މި އަހަރު ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތް ކަމުގައިވާ 4 ނޭޝަންސް ކަޕްގެ ރާއްޖޭގެ ޓީމްގެ ޖަރޒީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް ވެދުމަށް އަރުވައިފިއެވެ.

ރައީސް ސޯލިހަށް ޖަރޒީ ވެދުމަށްއަރުވާފައި ވަނީ މިދިޔަ ޙަފްތާގައި ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުމެއްގައެވެ.

4 ނޭޝަންސް ކަޕަކީ ސިންގަޕޫރާއި، މެލޭޝިޔާއާއި، އަފްޢާނިސްތާނާއި ރާއްޖޭގެ ޤައުމީ ވޮލީ ޓީމްތަކުގެ މެދުގައި ބާއްވާ ވޮލީ މުބާރާތެކެވެ.

މިގޮތުން މި މުބާރާތުގެ ފިރިހެން ބައިގައި ވާދަކުރާނީ ސިންގަޕޫރާއި، މެލޭޝިޔާއާއި، އަފްޢާނިސްތާނާއި ރާއްޖޭގެ ޤައުމީ ވޮލީ ޓީމްތަކުންނެވެ. އަދި މި މުބާރާތުގެ އަންހެން ބައިގައި ވާދަކުރުމަށް ހަމަޖެހިފައި ވަނީ ސިންގަޕޫރާއި، މެލޭޝިޔާއާއި ރާއްޖޭގެ ޤައުމީ ވޮލީ ޓީމްތަކުންނެވެ.

މިއީ މިހާތަނަށް ރާއްޖޭގައި ބާއްވާ ފުރަތަމަ އިންވިޓޭޝަނަލް ވޮލީ މުބާރާތެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި ހިނގާ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުން 27 ވަނަ ދުވަހަށް ސޯޝަލް ސެންޓަރުގައެވެ.

މި ސަރުކާރުން ވޮލީ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ރާއްޖޭގެ ވޮލީ ޓީމްތަކުން ދަނީ ފުރަތަމަ ފަހަރަށް ޔޫރަޕާއި މެދު އިރުމަތީގެ ޤައުމުތަކުގައި ކުޅިވަރު ކޭމްޕްތައް ބާއްވަމުންނެވެ. 4 ނޭޝަންސް ކަޕަށް ތައްޔާރުވުމުގެ ގޮތުން މިހާރުވެސް ރާއްޖޭގެ ޤައުމީ ވޮލީބޯޅަ ކުޅޭ އަންހެން ޓީމާއި ފިރިހެން ޓީމް ދަނީ ތައިލެންޑްގައި ކޭމްޕް ކުރަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ސޯލިހަކީ ގައްދާރެއް މިހާތަނަށް މިގައުމުގައި ވެރިކަން ކުރި އެއްމެ ނުލަފާ އިންސާނާ ގައުމު އަޅުވެތި ކޮން ދަރަނިވެރިކޮށް ދިވެހިންގެ ޖީބުންނޮޅާކައި އިންޑިޔާ ކޮންޕެނީ ތަކަށް ޓެކްސް މާފުކޮށްދީފި

  2. ރަދީފްއޮފިޝިއަލް

    އެންމެ ސެޓެއް ވެސް ހޯދޭނެ ބާ؟؟

  3. ނަމޫނާ

    ޞާލިހު ވަރުގެ ވެރިއެއް އަދި މިގައުމުގެ ވެރިއަކަށް ނާދޭ. ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލައި ވެރިކަން ތަރައްގީ ކޮށްދޭ ހަމައެކަނި ވެރިޔާ.

    1
    1