ޙައްޖު އަދި ޢުމްރާ ޖަމާއަތަކަށް ދިމާވާ މައްސަލައެއް ނުވަތަ އެ ޖަމާއަތަކުން ކުރާކަމަކުން އެއްވެސް ދިވެހި ރައްޔިތަކު ރާއްޖެ ނާދެވި، ހާލުގައި ޖެހޭނެފަދަ ހާލަތަކަށް ނުދާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަހްމަދު ޒާހިރު މިހެން ވިދާޅުވީ އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގުރޫޕްގެ ހަވާލުގައި ރާއްޖެއިން އުމްރާގެ އަޅުކަން އަދާކުރުމަށް މިހާރު ސައުދީ އަރަބިއްޔާގައި ތިބި ދިވެހިންނަށް ރާއްޖެ އައުމަށް ދަތިތަކެއް ކުރިމަތިވެދާނެކަމުގެ ބިރު ހީވެފައިވަނިކޮށެވެ. އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގުރޫޕްގެ ހަވާލުގައި މިއަހަރުގެ ރަމަޟާންމަހު 138 މީހަކު އުމްރާއަށް ގޮސްފައިވެއެެވެ. އެމީހުން އުމްރާއަށް ގެންދަން ފްލައިޓް ޗާޓަރު ކުރި ދިވެހި ކުންފުންޏަށް އެއްލައްކަ ސާޅީސް ހާހަށްވުރެ ގިނަ ޑޮލަރު ނުދައްކައި އެބައޮތެވެ.

ޓިކެޓަށް ފައިސާ ނުދައްކާތީ އެ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދިޔަ 138 މީހުން އަނބުރާ ރާއްޖެ އައުމަށް ދަތިތަކެއް ކުރިމަތިވާނެކަމަށް މިހާރު ވަނީ ބެލެވެން ފަށާފަައެވެ.

ނަމަވެސް ދައުލަތުގެ މީޑިއާ ޕީއެސްއެމް އަށް ދެއްވި އިންޓަރވިއުއެއްގައި މިނިސްޓަރ އަޙްމަދު ޒާހިރު ވިދާޅުވީ އަލް މަޝްއަރު އުމްރާ ގުރޫޕުން "ޓްރެވެލް 2 މޯލްޑިވްސް"އަށް ދޫކުރި ދެ ޗެކް ބައުންސްވި މައްސަލަ މިނިސްޓްރީން ބަލަމުން އަންނަކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިވަގުތު އެ ޤުރޫޕްގެ ހުރިހާ އިސްވެރިން މައްކާގައި ތިބުމުގެ ސަބަބުން ސަޢުދީގައި ތިބި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުން މެދުވެރިކޮށް އެ ޖަމަޢާތުގެ އިސްވެރިންނާއި ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އަދި އެއަރލައިނަށް ދަންކަންޖެހޭ ފައިސާ ދައްކާ ޚަލާސްކޮށް، އުމްރާއަށް ގޮސް ތިބި ދިވެހިން ގެނެވޭނެ އިންތިޒާމް ހަމަޖައްސެމަށް އެ ގްރޫޕަށް އަންގާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އަލް މަޝްއަރު ގްރޫޕަށް އުމްރާވެރިން ރާއްޖެ ނުގެނެވޭނެ ހާލަތެއްް މެދުވެރިވި ނަމަވެސް އުމްރާވެރިން ހާލުގައި ޖެހުނަ ނުދޭނެކަމުގެ ޔަގީންކަން ސަރުކާރުން ދެއްވާކަމަށެެވެ.

ސައޫދީ އެއާލައިންސްގެ ފްލައިޓެއްގައި އަލް މަޝްއަރު ގުރޫޕުން ގެންދިޔަ 70 ވަރަކަށް މީހުންގެ ރިޓާން ޓިކެޓްގެ ފައިސާ ނުދައްކާ މައްސަލަވެސް އުޅޭކަމުގެ މައުލޫމާތު ލިބިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސައޫދީ އެއާލައިންސަށްވެސް މަޝްއަރު އުމްރާ ގުރޫޕުން 90 ހާސް ޑޮލަރު ދައްކަން ޖެހެއެވެ.

އުމްރާ އާއި ހައްޖަށް މީހުން ގެންދަން ފައިސާ ނެގުމަށްފަހު އެފައިސާ އަށް ހިޔާނާތްތެރި ވުމަކީ ރާއްޖޭގައި ވަރަށް އާއްމު ކަމެކެވެ. އެފަދަ ކަންތައް ކުރާ މީހުންނަށް ގިނަ ފަހަރު ފިޔަވަޅެއް ވެސް ނޭޅެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ަސދަސދ

    އެހެން ކުންފުނިތައް ތިހިންގަނީ ސަރުކާރުގެ ޚަރދުގައި ؟
    ކޮންބަޔަކަށް ބައި އަޅާ ގްރޫޕްތަކެއްބާ ؟
    ތިފަދަ ކަމަކަށް ފުރުމުގެ ކުރިން ހުރިހާކަމެއް މިނިސްޓްރީން ނުބަލަނީ ކީޢްވެ. އިމިގްރޭޝަނުން ދެކޮޅު ތިކެޓް ނެތިއްޔާ ފުރުވައިގެންވެސް ނުވާނެ

    14
  2. ލަކީ

    ހެހެހެ އެހެން ވީ މަ އޯކޭ ނުން ކުން ފުނިތަކުގެ ވެރިން ދިން ޗެކް ބައުންސް ވީމަ ސަރުކާރުން ޓިކެޓް ހަމަޖެއް ސީމަ އެނިމުނީ ކުން ފުނިތަކުުުުުުގެ ވެރިން ހަމަޖެހިލައިގެން ތިބީ މަ ނިމުނީ މީމިވާވަރު ހެހެހެ

  3. މަޒް

    މިނިސްޓްރީން ވީ ތިކަން ކުރެވޭ ވަރުގެ ގާބިލް ބަޔަކަށް ތިކަން ކުރަން ހަވާލު ކުރަން.. ބޮޑު ޑިޕޮސިޓެއް މިނިސްޓްރީގައި ބަހައްޓަންވީ.. އަދި އެ ޑިޕޮސިޓަކީ އަޅުކަން އަދާ ކުރަން ދާ މީހާ އަތުން ނުނެގޭނެ އެއްތަކަށް ހަދާ ސީދާ ކުންފުނިން ބަހައްޓަން ޖެހޭ އެއްޗަކަށް ހަދަންވީ.. އަދި ކޮންމެ އަހަރަކުވެސް މީހުން އަތުން ނެގޭނެ އެންމެ ބޮޑު އަދަދެއް ކަނޑަ އަޅަންވީ.. މިހާރަށް ވުރެން ބޮޑަށް ތިޔަކަން ބަލަންވީ

  4. ރަބަރޭ

    ތީދެއް މާމޮޅުގޮތެއް ހުރިހާކަމެއް ކުރަންވީ ސަރުކާރުން އަމިއްލަ މީހާގެ ފިހާރަފަތިވެސް ހިންގަވީ ސަރުކާރުން

    4
    1
  5. ސިމް

    ތިއީ ގަބޫލު ލުރަން ދަތި ވާހަކަތަކެއް. ރިޓާން ޓިކެޓު ނެތި ސައުދީއިން ފުރަތަމަ ވިސާދޫކުރޭތަ.؟

  6. ދެބޯގެރި

    ސަރުކާރުގެ ބޮޑުން ނުވަތަ ޕާޓީގެ އިސްމީހުން ހިއްސާވާ ގުރޫޕްތައްވީމާ ސަރުކާރުން ޚަރަދުކޮށްގެންވެސް ހަމަޖައްސާލާނެ ގުރޫޕްތަކުގެ ބޮޑުން ސިއްރުކޮށްގެން އުޅޭނީ

    6
    1
  7. ×ދެއދ ެ

    ސަރުކާރަށް ބަލަދު އެރީދޯ؟ ސަރުކާރާ ގުޅުން ބޮޑު ބަޔަކީބާ؟؟؟

  8. ޗދސެ

    އުމްރާ އާއި ހައްޖަށް މީހުން ގެންދަން ފައިސާ ނެގުމަށްފަހު އެފައިސާ އަށް ހިޔާނާތްތެރި ވުމަކީ ރާއްޖޭގައި ވަރަށް އާއްމު ކަމެކެވެ. އެފަދަ ކަންތައް ކުރާ މީހުންނަށް ގިނަ ފަހަރު ފިޔަވަޅެއް ވެސް ނޭޅެއެވެ/// މީ މިހާރު ޓްރެންޑެކޭ

  9. ޖެރާޑް

    ތިއީ ގުޅިގެން ހިންގާ ޖަރީމާއެއް.. ދައުލަތުގެ ފައިސާ ދޮންނަނީ..

  10. ާަމަރީ

    ތީ އަލިޕީ އާއި މިނިސްޓަރު ރާވާގެން އަދާލަތު ޕާޓީއަށްދޭ ފައިސާގެ އިނާޔަތެއް..

  11. އަވަށުމީހުން

    އަވަހަށް ހައްޖު އުމްރާ ގުރޫޕެއް ހަދަންވީ.. މީހުންގެ އަތުން ފައިސާނަގާފައި ކާލާނީ.. ދައުލަތުން ޒިންމާނަގާނެ..