މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބުނު އެއްމާބަނޑު ދެކުދިންގެ ތެރެއިން އެއް ކުއްޖަކު މަރުވެއްޖެއެވެ.

ރޮނާލްޑޯ އަދި އޭނާގެ ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ، އެ ދެމީހުންނަށް ލިބުނު އެއްމާބަނޑު ދެ ކުދިންގެ ތެރެއިން ފިރިހެން ކުއްޖާ ވިހެއުމުގެ ތެރޭގައި މަރުވެފައިވާ ކަމަށާއި، ނަމަވެސް އަންހެން ކުއްޖާ ސަލާމަތްވެފައިވާ ކަމަށެވެ.

މިއާއެކު، އެ ދެމީހުންނަށް ލިބިފައިވާ ފުން ހިތާމައިން އަރައިގަންނަން މި ދަނޑިވަޅުގައި ލިބުނު އެންމެ ބޮޑު ހިތްވަރަކީ ސަލާމަތްވި އަންހެން ކުއްޖާ ކަމަށްވެސް ނޫސް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އަދި މި ދަނޑިވަޅުގައި ދެމީހުންނަށް ވީހާވެސް ބޮޑަށް ޕްރައިވެސީ ދިނުމަށްވެސް ރޮނާލްޑޯ އާއި ޖޯޖީނޯ ވަނީ އެދިފައެވެ.

"އަހަރެމެންގެ ތުއްތު ފިރިހެން ކުއްޖާ. ތީ އަހަރެމެންގެ އޭންޖަލްއެއް. އަހަރެމެން އަބަދުވެސް ލޯބިވާނަން" ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

ރޮނާލްޑޯ އަދި ޖޯޖީނޯއަށް އެއްމާބަނޑު ދެކުދިން ލިބޭކަން އިއުލާންކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. މިއަދު މަރުވި ކުއްޖާ އާއި ސަލާމަތްވި ކުއްޖާގެ އިތުރުން ރޮނާލްޑޯގެ އިތުރު 4 ކުދިން ތިބެއެވެ. އޭގެ ތެރޭގައި 4 އަހަރު ފުރިފައިވާ އެއްމާބަނޑު ދެކުދިންގެ އިތުރުން 3 އަހަރު ފުރިފައިވާ އަންހެން ކުއްޖަކު ހުންނައިރު، 11 އަހަރުގެ ފިރިހެން ކުއްޖަކުވެސް އޭނާގެ ހުރެއެވެ.‎

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނާތަހުޒީބު

    ރޮނާލްޑޯގެ އަތްބަކު ހުރޭތަ؟ އަތްބަކު ނެތިއްޔާ މަންމަ އާއި ބައްޕަގެ އަލަތު ކައިވެނީގައި އަތްތިލަބަޑި ޖަހާނެ ކުދިން ތިބޭނެތާ.

    19
    9
  2. ޕޮގުބާ

    އަބިން ގެންގުޅެނީ ދިވެހިން ރޮނާލްޑޯ އެއީ ޕޯޗްގަލް މީހެއް

  3. ........

    ހަމަ ތެދެއް؟.....އަޅޭ....إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ.....ކުއްޖަކުވާނީ ހަމަ ކުއްޖަކަށް.....އެއީ ރޮނާލްޑޯގެ އަނބި ނުނަކަސް.....