މިހާރު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ، ޕޯޗުގަލްގެ ކިރިސްޓިއާނޯ ރޮނާލްޑޯ އަނެއްކާ ވެސް އާ ރެކޯޑެށް މުގުރާލައިފިއެވެ.

ލިއޮނަލް މެސީ އަތުގައި ކުރިން އޮތް އަހަރަކު އެންމެ ބޮޑު އާމްދަނީއެއް ލިބޭ ކުޅުންތެރިޔާގެ ރެކޯޑު ރޮނާލްޑޯ މުގުރާލާފައި ވަނީ އަހަރަކު 136 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިގެންނެވެ.

މި އަހަރުގެ ޖެނުއަރީގައި ސައުދީގެ އަލް ނަސްރަށް ބަދަލު ވުމާއި އެކު ރޮނާލްޑޯއަށް މި ރެކޯޑު މުގުރާލެވުނު އިރު، 2017 ވަނަ އަހަރު ރޮނާލްޑޯ ވަނީ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ރެކޯޑު ވެސް ހަދާފައެވެ. އަހަރަކު އެންމެ ބޮޑު އާމްދަނީއެއް ލިބޭ ކުޅުންތެރިޔާގެ ގޮތުގައި 2022 ވަނަ އަހަރު މެސީ ރެކޯޑު ހެދީ ފުރާންސްގެ ޕީއެސްޖީއަށް 130 މިލިއަން ޑޮލަރަށް ބަދަލުވެގެންނެވެ.

އަލް ނަސްރަށް ރެކޯޑު އަގެށް ކަމުގައިވާ 213 މިލިއަން ޑޮލަރަށް ބަދަލުވި ނަމަވެސް އަހަރަކު އެންމެ ބޮޑު އާމްދަނީއެއް ލިބޭ ކުޅުންތެރިޔާގެ ރެކޯޑު މުގުރާލުމުގައި ނައިކް އާއި ރޮނާލްޑޯގެ އަމިއްލަ ބްރޭންޑް ކަމުގައިވާ "ސީއާރް7" ގެ ސްޕޮންސަރ ޑީލު ތަކުން ލިބޭ އާމްދަނީ ވެސް ހިމައިގެންނެވެ.

މީގެ އިތުރުންވެސް 38 އަހަރުގެ ރޮނާލްޑޯ ވަނީ ގިނަ ރެކޯޑުތަކެށް މުގުރާލާފައެވެ. ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާގެ ރެކޯޑުވެސް ރޮނާލްޑޯ ވަނީ ހަދާފައެވެ. މީގެ އިތުރުން ގައުމީ ޓީމަށްް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑު ވެސް އޮތީ ރޮނާލްޑޯ އަތުގައެވެ. އެއީ ޕޯޗުގަލްގެ ގައުމީ ޓީމަށްް 123 ގޯލު ކާމިޔާބުކޮށްދީގެންނެވެ. މީގެ އިތުރުން ބެލެންޑޯ އެވޯޑުވެސް ވަނީ ފަސް ފަހަރު ހޯދާފައެވެ. އަދި ޔުއެފްއާ އިން ހޮފާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހަތަރު ފަހަރު ވަނީ ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަލާ

    ދުނިޔަވީ މާތްﷲ ދެއްވި ނިޢުމަތްތަކެއް ދެއްވައިފި. ނަމަވެސް އެންމެ ބޮޑު ނިޢުމަތް ކަމަށް ވާ އިސްލާމްކަމުގެ ނިޢުމަތެއް އަދިވެސް ނުލިބޭ. އާޚިރަތް ކާމިޔާބުވާން އޮތީ އެ ނިޢުމަތް ލިބި އެ ނިޢުމަތާ އެއްގޮތަށް ޢަމަލުކޮއްގެން. ކަލާ މިހާރު ތިޔަހަރީ އެ ނިޢުމަތް ހޯދާ ލިބިގަންނަން އެންމެ ފަސޭހަ ބިމުގައި. މާތް ﷲ ކަލާއަށް އިސްލާމްކަމުގެ ހިދާޔަތު މިންވަރުކޮށްދެއްވާށި. އާމީން.

    35
    1
  2. މީރާ

    ރޮނާލްޑޮ މީހުން ގެ މޫނަކަން ކަދުރާއަކަށް ނުބަލާ ސަިއުދީ އަށް ދިއުން އެއީ އާދައުގެ ކަމެއް ނުން.އޭނަގެ ސަބަބުން އެބިމުގެ މައުލުމާތު ކުރިން ނޭގެ އެތަށް ބަޔަކު ދަސްކޮށްފި.ރޮނާލްޑޯ ގެ މިނިންމުމަކީ އޭނަގެ އަނެއް ދުނިޔޭގެ ނަސީބުކަމަށް ވެދާނެ.