ލީގް މެނޭޖަރސް އެސޯސިއޭޝަން (އެލްއެމްއޭ) އިން ހޮވި އަހަރުގެ އެންމެ މޮޅު މެނޭޖަރުންގެ ލިސްޓުގެ އެއްވަނަ މެންޗެސްޓާ ސިޓީގެ ކޯޗު ޕްޕް ގާޑިޔޯލާ ކާމިޔާބުކޮށްފިއެވެ.

21 ވަނަ ގަރުނުގެ އެންމެ މޮޅު ފަސް މެނޭޖަރުންގެ ލިސްޓަށް ބަލާލާއިރު:

  1. މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާ
  2. އޭއެސް ރޯމާގެ ކޯޗް ޖޯސް މޯރިންހޯ
  3. މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ސަރ އެލެކްސް ފާގިއުސަން
  4. ރިޔާލްމެޑްރިޑްގެ ކޯޗް ކާލޯ އެންޗެލިޓީ
  5. ރިޔާލްމެޑްރިޑްގެ ކުރީގެ (2016 އިން 2018 އަށް) ކޯޗް ޒިނެޑީން ޒިދާން ހިމެނެއެވެ.

މީގެކުރިންވެސް މި އެވޯޑްގެ އެއްވަނަ ގާޑިއޯލާ ވަނީ ހާސިލްކޮށްފައެވެ.

ގާޑިއޯލާއަށް މިއަހަރުގެ އެވޯޑް ލިބިފައިވާއިރު އޭނާގެ އިރުޝާދުގެދަށުން ކުޅޭ މެންޗަސްޓަރ ސިޓީން ވަނީ ގިނަ ކާމިޔާބީތައް ހޯދާފައެވެ.

މި އެވޯޑް ލިބުމަށްފަހު ވާހަކަދައްކަމުން ގާޑިއޯލާ ބުނީ ދެވަނަ ފަހަރަށް އެލްއެމްއޭ އެވޯޑް ލިބުމުން އެކަމާއި އުފާވާ ކަމަށާއި މިއީ އޭނާއަށް ވަރަށް ހާއްސަ ޓްރޮފީ އެއް ކަމަށެވެ. ސަބަބަކީ މިއީ އޭނާ އާއި އެއް ލީގެއްގައި ކޯޗުކަން ކުރަމުންދާ އެތައް ކޯޗެއްގެ ވޯޓުން ހޮވޭ ފަރާތަކަށް މި އެވޯޑް ލިބުން ކަމުގައި ގާޑިއޯލާ ވަނީ ބުނެފައެވެ. އަދި މިފަދަ އެވޯޑެއް އިންސާފުވެރިކަމާއި ޝަރަފުވެރިކަމާއިއެކު ލިބޭނީ ދެންތިބި މެނޭޖަރުންނަކީ ޕްރޮފެޝަނަލް ބަޔަކަށްވެ ހަމަހަމަކަމާއިއެކު ވޯޓުދޭ ބަޔަކަށް ވެގެންކަމަށްވެސް ގާޑިއޯލާ ވަނީ ބުނެފައެވެ. ގާޑިއޯލާ ވަނީ 2017/2018/2021 ވަނަ ސީޒަނުގައިވެސް މި އެވޯޑް ހާސިލް ކޮށްފައެވެ.

އެލްއެމްއޭ އަކީ އިނގިރޭސި އެސޯސިއޭޝަން ފުޓުބޯޅައިގައި ހިމެނޭ ޕްރިމިއަރ ލީގް، އިންގްލިޝް ފުޓްބޯލް ލީގް (އީއެފްއެލް) އަދި ގައުމީ ޓީމުގެ މެނޭޖަރު ނުވަތަ ކޯޗު ހިމެނޭހެން ހުރިހާ މެނޭޖަރުން އެކުލެވޭ ޔޫނިއަން އެކެވެ. އެލްއެމްއޭ މެނޭޖަރ އޮފް ދަ ޔަރ އެވޯޑަކީ ކޮންމެ އަހަރެއްގައިވެސް ޓީމުތަކުން ނެރޭ ނަތީޖާތަކާއި ކުޅުމަށް ބެލުމަށްފަހުގައި އަހަރުގެ އެންމެ މޮޅު ކޯޗު ހޮވުމަށް ދޭ އެވޯޑެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޒުހަރޫ ޝޭޚު

    ތިއީ ގާޑިއޮލާ މޮޅޫކަމުން ލިބުނު މަގާމެއްނޫން. ﷲ ދެއްވި މަގާމެއް ގާޑިއޮލާ އަށް ލިބުނީ. ޢެއީ ﷲ ގެ ކުޅަދުންވަންތަކަން،