ލީގުކަޕްގެ ތައްޓާއި އެކު މިހާރު ދުނިޔޭގައި ހުރި އެންމެ ގިނަ މުބާރާތް ކާމިޔާބު ކުރި ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު އެމެރިކާގެ މިއާމީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ހޯދައިފިއެވެ.

ރޭ އިންޓަރ މިއާމީއިން ލީގު ކަޕް ކާމިޔާބުކޮށްފައި ވަނީ ނަތީޖާ ނެރުމަށް ޕެނަލްޓީ ޖަހައިގެންނެވެ. މި މެޗުގައި މެސީ ވަނީ އިންޓަރ މިއާމީގެ ގޯލުވެސް ކާމިޔާބުކޮށްދީފައެވެ.

ފުރަތަމަ ހާފުގައި މެސީ ވަނީ އިންޓަރ މިއާމީއަށް ގޯލު ޖަހާ ލީޑު ނަގާދީފައެވެ. މެޗުގެ 23 ވަނަ މިނެޓުގައި މެސީ މި ގޯލު ކާމިޔާބުކޮށްދިން އިރު, އިދިކޮޅަށް ކުޅުނު ނަޝްވިލްއިން ވަނީ މެޗުގެ 57 ވަނަ މިނެޓުގައި ގޯލު ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. އެހެން ކަމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އިންޓަރ މިއާމީއިން ކުރި ހޯދީ 9-10ގެ ނަތީޖާއަކުންނެއެ.

މެސީ ވަނީ މި މުބާރާތުގެ ފައިނަލުގައި ގޯލު ޖެހުމުގެ އިތުރުން މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ. ލީގު ކަބާއި މިހާތަނަށް މެސީ ހޯދި ތަށީގެ އަދަދު ވަނީ 44 އަށް އަރާފައެވެ. މީގެ ކުރިން ބުރެޒިލްގެ ޑެނި އަލްވޭޒްއާއި އެއްވަރު ވެފައި ވީނަމަވެސް މިހާރު މިވަނީ އިތުރު ދެ ތައްޓާއި އެކު ކުރިއަށް ޖެހިލާފައެވެ.

މެސީ މިހާތަނަށް ހޯދި ތަށި ތަކާއި ކުލަބުތަށް:

  1. 1. ބާސެލޯނާ: 35 ތަށި
  2. ލަލީގާ 10 ފަހަރު
  3. ކޮޕަރ ޑެލް ރޭ 7 ފަހަރު
  4. ސުޕަރކޮޕަރ ޑި އެސްޕަނޯ 8 ފަހަރު
  5. ޗެމްޕިއަންސް ލީގު 4 ފަހަރު
  6. ސުޕަރ ކަޕް 3 ފަހަރު
  7. ކުލަބް ވޯލްޑް ކަޕް 3 ފަހަރު
  8. 2. ޕީއެސްޖީ 3 ތަށި
  9. ލީގު1 2 ފަހަރު
  10. ޓްރޮފީ ޑި ޗެމްޕިއަންސް 1 ފަހަރު
  11. 3. އިންޓަރ މިއާމީ 1 ތަށި
  12. ލީގު ކަޕް 1 ފަހަރު
  13. 4 އާޖެންޓީނާ ގައުމީ ޓީމް 5 ތަށި
  14. ފީފާ ވޯލްޑް ކަޕް 1 ފަހަރު
  15. ކޮޕަރ އެމެރިކާ 1 ފަހަރު
  16. ކޮންބެއޮލް ޔުއެފްއާ ކަޕް އޮފް ޗެމްޕިއަންސް 1 ފަހަރު
  17. ފީފާ ޔޫތް ޗެމްޕިއަންޝިޕް 1 ފަހަރު
  18. ސަމަރ އޮލިމްޕިކްސް 1 ފަހަރު

މިހާރު ދުނިޔޭގައި ހުރި އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ ލިއޮނަލް މެސީ އިންޓަރ މިއާމީއަށް ބަދަލުވެފައި ވަނީ މި ސީޒަނުގައެވެ. ފުރާންސްގެ ޕީއެސްޖީއިން ރެކޯޑު އަގެށްގައި ބަދަލުވުމަށް ފަހު މިއާމީއަށް ކުޅުނު ކުޅެދިން ހުރިހާ މެޗެށްގައިވެސް މެސީ ވަނީ ގޯލު ޖަހާ ތަފާތު ދައްކާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަދީޙް

    މިހާރު ހުރި އެންމެ މޮޅު ކުޅުންތެރިޔާއެއްނޫނެވެ. ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާއެވެ.