ބާރަ އަހަރަށް ފަހު ލިވަޕޫލްގެ ކެޕްޓަން އަދި އިނގިރޭސި ގައުމީ ޓީމުގައި ވެސް ހިމެނޭ ޖޯޑަން ހެންޑަސަން ސައުދީ ލީގުގެ ކްލަބެއް ކަމަށްވާ އަލް އިއްތިފާގަށް ސޮއިކޮށްފިއެވެ.

އަލް އިއްތިފާގަކީ ލިވަޕޫލް ކުރީގެ ކެޕްޓަން އަދި ލެޖެންޑް ސްޓީވަން ޖެރާޑް ކޯޗްކޮށްދޭ ކުލަބެވެ. ކުލަބު ކެރިއަރުގައި ޖޯޑަން ހެންޑެސަނާއި ސްޓީވަން ޖެރާޑް ވަނީ 2011 އިން ފެށިގެން 2015 އާ ހަމައަށް ކުޅެފައެވެ.

މިއީ ސައުދީ ލީގުގައި ކުޅޭ އަލް އިއްތިފާގު އިތުރަށް ވަރުގަދަ ކުރުމަށްޓައި މުހިންމު ސޮޔަކަށް ވަނީ ވެފައެވެ. ލިވަޕޫލް ދޫކޮށް ހެންޑަސަން ސައުދީގެ އަލް އިއްތިފާގަށް ސޮއިކުރިކަން ދެ ކުލަބުންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. ލިވަޕޫލް ދޫކޮށްލިޔަސް އިނގިރޭސި ޓީމުގައި ޖޯޑަން ހެންޑަސަނަށް ފުރުސަތު އޮންނާނެ ކަން މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި ޓްރާންސްފާގެ ސަބަބުން ލިވަޕޫލަށް 12 މިލިޔަން ޕައުންޑު ލިބޭނެކަން މީޑިއާ ރިޕޯޓްތަށް ބުނެއެވެ. ސަންްޑަލަންޑްގެ އެކަޑަމީން ކެރިއަރު ފެށި ހެންޑަސަން ސަންޑަލެންޑުގެ ސީނިއާ ޓީމަށް 79 މެޗް ކުޅެދީ ފަސް ލަނޑު ވަނީ ކާމިޔާބުކޮށް ދީފައެވެ.

މި މުއްދަތު ތެރޭގައި ކޮވެންޓްރީ ސިޓީއަށް ލޯނު އުސޫލުން ވަނީ ކުޅެފައެވެ. އަދި 2011 ވަނަ އަހަރު ސަންޑަލަންޑް ދޫކޮށް ލިވަޕޫލަށް ސޮއިކުރުމަށްް ފަހު މިވީ 12 އަހަރުގެތެރޭގައި ޙެންޑަސަން ވަނީ ލިވަޕޫލަށް 492 މެޗް ކުޅެދީ 33 ގޯލް ޖަހައިފައެވެ.

ހެންޑަސަން ވަނީ ލިވަޕޫލް އާ އެކުގައި ޕްރިމިއާ ލީގު އެއް ފަހަރު، އެފްއޭ ކަޕް ދެ ފަހަރު، ލީގު ކަޕް އެއް ފަހަރު، ކޮމިއުނިޓީ ޝީލްޑް ޔޫއެފާ ސުޕަ ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. އަދި 2015-2016 ސީޒަންގެ ޔޫއެފާ ޔޫރަޕާ ލީގުގެ ރަނަރަޕްކަން ވެސް އޭނާ ވަނީ ހޯދައިފައެވެ.