އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަން އަތުން ބަލިވުމުން އެކަމުގެ ކަންބޮޑުވުން އިންތިހާ އަށް އޮތް ކަމަށާއި އާ ފެށުމަކުން ފަށަން ޖެހިއްޖެ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.

ލީގުގައި ބްރައިޓަން އަތުން ލިވަޕޫލް ބަލިވީ 3-0 އިންނެވެ. މެޗަށްފަހު ކްލޮޕް ބުނީ ލިވަޕޫލްގެ ނަތީޖާ އަކީ ވަރަށް ވަރަށް ގޯސް ނަތީޖާއެއް ކަމަށެވެ. އަދި އެމެޗަށްވުރެ ލިވަޕޫލްގެ ކުޅުން ދަށްކޮށް ދިޔަ އެހެން މެޗެއް ހަނދާން ނުހުންނަ ކަމަށެވެ. ކްލޮޕް ބުނީ ފަހަރުގައި މެޗަކީ އުނދަގޫ މެޗަކަށް ނުވެދާނެ ކަމަށެވެ.

ނަމަވެސް ބްރައިޓަން އަކީ މޮޅު ޓީމެއް ކަމަށާއި، މެޗުގައި އެ ޓީމުން ކުޅުނީ ވަރަށް ރަނގަޅަށް ކަމަށް ބުނެފައިވެއެވެ. އެހެންކަމުން ބްރައިޓަން އަށް އެ މެޗުން މޮޅެއް ހައްގު ކަމަށް އޭނާ ދެކެއެވެ.

މީގެ އިތުރުން ކްލޮޕް ބުނީ މެޗުގައި ފެނުނީ ވަރަށް ބޮޑަށް ރޭވުންތެރިކަމާއެކު ކުޅެމުން ދިޔަ ޓީމަކާއި، އެއްވެސް ރޭވުންތެރިކަމެއް ނެތި ކުޅެމުން ދިޔަ ޓީމެއް ކަމަށެވެ. ހަމައެއާއެކު ލިވަޕޫލަށް ބޯޅަ ނުހިފެއްޓޭ ކަމަށާއި، އިދިކޮޅު ޓީމަށް ނުރައްކާ ކުރެވޭ މިންވަރަށް ނުކުޅެވުނު ކަމަށް އޭނާ ބުންޏެވެ.

ކްލޮޕް ބުނީ މެޗުގައި ބްރައިޓަން ކުޅުނީ މާ ބޮޑު އިތުބާރަކާއެކު ކަމަށާއި، ލިވަޕޫލުން ކަންތައް ކުރީ އޭގެ އިދިކޮޅަށް ކަމަށެވެ. އޭނާ ބުނީ މެޗުގައި ދެއްކި ކުޅުމުން ބްރައިޓަންގެ ކުޅުންތެރިން ފެންނަނީ ވަރަށް އުފާވެރިކޮށް ކަމަށާއި، މެޗުގެ ގިނަ ވަގުތުތަކުގައި ލިވަޕޫލަށް މާ ފަސޭހަކޮށްލެވުނު ކަމަށެވެ. އަދި މެޗުގައި ޓީމު ކުޅެމުން ދިޔަ ފޯމޭޝަން ބަދަލުކުރުމަށް ވެސް ވިސްނުން ގެންގުޅުނު ކަމަށާއި، އޭގެން ޓީމަށް ކޮންމެވެސް ވަރެއްގެ ފައިދާއެއް ލިބޭނެ ކަމަށެވެ. އެ ޚިލާޔު ގެންގުޅުނު ނަމަވެސް އެކަން އެންމެ ފުރިހަމަ އަށް މަސައްކަތް ނުކުރިކަން ފާހަގަކޮށް ކްލޮޕް ބުނީ، ލިވަޕޫލަށް އެއަށްވުރެ ރަނގަޅަށް ކުޅެވެން ޖެހޭނެ ކަމަށެވެ.

“މެޗު ފެނުނީ ވަރަށް ރޭވުންތެރި ޓީމަކުން، އެއްވެސް ރޭވުންތެރިކަމެއް ނެތް ޓީމަކާ ދެކޮޅަށް ކުޅެމުން ދިޔަ މަންޒަރު. އަހަރަމެންނަށް ބޯޅައެއް ނުހިފޭއްޓޭ، ހުސް ޖާގަތައް އެހާ ގިނަ އަދި އިދިކޮޅު ޓީމަށް ނުރައްކާކޮށް ހަމަލާއެއް ފޮނުވާނުލެވޭ. އަހަރެންނަށް ގަބޫލް ކުރެވޭ ގޮތުގައި އަނެއްކާވެސް މިޖެހުނީ އާ ފެށުމަކުން ފަށަން، “ ކްލޮޕް ބުންޏެވެ.

ލީގު ތާވަލްގައި ލިވަޕޫލް އޮތީ ނުވަ ވަނަ މަގާމުގައެވެ. އެއީ މިހާތަނަށް ކުޅުނު 18 މެޗުން 28 ޕޮއިންޓާއެކު އެވެ. ލީގުގައި މިހާތަނަށް ލިވަޕޫލް ވަނީ އަށް މެޗުންނެވެ. ހަތަރު މެޗެއް އެއްވަރުވެފައިވާއިރު، ހަ މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާނޭގެ މާމޭގެ އުދާސް

    އަދިވެސް ހަމުންކަޅުވީމާ ސާޑިއޯ މާނޭގެ މުސާރަ ބޮޑުނުކޮށްދީފާ ދޫކޮއްލި ހިތި ނުފެންނަނީތަ? ސަލާހްއަށް ކުޅެވުނީ އޭރުވެސް މާނޭގެ އަމިއްލަ އެދުން ކުޑަވީމާ ގިނަ ޕާސްތަކެއްދިނީމަ.. މިހާރު ކަމެއްވޭތަ؟ ތިގެނަ ނޫނޭޒް އަކީ ވެސް ބޮޑުފްލޮޕަކަށްވާނެ..

  2. ޙަަަހަ

    އަދިވެސް މީހަކު މަސްހޫރުވެލާއިރަށް ، އެހެން ބަޔަކު ގަނެދާނެކަމަށް ގަނެލާ ، ކުޅުންތެރިން ގަނެގެން ވަންޏާވާނެ ،

  3. ޑިފެންސް

    އެސިސްޓެންޓް ކޯޗަކަށް މައުމޫނު ހަމަޖައްސާ ފަލަކީ ހިސާބުން ނަތީޖާ ބުނެދޭނީ