ކޮމަންވެލްތު ގޭމްސްގައި އެންމެ ފަހުގެ ޗެމްޕިއަން އޮސްޓްރޭލިއާ އަތުން ގައުމީ ބީޗް ވޮލީ ޓީމު ވާދަވެރި ކުޅުމަކަށް ފަހު ބަލިވެއްޖެއެވެ.

އިނގިރޭސި ވިލާތުގެ ބާމިންގްހަމްގައި މިހާރު ކުރިޔަށްދާ މި ގޭމްސްގައި އޮސްޓްރޭލިއާގެ ކްރިސް އަދި ޕައުލްގެ ޕެއާ އަތުން ރާއްޖޭގެ އިސްމާއިލް ސާޖިދު އަދި ނަސީމް އާދަމްގެ ޕެއާ ބަލިވެފައި ވަނީ ސީދާ ދެ ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓް އޮސްޓްރޭލިއާ އިން 13-21 އިން ގެންގޮސްފައިވާއިރު، ދެވަނަ ސެޓް އޮސްޓްރޭލިއާ އިން ގެންދިޔައީ 17-21 އިންނެވެ.

ރާއްޖެ އަދި އޮސްޓްރޭލިއާ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ: އެމްއޯސީ

މި މެޗުން ރާއްޖެ ބަލިވި ނަމަވެސް ރާއްޖޭގެ ޓީމުގެ ފަރާތުން ވާދަވެރި އަދި މޮޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. ރާއްޖެއިން ވަނީ މި ގޭމްސްއަށް ބްރެޒިލްގެ ކޯޗަކާއެކު ދުރާލާ ތައްޔާރުވެފައެވެ.

ގޭމްސްގައި ރާއްޖެ ހިމެނެނީ އޮސްޓްރޭލިއާގެ އިތުރުން ރުވާންޑާ އަދި ސައުތު އެފްރިކާއާއެކު ޕްރިލިމިނަރީ ބުރުގެ ޕޫލް "ބީ" ގައެވެ.

ގޭމްސްގައި މާދަމާ ރާއްޖެއިން ނިކުންނާނީ ރުވާންޑާއާ ދެކޮޅަށެވެ. އަދި ގްރޫޕްގެ ފަހު މެޗުގައި އަންނަ އޯގަސްޓް މަހުގެ ތިން ވަނަ ދުވަހު ރާއްޖެއިން ނިކުންނާނީ ސައުތު އެފްރިކާއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީ

    ބަލަ މިއުޅޭ މޮޅު ބެޑްމިންޓަން ކުޅުންތެރި ހަދާ އެއްޗެއްވެސް ލިޔެލަބަ.

  2. ކޮރަލް

    ސުރުހީގަ ވާދަވެރި ކުޅުމަކަށް ފަހު ބަލިވި ވާހަކަ ލިޔެލިނަމަ ކުޅުންތެރިންނަށާ ސަޕޯޓަރުންނަށް ހިއްވަރެއް ލިބޭނެ އެވެ.