އެފްއޭ ކަޕްގައި މެންޗެސްޓާ ޔުނައިޓެޑާއި ވެސްޓްހަމް ޔުނައިޓެޑް ކުޅުނު މެޗު 3-1 އިން މެންޗެސްޓާ ޔުނައިޓެޑް ކާމިޔާބުކޮށްފިއެވެ.

ޔުނައިޓެޑް ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައިވެއެވެ. ނަމަވެސް ގޯލެއް ކާމިޔާބު ކުރެވޭނެ ގޮތެއް ނުވިއެވެ.

ދެވަނަ ހާފު ފެށިގެން ވެސްޓްހަމްއިން ވަނީ ކުޅުން އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގައި ފުރަތަމަ ލީޑު ނަގާފައި ވެސް ވަނީ ވެސްޓްހަމްއިންނެވެ. ބޯޅަ ބޭރަށް ދިޔަ ކަމަށް ބަލާ މެންޗެސްޓަރގެ ކުޅުންތެރިން ކުޅުން ހުއްޓާލައިގެން ތިބި ވަގުތުގެ ފައިދާ ނަގާ، އެޓީމުގެ ޕެނަލްޓީއޭރިޔާ ވާތު ކަނުން ސީދާ ގޯލަށް ފޮނުވައިލައިގެން މިލަނޑު މެޗުގެ 53ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސައީދް ބެންރާމާއެވެ.

ދެވަނަ ހާފުގައި މެންޗެސްޓައަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބުނުއެވެ. ވެސްޓްހަމްއިން ލީޑު ނެގިތާ މާގިނަ އިރު ތަކެއް ނުވާނިސް މެންޗެސްޓާ އަށް ވަނީ ހިލޭ ޖެހުމެއް ލިބިފައެވެ. ބުރޫނޯ ފެނާންޑޭޒް ނަގާދިން މި ހިލޭޖެހުން ކަސަމީރޯ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލި ނަމަވެސް އެވަގުތު އޭނާ އޮފްސައިޑުގައި ހުރުން އެގޯލު ބަލައިގަނެފައެއް ނުވެއެވެ.

މެޗުގެ ނަތީޖާ ހަމަހަމަ ވެގެން ދިޔައީ، މެޗުގެ 76 ވަނަ މިނެޓުގައި މެންޗެސްޓާއަށް ލިބުނު ކޯނަރަކުންނެވެ. ފެނާންޑޭޒް ނަގައި ދިން މި ކޯނަރު ވެސްޓަހަމްގެ ޑިފެންޑަރު ނާއިފް އަގުއެޑް ބޭރަށް ފޮނުވާލުމަށް ބޮލުން ޖެއްސި ނަމަވެސް ގޯލުގެ ތެރެއަށް ވަދެ ނަތީޖާ ހަމަހަމަ ވެގެން ދިޔައެވެ.

މެޗުން ނިމެން ދަނިކޮށް މެންޗެސްޓާއަށް މެޗުގައި ލީޑު ނަގާދިނީ މެޗުގެ 90ވަނަ މިނެޓުގައެވެ. މި ލަނޑު ޖެހީ މި ސީޒަންގައި ތަފާތު މޮޅު ކުޅުމެއް ކުޅެމުން އަންނަ އުމުރުން 18 އަހަރުގެ އަލެކްޒެންޑްރޯ ގާނެޗޯއެވެ. ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގާދިނީ މެޗުގެ 90 މިނެޓު ހަމަވެގެން ކުޅުނު އިތުރު ވަގުތުގައެވެ.

މި މެޗުގެ ތިން ވަނަ ގޯލު ކާމިޔާބުކޮށް ދިނީ މެޗުގެ 86 ވަނަ މިނެޓުގައި ބަދަލު ކުޅުން ތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ބުރެޒިލްގެ ހުނަރުވެރި މިޑްފީލްޑަރު ފުރެޑްއެވެ.