ފުޓްބޯޅައިގެ އެންމެ މައި އިދާރާ ފީފާއިން ހޮވާ 2022 ވަނަ އަހަރުގެ އެންމެ ކުޅުންތެރިއަކަށް އާޖެންޓީނާގެ ގައުމީ ޓީމުގެ ކެޕްޓަން އަދި ޕީއެސްޖީގެ ކުޅުންތެރިޔާ ލިއޮނަލް މެސީއަށް ހޮވިއްޖެއެވެ.

މިއީ މެސީއަށް މި އެވޯޑު ލިބުނު ދެވަނަ ފަހަރެވެ. މީގެ ކުރިން 2019 ވަނަ އަހަރު ވެސް މެސީއަށް ވަނީ މި އެވޯޑް ލިބިފައެވެ.

ލިއޮނަލް މެސީއަކީ ނިމިދިޔަ ވޯލްޑްކަޕު އާޖެންޓީނާއަށް ކާމިޔާބު ކޮއްދިން އެޓީމުގެ ކެޕްޓަންއެވެ. މީގެ އިތުރުން މެސީ ވަނި ވޯލްޑް ކަޕުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.

މި އޮވޯޑް މެސީއަށް ލިބިފައިވާއިރު، މިއެވޯޑަށް މެސީއާއި ވާދަ ކޮށްފައިވަނީ ފްރާންސް ގައުމީ ޓީމު އަދި ޕީއެސްޖީގެ ކީލިއަން އެމްބައްޕޭއާއި ފްރާންސް ގައުމީ ޓީމު އަދި ރިއަލް މެޑްރިޑްގެ ކަރިމް ބެންޒީމާއެވެ.

ފީފާގެ ބައެއް އެވޯޑުތަކަށް ހޮވުނު ކުޅުންތެރިން

  • އެލެކްސިއާ ޕުޓެލަސް ސެގުރާ: އެންމެ މޮޅު އަންހެން ކުޅުންތެރިޔާ

    އެލެކްސިއާއަކީ ބާސެލޯނާގެ އަންހެން ޓީމަށް ކުޅެމުން އަންނަ އަދި ސްޕެއިންގެ ގައުމީ އަންހެން ފުޓްބޯޅަށް ޓީމަށް ކުޅެމުން އަންނަ ކުޅުންތެރިއެވެ. 2021/2022 ވަނަ ސީޒަންގައި އޭނާ ވަނީ ޕްރިމެރާ އަންހެނުންގެ ޑިވިޝަންގައި 26 މެޗު ކުޅެ 18 އެސިސްޓް ކޮށްދީފައެވެ.

 

  • އެމިލިއާނޯ މާޓިނޭޒް: އެންމެ މޮޅު ފިރިހެން ކީޕަރު

އެމިލިއާނޯ މާޓިނޭޒް އަކީ އާޖެންޓީނާގެ ގައުމީ ކީޕަރުގެ އިތުރުން އިނގިރޭސި ވިލާތުގެ އެސްޓަން ވިލާގެ ވެސް ކީޕަރެވެ.

  • މެރީ އިއާޕްސް: އެންމެ މޮޅު އަންހެން ކީޕަރު

މެރީ އިއާފްސް އަކީ އިނގިރޭސިވިލާތުގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކީޕަރުގެ އިތުރުން މެންޗެސްޓަރ ޔުނައިޓެޑުގެ އަންހެން ޓީމުގެ ވެސް ކީޕަރެވެ.

  • ލިއޮނަލް ސްކަލޯނީ: އެންމެ މޮޅު ފިރިހެން ކޯޗް

ލިއޮނަލް ސްކަލޯނީ އަކީ ނިމިދިޔަ ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދާފައިވާ އާޖެންޓީނާގެ ކޯޗެވެ.

  • ސެރީނާ ވިގްމަން: އެންމެ މޮޅު އަންހެން ކޯޗް

ސެރީނާ ވިގްމަން އަކީ ނެދެލޭންޑްސްގެ އަންހެން ގައުމީ ޓީމުގެ ޗޯކެވެ.

ފީފާ "ދި ބެސްޓް" އެވޯޑަކީ ކޮންމެ އަހަރަކުވެސް ފުޓުބޯޅައިން ފާހަކަ ކުރެވޭ ކުޅުންތެރިންނަށް ދެމުން އަންނަ އެވޯޑެކެވެ.