ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުން ވެސް އާޖެންޓީނާއަށް ފީފާ އިން އިއުލާން ކުރާ ދުނިޔޭގެ ރޭންކިންގެ އެއްވަނަ ނުލިބި މިފަހަރު ވެސް ރޭންކިންގެ ދެވަނަ އިން ފުއްދާލަން ޖެހިއްޖެއެވެ.

ފީފާ އިން ބުނާ ގޮތުގައި ފުޓްބޯޅައިގެ ރޭންކިން އަށް ބަލާއިރު އަދިވެސް އެއްވަނަ ޓީމަކީ ބްރެޒިލެވެ. މީގެ ކުރިން އާޖެންޓީނާ އޮތީ ރޭންކިންގެ ތިންވަނައިގައެވެ. އެހެންކަމުން ޗެމްޕިއަންކަން ހޯދައިގެން އެޓީމަށް ލިބުނީ ރޭންކިންގެ އެއްދަރައިގެ ކުރިއެރުމެކެވެ.

ފީފާ ރޭންކިންގެ ޚަބަރުތައް މީޑިއާތަކުން މިއަދު ގެނެސްދިން ނަމަވެސް ފީފާ އިން ރަސްމީކޮށް ރޭންކިން އިއުލާން ކުރާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

ރޭންކިންގައި އެއް ދަރަޖައިގެ ކުރިއެރުމަކާއިއެކު ފްރާންސް ވަނީ ތިންވަނަ ކަށަވަރު ކޮށްފައެވެ. ފްރާންސްގެ ފަހަތުން އޮތީ ބެލްޖިއަމްއެވެ. އެއީ ދެރަޖައިގެ ވެއްޓުމަކާއިއެކު އެވެ. ބެލްޖިއަމްގެ ފަހަތުގައި އޮތީ އިންގްލެންޑެވެ. އިންގްލެންޑްގެ ރޭންކިންއަށް ބަދަލެއް އައިސްފައެއް ނުވެއެވެ.

ދެރަޖައިގެ ކުރިއެރުމަކާއިއެކު ހޮލެންޑް ހަވަނައިގައި އޮތްއިރު ފަސް ދަރަޖައިގެ ކުރިއެރުމަކާއިއެކު ހަތް ވަނައިގައި އޮތީ ކްރޮއޭޝިއާއެވެ. އަށް ވަނައިގައި އޮތީ ވޯލްޑްކަޕަށް ކޮލިފައިވެސް ނުވި އިޓަލީވިލާތެވެ. ނުވަ ވަނައިގައި އޮތީ ޕޯޗްގަލްއެވެ. އެއީ އެންމެ ފަހުން ވެސް އެޓީމް އޮތް ރޭންކިން އެވެ. ތިން ދަރަޖައިގެ ވެއްޓުމަކާއިއެކު ދިހަ ވަނައިގައި އޮތީ ސްޕޭނެވެ.

އާޖެންޓީނާއަށް މިފަހަރު ފީފާ ރޭންކިންގެ އެއްވަނަ ނުލިބުނު ނަމަވެސް އެޓީމުން ވަނީ 2007 ވަނަ އަހަރާއި 2016 ވަނަ އަހަރު ފީފާ ރޭންކިންގެ އެއްވަނަ ހޯދާފައެވެ. އަދި 2001 ވަނަ އަހަރާއި 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ރޭންކިންގެ ދެވަނަ ހޯދިއެވެ.

ފީފާ ރޭންކިންގެ އެއްވަނަ ވޯލްޑްކަޕް ކާމިޔާބު ކުރާ ޓީމްތަކަށް ނުލިބޭތީ މީގެ ކުރިން ވެސް ސަޕޯޓަރުން ފީފާއަށް ފާޑުކިޔައެވެ. ފީފާ އިން ޓީމްތައް ރޭންކް ކުރަނީ ސައިންޓިފިކް ފޯމިއުލާއަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އުވާލާ

    ފީފާ އުވާލާ ފީފާ އުވާލާ ފީފާ އުވާލާ ފީފާ އުވާލާ ފީފާ އުވާލާ ފީފާ އުވާލާ ފީފާ އުވާލާ ފީފާ އުވާލާ ފީފާ އުވާލާ ފީފާ އުވާލާ ފީފާ އުވާލާ ފީފާ އުވާލާ ފީފާ އުވާލާ ފީފާ އުވާލާ ފީފާ އުވާލާ ފީފާ އުވާލާ ފީފާ އުވާލާ ފީފާ އުވާލާ ފީފާ އުވާލާ ފީފާ އުވާލާ ފީފާ އުވާލާ ފީފާ އުވާލާ ފީފާ އުވާލާ ފީފާ އުވާލާ ފީފާ އުވާލާ ފީފާ އުވާލާ ފީފާ އުވާލާ ފީފާ އުވާލާ ފީފާ އުވާލާ ފީފާ އުވާލާ ފީފާ އުވާލާ ފީފާ އުވާލާ

    5
    11
  2. ކަނބިލި ކުޑައާދަނު

    ބްރެޒިލް ބާއްވާ. އޮވެދާނެނުން!

    24
    4
  3. އަލިފުތު

    ދެން ގޮޅާ ހެލޮއަ ހެލޮއާ އެބަ ތިބެއު. އެއޯތީ މުޅުވެ ޗެމްޕިއަންކަން ހުއާފޭ! ޕެބުުލްސްއެ މޭޒުމައްތެން ތުނބުތަޅޮއާން ތާށި އޮންނާހީ ނަގާފޭ. އެހެނައެކޭފޭ މެކެރޯނު ކޮން އަނގާށްތަޅަންނަ. ކައްކާލަންނާ މާ ކަންފަލަވޭފަހޭ.

    2
    1
  4. އަލިބެ

    ރޭންކިންގ 1 ވަނަ ގައި އޮތުމުން އޮތީ ކޯއްޗެއް؟ ޓީމު ދިޔައީ އޭސިޔާ ޓީމުތަކާ ކުޅެގެންވެސް ފޭލްވެގެންނު.

    7
    1
  5. ދިބާ

    ޕެލޭ 3ވޯލުޑު ކަޕު ތަށި އުފުލައިލި މެސީ އަދި 1 ތަށި ދޯ ކާކުބާ ގޯޓަކީ

    4
    7
  6. ބިޒް

    ޕެލޭ 3 ވޯލުޑު ކަޕު ތަށި އުފުލާލި އެކަމަކު މެސީ 1 ތަށި ސަޕޯޓަރުން ހީވަނީ މޮޔަވެގެން އުޅޭހެން

    5
    7
  7. އެންޓޯ

    މެސީ ހަމަ މޮޅީ އޭ ދޯ! އާޖެންޓީނާވެސް މޮޅީ، ލޮލް ޖޭ ބޮކި ދިއްލަ ދިއްލާ ބުރެޒިލް ކުދިން ތިބެން ޖެހޭނީ.

    5
    9
  8. ރާކަނި ސައްތާރު

    ފީފާ އާއި ތާންގީ ތައް އުވާލުމުގެ ބަދަލުގައި
    ..ރާއްޖޭ ގެ އެފް އޭ އެމް އުވާލުމަށް އަޑުއުފުލުން މާ ރަގަޅު ވާނެ.