އާޖެންޓީނާގެ ކުޅުންތެރިން ތިބީ އަދިވެސް ވަރުބަލި ކަންމަތީގައި ކަމަށް ބުނެ އެ ޓީމުގެ ކޯޗު ލިއޮނަލް ސްކަލޮނީ ހިތްހަމަ ނުޖެހުން ފާޅު ކޮށްފިއެވެ.

ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި އެޓީމު އޮންނަ ގްރޫޕުގެ ފަހު މެޗު އާޖެންޓީނާއިން ކުޅެފައިވަނީ މިމަހުގެ އެއްވަނަ ދުވަހު ރާއްޖެ ގަޑިން ދަންވަރުއެވެ. މިރޭގެ މެޗުގައި އާޖެންޓީނާއާއި ބައްދަލު ކުރާ އޮސްޓްރޭލިއާ އެންމެ ފަހު މެޗު ކުޅެފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.

މިރޭގެ މެޗުގެ ކުރިން ނޫސްވެރިންނާއި ބައްދަލުކޮށް ސަކަލޮނީ ބުނެފައިވަނީ ދެ ޓީމަށް ރެސްޓް ލިބިފައިވަނީ ދެވަރަށް ކަމަށެވެ. އެގޮތުން އޮސްޓްރޭލިއާގެ މެޗު ކުޅެފައިވަނީ ހަވީރު ކަމަށާއި އެމީހުން ކުޅެފައިވަނީ ރޭގަނޑު ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ރޭގަނޑު 10 ގައި މެޗު ކުޅެފައި ކުޅުންތެރިންނަށް ހޮޓަލަށް ދެވުނީ ފަތިހުކަން ވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

އޭނާ ބުނެފައިވަނީ 48 ގަޑިއިރު ތެރޭގައި އިތުރު މެޗަކަށް ނުކުންނައިރު، އެކަމުގެ އަސަރު މުޅި ޓީމަށް ކުރާނެ ކަމަށާއި ނަމަވެސް ގުދާރު ބިންދާލަން ޖެހުނަސް އެޓީމުން މެޗު ކުޅޭނެ ކަމަށެވެ.

""އަހަރެން ދެކޭ ގޮތުގައި ގްރޫޕްގެ އެއްވަނައިގައި އޮތްއިރު ގާތްގަނޑަކަށް ދެ ދުވަހާއި ތަންކޮޅެއް ތެރޭގައި ކުޅުމަކީ ވަރަށް މޮޔަކަމެއް. އަހަރެންނަކަށް ނުވިސްނޭ" އޭނާ ބުންޏެވެ.

އެކަން މިހާރު ދެން އެގޮތަށް އޮތަސް، ހުރިހާ ޓީމަކަށް ވެސް އޮތީ އެ އުސޫލު ކަމަށް ގަބޫލު ކުރާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ވޯލްޑް ކަޕުގެ ގަދަ 16 ގެ މެޗުތައް މިރޭ ފެށޭއިރު، މި ބުރުގައި އާޖެންޓީނާއާއި އޮސްޓްރޭލިއާ ބައްދަލު ކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޗަކޮއި

    މިދެން ހާދަ ހާސަރުބޮޑު ، ޝަކުވާ ބޮޑު ބައެކޭދޯ؟ ކުޅެންބޭނުން ނުވަންޏާ، ނުކުޅެ ރަށަށްދާންވީނުންދޯ؟ ވަރިހަމަ އަދިވެސް ބަޔަކުބޯޅަކުޅެންޏާ މަށަށްވާނެއޭ ކިޔާފަ އަންނާތި.

    1
    2
    • ހޮހޯ.ޗަކޮއެޖޭވީދޯ

      ކަޑަވިޔަސް ލަދުގަތަސް ޗަކޮއި ކަންނޭގެ ރަށަށް ފުރަންޖެހޭނީ؟ އަނެއްކާ އޯލްރެޑީ ރަށަށް ފުރައިގެން ދާ މަގުމަތީގަތަ ތިޔަ ކޮމެންޓް ކޮށްލީ....ކެކެކެ މެސީ އީޒް ދަ ބެސްޓް. އާޖެންޓީނާ މިފަހަރު ތަށި ގެންދާނެ. ދެން ލަލަލާ