ރޭގަ އެތިހާޑް ސްޓޭޑިއަމްގައި ކުޅެވުނު ޕްރެމިއާ ލީގްގެ ދެވަނަ މެޗް މެންޗެސްޓާ ސިޓީ ވަނީ ކާމިޔާބުކޮށްފައެވެ.

މިދިޔަ ހަފްތާގައި ސިޓީއިން މި ސީޒަން ފުރަތަމަ މެޗް ވަނީ ބާންލީއާއި ދެކޮޅައް ފަސޭހަ މޮޅަކުން، 3-0 ގެ ނަތީޖާއިން މެޗް ކާމިޔާބު ކޮށްފައެވެ. މިދިޔަ ސީޒަން ސިޓީ ކާމިޔާބު ކޮށްފައިވާއިރު، ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބޭނުން ވަނީ މިދިޔަ ސީޒަނެކޭ އެއްފަދައިން މި ސީޒަނުން ވެސް ރަނގަޅު ކުޅުމެއް ދައްކައި ސީޒަންގެ ތަށި އުފުލާލުމަށެވެ.

ސީޒަންގެ ދެވަނަ މެޗް ކުޅެފައިވަނީ ނިއު ކާސަލާ ދެކޮޅަށެވެ، މި މެޗަށް ސިޓީއިން ނިކުމެފައިވާއިރު ސިޓީގެ ބައެއް މުހިންމު ކުޅުންތެރިން އަނިޔާތަކާ ގުޅިގެން މެޗްގައި ބައިވެރި ނުވެވުނެވެ. މީގެ ތެރެއިން ޕޯޗުގަލްގެ ބެނާޑޯ ސިލްވާ، ބެލްޖިއަމްގެ ތަރި ކެވިން ޑި ބްރުއިނޭ އަދި އިނގިރޭސި ވިލާތުގެ ޖޯން ސްޓޯންސްއެވެ. ނިއު ކާސަލާއި ދެކޮޅަށް ކުޅެވުނު 27 މެޗުން ސިޓީވަނީ 22 މެޗް ކާމިޔާބު ކޮށްފައެވެ. އަދި ނިއު ކާސަލްވަނީ ސިޓީއާ ދެކޮޅައް ކުޅެވުނު ދެ މެޗު ކާމިޔާބު ކޮށްފައެވެ.

މެޗްގެ ފުރަތަމަ ހާފްގެ ކުޅުން ފެށި ދެ ޓީމުންވެސް ދައްކަމުން ދިޔައީ ވަރަށް ރަނގަޅު ކުޅުމެކެވެ. ސިޓީއިން ރަނގަޅު ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރިނަމަވެސް ނިއު ކާސަލުން ވަނީ ފަހަތުގައި ރާވާލައިގެން ހަމަލާތައް ދިފާއު ކުރަމުންނެވެ. މެޗްގެ 31 ވަނަ މިނެޓުގައި ފިލް ފޮޑެން ދިން ޕާހަކުން އާޖެންޓީނާއަށް އުފަން އުމުރުން 23 އަހަރުގެ ޖޫލިއަން އަލްވަރޭޒް ރީތި ލަނޑެއް ކާމިޔާބުކޮއްފައިވެއެވެ. ދެވަނަ ހާފްގައި ސިޓީގެ ތަރި ނޯވޭއަށް އުފަން އުމުރުން 23 އަހަރުގެ އޭލިންގ ހާލެންޑް ވަނީ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލައިފައެވެ. މިދިޔަ ސީޒަނުގައި 55 މެޗުން 54 ލަނޑު ކާމިޔަބު ކޮއްފައިވާއިރު މިއަދުގެ މެޗުން ހާލެންޑަށް ލަނޑެއް ކާމިޔާބު ކުރެވިފައެއްނުވެއެވެ.

ސިޓީ މި މޮޅާއެކު އޮތީ ޕްރެމިއާ ލީގުގެ ތާވަލުގައި ބްރައިޓަންގެ ފުލުން ލީގުގެ ދެ ވަނައިގައެވެ.