ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު ( ދަނގަޑޭ) މިއަހަރުގެ ހައްޖުގެ އަޅުކަމަށް ފުރަން ތައްޔާރުވެއްޖެއެވެ. އެހެންކަމުން މިމަހުގެ 21 ވަނަ ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕްގައި ދަނގަޑޭ ނުފެންނާނެއެވެ.
ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހަރަދުގައި ރާއްޖެ އިން މި އަހަރު ހައްޖަށް ދިއުމުގެ ފުރުސަތު ދެއްވި 10 މީހުންގެ ތެރޭގައި ދަގަނޑޭ ހިމެނެއެވެ.
އެ މީހުން ފުރާނީ އަންނަ ހުކުރު ދުވަހުއެވެ.
ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރަން ގައުމީ ޓީމު މިހާރު ތީބީ އިންޑިއާގެ ބެންގަލޫރުގައެވެ. ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ކުޅުމާއި މިހާރު ދުރުގައި ހުރި ދަނގަޑޭ އެ މުބާރާތަށް އެކުލަވާލި ޕްރިލިމިނަރީ ސްކޮޑްގައި ހިމަނާފައި ނުވެއެވެ.
ހައްޖު މޫސުމާއި ސާފް ޗެމްޕިއަންޝިޕްއާއި ދިމާ ވުމުން މުބާރާތުގައި ނުކުޅުމަށް ކުރިންވެސް ނިންމާފައިވާ ކަމުގައި ދަނގަޑޭ ވަނީ ބުނެފައެވެ.
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ބުދަ ދުވަހު ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ. އެ ގުރޫޕްގައި ދެން ހިމެނެނީ ލުބުނާނާއި ބަންގްލަދޭޝް އެވެ. ސާފް ޗެމްޕިއަންޝިޕް އިންތިޒާމު ކުރުމުގެ ހުރިހާ ހައިސިއްޔަތެއް އިންޑިއާ އަށް ދީފައިވުމުން، އެ ގައުމުން ވަނީ ދެކުނު އޭޝިއާ އިން ބޭރުން ކުވައިތާއި ލުބުނާން ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވާން ފުރުސަތު ދިފައެވެ.
މަބްރޫރު ޙައްޖެއް މިންވަރު ކުރައްވާށި އާމީން.
މަބްރޫރު ޙައްޖެއް މިންވަރު ކުރައްވާށި އާމީން.
މާޒިއާ ޓީމް ލިސްޓްގަ އޮފިޝަލުންގެގޮތުގަ ހިމެނިގެން ހާދަ ބަޔަކު އުމްރާއަށްވެސް ގޮއްސިއޭ. އެކަހަލަ ކަމެއްކަންނޭގެ މިވެސް.
މަރުހަބާ.ދެން ރާއްޖެ އެނބުރި އަންނައިރު ބޯބޭލިގޮތަށް ތުނބުޅިވެސް ބާލައިގެން އަންނާތި! ދަނގަޑޭ ކޮޕީކުރަންވެގެން އުޅޭ ކުދިން ، ތުނބުޅިނުފަޅާއިރުވެސް އެބައުޅޭ އެކަން ކުރެވޭތޯ. ދަނގަޑޭ ނަމޫމާދެއްކުމުން ޝޭޚުންވެސް ޤަބޫލުކުރާނެ.