑޮސްކީ އަކީ މާމޮޅަށް ކުޅެވޭ މީހެއް ނޫން. އޭނާއަކީ ސެންޓަރ ފޯވަރޑަށް ކުޅޭ މީހަކަށްވާތީ އެހެން މީހުންގެ އެހީއާއެކު ގިނަ ލަނޑު ޖެހެނީ. ގޯލް ކުރިމަތީގައި އަބަދު ހުންނަ މީހަކަށް ގިނަ ލަނޑު ޖެހޭނެ. އޭނާއަށް ހަމައެކަނި މޮޅަށް ކުޅެވެނީ ބަޔާނަށް ކުޅޭއިރު. އެއީ ބަޔާނަކީ ދުނިޔޭގެ ނިސްބަތުން މޮޅު ކުޅުންތެރިން ގިނަ ޓީމަކަށްވާތީ. ގައުމީ ޓީމަށް ކުޅޭއިރު މާބޮޑު ކަމެއް އޭނާއަކަށް ނުކުރެވޭ. މެސީއާއި ޞަލާޙަކީ ދަނޑުގެ އެތަންމިތާނގައި ކުޅޭ 2 މީހުން. އެ 2 މީހުންގެ ފަރާތުން ކުޅޭ ޓީމަށާއި ޓީމުގެ އެހެން ކުޅުންތެރިން ލިބޭ ފައިދާ މާބޮޑު. ޖަހާފައިވާ ލަނޑަށާއި ލަނޑު ޖެހުމަށް އެހެން ކުޅުންތެރިންނަށް ވެދީފައިވާ އެސިސްޓްތަކަށް ބަލާބަލަ. ރާއްޖޭގެ މިހާރުގެ ކޯޗު، ކޯޗުންނަށް ވޯޓް ދިންއިރު ބޮޑަށް އިސްކަން ދީފައިއެވަނީ އޭނާގެ ގައުމުގެ މީހުންނަށް. އެކަމުން އެނގޭ އެއްޗަކީ އޭނާއަކީ އިންސާފަށް ލޯބިކުރާ މީހެއް ނޫންކަން. ަ

    6
    6
    • އެހެންތަ

      މެސީއަކީ ޓީމު ބަލިވާއިރު ފިލާ މީހެއް. ޖެހި ބުދެއްހެން ހުންނަ މީހެއް. ޓީމް މޯޓިވޭޓްކުރުމުގެ އެއްވެސް ރޫހެއް ނެތް މީހެއް އެއީ.

      1
      1