މިދިޔަ އަހަރުގެ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި މެންޗެސްޓާ ސިޓީ ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފިއެވެ.

ބޭރުގެ އިތުބާރު ހިފޭ ރިޕޯޓްތައް ބުނާ ގޮތުން ސިޓީ ޖޫރިމަނާ ކޮށްފައިވަނީ ސިޓީ 260،000 (ދެ ލައްކަ ފަސްދޮޅަށް ހާސް) ޕައުންޑަށެވެ. ފުޓުބޯޅަ އެސޯސިއޭޝަނުން މި ގޮތަށް ނިންމީ މިދިޔަ ސީޒަނުގައި ސިޓީގެ ކާމިޔާބާ ގުޅިގެން ޓީމުގެ ސަޕޯޓަރުންތަކެއއް ދަނޑަށް އަރައިގަނެ، ދަނޑުގެ ބައެއް ތަކެއްޗަށް ގެއްލުން ދީފައިވާތީއެވެ.

ސިޓީގެ ސަޕޯޓަރުން ދަނޑަށް އެރީ އެސްޓަން ވިލާއާ ދެކޮޅަށް ސިޓީ އިން ކުޅުނު މެޗުގައި އެޓީމަށް ތަށި ކާމިޔާބު ކުރެވުނުކަން ޔަގީންވުމާއެކު އުފާ ފާޅުކުރާށެވެ. އެފްއޭގެ ގަވާއިދުގެ އީ 20 ވަނަ ރޫލާ ސިޓީން ޚިލާފުވެ އެޓީމު ޖޫރިމަނާ ކުރީ އެފްއޭ އިން ހުކުރު ދުވަހު އާންމު ކުރި ސްޓޭޓްމަންޓެއްގައެވެ. އަދި ސިޓީއަށް ވަނީ ޖޫރިމަނާކޮށް ދެވަނަ ފަހަރަށް އެކަހަލަ ކަމެއް ތަކުރާރު ނުކުރުމަށް އިންޒާރު ވެސް ދީފައެވެ.

އޭގެ އިތުރުން އެ ސްޓޭޓުމަންޓުގައި ބުނީ އެ މައްސަލަ ބަލާފައިވަނީ މިނިވަން ކޮމެޓީއަކުން ކަމަށެވެ. އަދި މެޗުގެ ފަހު ކަށިގަނޑަށް ފަހު ހިނގައިދިޔަ ކަމަކީ ޤަވާއިދާއި ޚިލާފު ކަމަކަށްވާތީ، އެ ޓީމު ޖޫރިމަނާ ކުރަން ނިންމީ ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ ކުލަބު ތެރޭގައި ހިމެނޭ ސިޓީ އިން ލީގުގެ ތަށި އުފުލާލީ ލީގުގެ ފަހު މެޗުގައި އެސްޓަން ވިލާ 3-2 ގެ ނަތީޖާ އަކުން ބަލިކޮށްގެންނެވެ. ސިޓީ އެ މެޗުން ބަލިވިނަމަ ތަށި ލިބޭނީ ވާދަވެރި ލިވަޕޫލަށެވެ.

ޕްރިމިއާ ލީގުގައި މިރޭ ސިޓީން ނިކުންނާނީ ސައުތެމްޓަންއާ ދެކޮޅަށެވެ. މި ލީގުގެ ތާވަލުގެ އެއްވަނައިގައި 21 ޕޮއިންޓާއެކު އާސެނަލް އޮތް އިރު މިރޭގެ މެޗުން ސިޓީ މޮޅުވެއްޖެ ނަމަ ތާވަލުގެ އެއްވަނައަށް ސިޓީން ޖެހިލާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަޒްބާތު

    އެވަރުގެ ކަމެއް ހިގާފާނެ.. މިޤައުމުގައި ފުލުހުންތަކެއް ޖަޒްބާތުގައި ޖެހިގެންް ބަޢާވާތެއް ވެސް ކުރި..

    2
    2