ރޭ ސައުދީ ސުޕަރ ލީގުގައި އަލް ނަސްރާއި ޑަމަކް ކުޅުނު މެޖު އަލް ނަސްރުން ކާމިޔާބުކޮށްފިއެވެ،

ޕްރިންސް ސުލްތާން ބިން އަބްދުލްއަޒީޒް ސްޑޭޓިއަމްގައި ކުޅުނު މި މެޖު އަލް ނަސްރުން ކާމިޔާބު ކުރީ 3-0 ގެ ނަތީޖާ އަކުންނެވެ.

މި މެޗްގެ ފުރަތަމަ ގޯލު މެޗުގެ 18 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށް ދިނީ ރެކޯޑު އަގަކަށް އެކުލަބަށް ގެންދިޔަ ޕޯޗްގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ކުޅުނު 18 މެޗުން 43 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އޮތް އަލް ނަސްރުގެ ދެވަނަ ލަނޑު މެޗްގެ 23 ވަނަ މިނެޓުގައި ސުލްތާން އަލް ގަނަމް ދިން ބޯޅައަކުން ކާމިޔާބު ކޮށްދިނީވެސް ފުރަތަމަ ގޯލު ޖަހާދިން ރޮނާލްޑޯއެވެ. 5 ފަހަރު ބެލޮންޑޯ ކާމިޔާބު ކޮށްފައިވާ ރޮނާލްޑޯ މިލަނޑު ކާމިޔާބު ކޮށްދީފައިވަނީ ޕެނަލްޓީ އޭރިޔާގެ ބޭރުން އޭނާގެ "ވީކް ފޫޓް" އިންނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލް ނަސްރަުގެ ތިން ވަނަ ގޯލު ކާމިޔާބުކޮށް ރޮނާލްޑޯ ވަނީ ހެޓްރިކް ހަދާފައެވެ. މެޖުގެ 44 ވަނަ މިނެޓުގައި އައިމަން އަހުމަދު ދިން ބޯޅައެއް ގޯލަށް ފޮނުވާލާ ކުޅުނު ތިން މެޗުން 2 ހެޓްރިކް ހަދާ އަނެއްކާވެސް ރޮނާލްޑޯ މިވަނީ ތާރީހުގެ ތެރެއަށް ވަދެފައެވެ.

ނިމި ދިޔަ ސީޒަނުގައި އެހާ އެދެވޭ ކުޅުމެއް ރޮނާލްޑޯގެ ފަރާތުން ނުފެނުނު ނަމަވެސް ވޯލްޑް ކަޕަށްފަހު އަލް ނަސްރާ ގުޅި، ރޮނާލްޑޯ ދަނީ ތަފާތު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އެޓީމަށް ކުޅުނު 4 މެޗުން މިހާތަނަށް ރޮނާލްޑޯ ވަނީ 8 ގޯލު ކާމިޔާބު ކޮއްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަބަރުކިޔާ ރޮނާލްޑޯފޭން

    އައި ލައިކް މިހަބަރު ލިޔެފަ އިން ގޮތް

  2. ސީ އާރު

    ދިވެހި ލީގަށް އައުން ރަގަނޅު އެއިރުން ކޮންމެދުވަހަކު ހެޓްރިކް ހެދޭނެ

    8
    5
  3. އާރު 9

    ހަމަ އެހެންތަ ވާުއު 😍
    ނިއު ރޭޑިއެންޓުން ވީ ސީއާރު7 ގަންނަން