ފީފާ ވޯލްޑް ކަޕްގެ ގުރޫޕް ބީގައި މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު ބައްދަލުކުރާނީ އެމެރިކާ އާއި އިރާންއެވެ. މިއީ ފުޓުބޯޅައިގެ އިތުރުން ދުނިޔޭގެ ސިޔާސީ މަޝްރަހުގައި ވާދަވެރި ދެ ގައުމެވެ. އެހެންކަމުން މި މެޗުގެ ފޯރި އިތުރަށް ގަދަ ވާނެ ކަމަށް ބެލެވެއެވެ.

މި ގުރޫޕްގެ އެއްވަނައިގައި މިހާރު އޮތީ ހަތަރު ޕޮއިންޓާއެކު އިންގްލެންޑްއެވެ. ދެ ވަނައިގައި އިރާން އޮތްއިރު ތިން ވަނައިގައި އެމެރިކާ އޮތީ ދެ ޕޮއިންޓާއެކުއެވެ. އިރާން އަތުން 0-2 ގެ ނަތީޖާއިން ބަލިވެ ވޭލްސް އޮތީ މި ގުރޫޕްގެ ފުލުގައެވެ. އެހެންކަމުން ދެ ވަނަ ބުރަށް ދިއުމަށް މި ދެ ޓީމަށް މެޗު ކާމިޔާބު ކުރުން ވަރަށް މުހިއްމު ވާނެއެވެ. މި މެޗުން ބަލިވާ ޓީމެއް މުބާރާތުގެ ދެވަނަ ބުރުން ޖާގަ ނުލިބި ކަޓާނެއެވެ.

އިރާން އިން އެންމެ ފުރަތަމަ މެޗުގައި އިންގްލެންޑް އަތުން 2-6 ގެ ނަތީޖާ އިން ބަލިވި ނަމަވެސް ދެވަނަ މެޗުގައި އެ ޓީމު ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ވޭލްސްއާ ދެކޮޅަށް ކުޅުނު މި މެޗުގައި އިރާނުން ދެ ލަނޑު ޖެހީ މެޗުގެ އެންމެ ފަހު ވަގުތުކޮޅެވެ. ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެފައި އިރާނަށް ފުރަތަމަ ލަނޑު ޖަހައި ދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރުޒްބާ ޗެސްމީއެވެ. އަދި އިރާނަށް ލީޑް ފުޅާކޮށް ދިނީ ރަމިން ރާޒިއަން ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ޖެހި ރީތި ހިތްގައިމު ގޯލުންނެވެ.

އޭޝިއާގެ ގަދަބާރުތަކުގެ ތެރެއިން ކޮންމެ ބޮޑު މުބާރާތަކަށް ނިކުންނައިރު އެންމެ ގިނަ ބައެއްގެ އުއްމީދުތައް ގުޅިފައިވާ އެއް ޓީމަކީ އީރާންއެވެ. އެ ޓީމުން މިހާތަނަށް ޖުމްލަ ހަ ފަހަރު ވޯލްޑް ކަޕުގައި ކުޅެފައިވާއިރު، މިއީ ޖެހިޖެހިގެން ވޯލްޑް ކަޕްގައި އެ ޓީމު ވާދަކުރާ ތިންވަނަ ފަހަރެވެ.

އީރާނަކީ އޭޝިއާގެ ފުޓްބޯޅައިގައި ވަރުގަދަ ބާރެކެވެ. އެ ޓީމުން ވަނީ އޭޝިއަން ކަޕް ތިން ފަހަރު އުފުލާލައިފަ އެވެ. އެއީ 1968، 1972 އަދި 1976 އެވެ.

އީރާން، ވޯލްޑް ކަޕަށް ކޮލިފައިވީ ދެވަނަ ބުރާއި ތިންވަނަ ބުރުގައި ވެސް އެއްވަނަ ހޯދައިގެންނެވެ. ދެވަނަ ބުރުގައި ކުޅުނު އަށް މެޗުގެ ތެރެއިން ހަ މެޗުން މޮޅުވި އެވެ. އެއް މެޗު އެއްވަރުވިއިރު އެއް މެޗުން ވަނީ ބަލިވެފަ އެވެ. ތިންވަނަ ބުރުގައި އެޓީމު ކުޅުނު 10 މެޗުގެ ތެރެއިން އަށް މެޗުން މޮޅުވިއެވެ.

އިރާންގެ އެންމެ މުހިއްމު ކުޅުންތެރިޔާ : މަހުދީ ޠާރިމީ

ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އިންގްލެންޑް އަތުން 6-2 އިން ބަލިވި މެޗުގައި އިރާންގެ ދެ ލަނޑު ވެސް ޖަހައި ދީފައި ވަނީ މަހުދީ ޠާރިމީއެވެ. އެހެންވެ، ވޭލްސް އިން އެންމެ ބޮޑަށް ސަމާލުވާން ޖެހޭނެ އެއް ކުޅުންތެރިޔަކަށް އިރާންގެ ފޯވާޑް ވާނެއެވެ.

މަހުދީ ޠާރިމީ ވަނީ މި ސީޒަން ގައި ޕޯޓޯ ކުޅުނު 19 މެޗުގައި 13 ގޯލު ޖަހާދީފައެވެ. އޭގެ ތެރޭން ފަސް ގޯލު ޖަހާފައިވަނީ ޗެމްޕިއަންސް ލީގުގައެވެ. 2019-2020 އަށް ޕޯޗުގަލް ޕްރިމިއަރ ލީގުގައި 109 މެޗުގައި 60 ގޯލު ޠާރިމީ ޖަހާފައިވެއެވެ. އެ މުއްދަތުގައި އެ މުބާރާތުގައި އެންމެ ގިނަ ގޯލު ޖަހާފައިވަނީ ޠާރިމީއެވެ.

އޭޝިއަން ކޮލިފައިންގެ ތިންވަނަ ބުރުގައި އެންމެ ހަ ފަހަރު ކުޅުނު ނަމަވެސް އިރާނަށް އެންމެ ގިނަ ގޯލް ޖަހައިދީފައިވަނީ ޠާރިމީއެވެ. އޭނާ ވަނީ ހަތަރު ގޯލު ޖަހާ ދެ އެސިސްޓް ކޮށްދީފައެވެ.

އިރާންގެ ލަފާ ކުރެވޭ ފުރަތަމަ 11

މަހުދީ ޠާރިމީ، ވަހީދް އަމީރީ، އަހުމަދު ނޫރުއްލާހީ، ސާމާން ގުއްދޫސް، އަލީރިޒާ ޖަހަންބަކްޝް، ސައީދު އިއްޒަތުއްލާހީ، އިހްސާން ހާޖްޞަފީ، މާޖިދު ހުސައިނީ، މުހައްމަދު ހުސައިން ކަންއާނީ، ޞާދިގު މުހައްރަމީ، އަލީރިޒާ ބީރަންވަންދް.

މިފަހަރުގެ ވޯލްޑް ކަޕްގައި އެމެރިކާ ޓީމުން ވަނީ މިހާތަނަށް މޮޅު ޕާސިން ގޭމެއް ކުޅެފައެވެ. އެންމެ ފުރަތަމަ މެޗުގައި އެމެރިކާ އިން ވަނީ މި ގުރޫޕްގެ އެންމެ ވަރުގަދަ ޓީމު ކަމަށްވާ އިންގްލެންޑަށް ލަނޑެއް ޖެހިޔަ ނުދީ ހިފަހައްޓާފައެވެ. ދެ ވަނަ މެޗުގައި ވޭލްސްއާ ކުޅުނު މެޗު 1-1 ގެ ނަތީޖާއިން އެއްވަރުވެގެން އެމެރިކާއަށް ލިބުނީ ޖުމުލަ ދެ ޕޮއިންޓެވެ. މި މެޗުން މޮޅު ވެއްޖެ ނަމަ އެމެރިކާއަށް ދެވަނަ ބުރުގެ ޖާގަ ކަށަވަރު ވާނެއެވެ.

ވޯލްޑް ކަޕްގައި އެމެރިކާގެ އެންމެ ބޮޑު ކާމިޔާބީއަކީ ފުރަތަމަ މުބާރާތުގެ ސެމީ ފައިނަލުގައި ވާދަކުރުމެވެ. އެފަހަރު ސެމީގައި އާޖެންޓީނާ އަތުން 6-1 އިން ބަލިވެ ކެޓީ އެވެ. އޭގެފަހުން ވޯލްޑް ކަޕްގައި އެޓީމަށް މާބޮޑު ކުރިއެރުމެއް ނުހޯދެ އެވެ. ވޯލްޑް ކަޕްގެ ފުރަތަމަ ހަތަރު މުބާރާތުގެ ތެރެއިން ތިން މުބާރާތުގައި އެމެރިކާ ކުޅުނެވެ. އޭގެފަހުން ކުޅުނު ނުވަ މުބާރާތަށް އެޓީމު ކޮލިފައިނުވެ އެވެ. އެމެރިކާ ފުޓްބޯޅަ ވޯލްޑް ކަޕާ ހަމައަށް އަލުން އައީ 1990 ވަނަ އަހަރު އެވެ.

އެމެރިކާގެ އެންމެ ފާހަގަ ކުރެވޭ ކުޅުންތެރިޔާ

ކްރިސްޓިއަން ޕުލިސިޗް

މިއީ 24 އަހަރުގެ ޕުލިސިޗް ކުޅޭ އެންމެ ފުރަތަމަ ވޯލްޑް ކަޕަށް ވާއިރު ޓީމުގައި އޭނާގެ ރެކޯޑް ރަނގަޅެވެ. 2016 ވަނަ އަހަރު އެމެރިކާ ޓީމުން ފުރުސަތު ހޯދައި މިހާތަނަށް ކުޅުނު 52 މެޗުގައި 21 ގޯލު ވަނީ ޖަހައިފަ އެވެ. މިފަހަރުގެ ކޮލިފައިންގައި އެމެރިކާގެ 14 މެޗުގެ ތެރެއިން 10 މެޗުގައި ކުޅެ ޕުލިސިޗް ފަސް ގޯލު ޖެހި އެވެ. ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ކޮލިފައިންގެ ތިން މެޗު ގެއްލުނެވެ. އެމެރިކާ ޓީމާ އެކު ޕުލިސިޗް ވަނީ ކޮޕާ އެމެރިކާ އާއި ކޮންކާކަފް ނޭޝަންސް ލީގުގެ އިތުރުން ގޯލްޑް ކަޕްގައި ކުޅެފަ އެވެ.

ޕުލިސިޗްގެ ކުޅުން ފާހަގަކުރެވުނީ 2016 އިން 2019 އަށް ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅުނުއިރު އެވެ. ޕުލިސިޗް ހޯދުމުގެ ރޭހުގައި 2019 ވަނަ އަހަރު ކުރި ހޯދީ ޗެލްސީ އެވެ. ޗެލްސީއާ އެކު ޕުލިސިޗް ވަނީ ޗެމްޕިއަންސް ލީގާއި ކްލަބް ވޯލްޑް ކަޕްގެ އިތުރުން ޔޫއެފާ ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ.

އެމެރިކާގެ ލަފާކުރެވޭ ފުރަތަމަ 11:

މަޓް ޓާނާ، ސާޖިނޯ ޑެސްޓް، ޒިންމޭމަން، އާރޮން ލޯންގް، ރޮބިންސަން، ބްރެންޑެން އާރޮންސަން، ޓައިލާ އެޑަމްސް، ވެސްޓޮން މެކްކެނީ، ޖިއޯވަނީ ރޭނާ، ޖީސަސް ފެރެއިރާ، ކްރިސްޓަން ޕުލިސިކް

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހިތުގެ ފުންމިނުން

    ޔާ ﷲ އީރާން މޮޅުކޮށްދެއްވައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަހުލުސް ސުންނަތު ވަލްޖަމާއަތުގެ ޙާއިނު އެމަރިކާ ބަލިކޮށްދެއްވާންދޭވެ. 🇮🇷🇮🇷🇮🇷🇮🇷🇮🇷

    4
    1
    • ފަގުޑި

      ކަލޯ ކަލޭ ހަމަ މިހާރު މަހައްދޭޭ ޭ ޭ ޭ ޭ ޭ ޭ ޭ ޭ ޭ ޭޭ ޭ ޭ!!!!! ޝީއީންނައް ތާރީހުގެ އެއްވެސް ހިސާބެއްގަ ނަސޯރާއީން ބަލިކުރެވިފައެއް ނެތް. ކޮންމެސް ވަރަކައް ފޮތްކިޔާ އުޅޭނަމަ ކަލޯ ތިކަހަލަ ހޭނުޖެހޭ ކޮމެންޓެއް ނުކުރާނެ!

  2. ފެންނަގޮތް

    އިރާން ބަލިވީ އެކަމުގެ ހިކުމަތް ދެނެވޮޑިގެންވަނީ މާތްﷲ. އިރާންގައި އިސްލާމީ ސަރުކާރެއް އޮތަސް ތަނުގެ ރައްޔިތުންނާއި ފުޓްބޯޅަ ޓީމުންވެސް ބޭނުންވަނީ މިނިވަންކަމާއި އެކު އުޅެ ބުރުގާތައް އެއްލާލާ އެމެރިކާފަދަ ތަނަކަށް އެގައުމު ހަދަން ދޯ. އެމެރިކާގައި ކާފަރު ސަރުކާރެއް އޮތަސް އެތަނުގެ މުސްލިމް އާބާދީ މާރަގަޅުވެސްވެދާނެ..