އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި ފުލަމް ކުޅުނު މެޗު އެއްވަރުވެއްޖެއެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ. އެގޮތުން، ޗެލްސީގެ ކައި ހަވާޓްސް އަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ވަނީ ނާކާމިޔާބުވެފައެވެ. މި މެޗުގައި އިނގިރޭސި ޕްރިމިއާ ލީގުގައި ރިކޯޑް އަގެއްގައި ޗެލްސީ އަށް ގެންދިޔަ އާޖެންޓީނާގެ މިޑްފީލްޑަރު އެންޒޯ ފެނާންޑޭސް ވެސް ކުޅެފައިވެއެވެ.

މެޗުގައި ފުލަމް އިން ވެސް ވަނީ ޗެލްސީގެ ގޯލަށް ނުރައްކާތެރި ފުރުސަތުތަކެއް ލިބި ނާކާމިޔާބުވެފައެވެ. އެ ހަމަލާތައް ދިފާއު ކުރީ ޗެލްސީގެ ކީޕަރު ކެޕާ އަރިޒަބަލަގައެވެ.

މި މެޗުން ލިބުނު އެއް ޕޮއިންޓާއެކު ޗެލްސީ ކުޅުނު 21 މެޗުން ހޯދި 30 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލްގެ ނުވަ ވަނައިގައެވެ. ފުލްހަމް ކުޅުނު 22 މެޗުން އެ ޓީމަށް ވަނީ 32 ޕޮއިންޓް ލިބިފައެވެ. ފުލަމް މިވަގުތު އޮތީ ތާވަލްގެ ހަ ވަނައިގައެވެ.

ހަސަތޭކަ މިލިއަނަށް ވުރެ ބޮޑު ހަރަދެއް ކުރި ޗެލްސީން އެންމެ ފަހުން މި ސީޒަންގައި ކުޅުނު ހަތް މެޗުގެ ތެރެއިން ކާމިޔާބު ކުރެވުނީ ދެ މެޗެވެ. މި މެޗުތަކުގައި އަނިޔާގެ ސަބަބުން ޗެލްސީގެ މުހިންމު ކުޅުންތެރިންތަކަކަށް ނުކުޅެވެއެވެ.