20 އަހަރުން ދަށުގެ ފިރިހެން ގައުމީ ފުޓުބޯޅަ ޓީމު ސައުދީ އަރަބިޔާއަށް މިހާރު ކުރަމުންދާ ދަތުރުގައި އުމުރާއެއް ކޮށްފިއެވެ.

އުޒްބެކިސްތާނުގައި އަންނަ އަހަރު އޮންނަ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންއަށް ސައުދީއަށް ދިޔަ 20 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމު އުމުރާ ފުރިހަމަ ކޮށްފައި ވަނީ މިއަދުއެވެ.

މި މަހުގެ 10 އިން 18 ގެ ނިޔަލަށް ސައުދީގައި އޮންނަ ކޮލިފައިން ބުރުގެ ކުރިން ސައުދީގައި ޒުވާން ޓީމު ކޭމްޕް ކޮށްފައިވާއިރު، އުމްރާ ފުރިހަމަ ކޮށްފައި ވަނީ ސައުދި އަރަބިޔާ ފުޓްބޯލް ފެޑެރޭޝަން އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މަސައްކަތުންނެވެ.

ގައުމީ ޒުވާން ޓީމުގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓޭ) ވަނީ އުމުރާއެއް އަދާކުރުމުގެ ފުރުސަތު ޓީމަށް ދިން ކަމަށްޓަކައި، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު އަދި އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް (ޖަވާ) އަށް ޝުކުރު އަދާ ކޮށްފައެވެ.

އޭޝިއަން ކަޕް ކޮލިފައިންއަށް ޒުވާން ޓީމު ސައުދީއަށް ފުރައިފި

ކޮލިފައިން ބުރުގައި ރާއްޖެ ހިމެނެނީ ގްރޫޕް ހޮސްޓްކުރާ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ސައުދީގެ އިތުރުން ޗައިނާ، އުޒްބެކިސްތާން އަދި މިޔަންމާއާއެކު ގްރޫޕް "އޭ" ގައެވެ.

ކޮލިފައިންގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހުގެ 10 ވަނަ ދުވަހު އުޒްބެކިސްތާނާ ދެކޮޅަށް ނިކުންނައިރު، ދެވަނަ މެޗުގައި 12 ވަނަ ދުވަހު ނިކުންނާނީ ސައުދީއާ ދެކޮޅަށެވެ. އަދި ތިންވަނަ މެޗުގައި 14 ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ނިކުންނައިރު، ފަހު މެޗުގައި މިޔަންމާއާ ދެކޮޅަށް ރާއްޖެ ނިކުންނާނީ 18 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙހޖ

    ❤❤❤

    15
  2. Anonymous

    އަނެއްކާ ތިތާ ފުޓްބޯޅަ ނުކުޅެ ޔޯގާ ޖައްސާފައި އަޔަސް އޯކޭއެއްނު
    އެއީ އެކަކު ބުނެފި ފުޓްބޯޅަ އާއި ޔޯގާ އާއި އެއްވަރޭ. މިހާރު ދެން ރާއްޖޭގައި ކުރިއަރުވާނެ ކުޅިވަރު މިއޮތީ އެނގިފައި

    12
  3. Anonymous

    ކުޅުމަކީ އަޅުކަންތަކަށް ހުރަސް އެޅޭކަމެއްނޫން، ޒުވާނުން ކުޅުމާއި އެކު އަޅުކަމަށްވެސް ޝައުޤުވެރި ވާންވާނެ ކުޅެ ކަސްރަތުކޮށް ރަގަޅު ސިއްހަތުގައި ހުރެގެން ރަގަޅަށް ބަދަނީ އަޅުކަން ކުރެވޭނީވެސް !