އިންޑިއާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގެ ގުރޫޕު އޭގެ ތިންވަނަ މެޗު ކުވައިތުން ކާމިޔާބުކޮށްފިއެވެ.

ގިނަ ދުވަސްތަކަކަށް ފަހު މުބާރާތުގައި ބައިވެރިވި ޕާކިންތާނާއި ދެކޮޅަށް ކުޅުނު މި މެޗު ކުވައިތުން ކާމިޔާބުކޮށްފައި ވަނީ 0-4 ގެ ނަތީޖާއަކުންނެވެ. މިނަތީޖާއާއެކު ކުޅުނު ދެ މެޗުން ބަލިވެ ޕާކިސްތާނު ވަނީ މުބާރާތުން ކަޓައިފިއެވެ.

ގިނަ ބަދަލު ތަކަކާއެކު މި މެޗަށް ނިކުތް ކުވައިތުން ވަނީ މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައެވެ. ޕާކިސްތާނަށް ގޯލަށް ނުރައްކާތެރި ހަމަލާއެއް އުފެއްދުމަށް ފުރުސަތު ދީފައި ނުވާއިރު، ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި ކުވައިތުން ގޯލު ޖަހާ ވަނީ ލީޑު ނަގާފައެވެ. މި ގޯލުކާމިޔާބުކޮށް ދިނީ ހަސަން އަލަންޒީއެވެ.

ކުވައިތުން ގޯލު ޖަހާ ލީޑު ނެގުމާއި އެކު ޕާކިސްތާނުން ވަނީ ކުޅުން ރަނގަޅުކޮށް ގޯލަށް ހަމަލާއެއް އުފެއްދުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް މެޗުގެ 17 ވަނަ މިނެޓުގައި ގޯލު ޖަހާ ޕާކިސްތާނުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށް ދިނީ މުބާރަކް އަލްފަނީނީއެވެ.

ޕާކިސްތާނުގެ ޑިފެންސްގެ ފަރާތުން ދަށް ކުޅުމެށް ފެނިގެން ދިޔައިރު، އޭގެ ފައިދާ ނަގާ ކުވައިތުން ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. ޕާކިސްތާނުގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ފުރަތަމަ ހާފުގެ ފަހު ވަގުތު ކޮޅުގައި މުބާރަކް އަލްފަނީނީ ވަނީ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ދެވަނަ ހާފު ފަށައިގެން ޕާކިސްތާނުން ކުޅުން ރަނގަޅުކޮށް ކުވައިތުގެ ގޯލަށް ވަނީ ނުރައްކާތެރި ހަމަލާތަކެއް އަމާޒުކޮށްފައެވެ. ނަމަވެސް ގޯލެއް ކާމިޔާބު ނުކުރެވި އިތުރު ޕުރެޝަރަކަށް ވަނީ ގޮސްފައެވެ. ކުވައިތުން މެޗުގެ ހަތަތު ވަނަ ލަނޑު ކަމިޔާބުކޮށްފައި ވަނީ މެޗުގައި މޮޅު ކުޅުމެށް ދެއްކި އަލްރަޝީދީއެވެ.

މިރޭ ގުރޫޕު އޭގެ ހަތަރު ވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އިންޑިޔާއިން ނުކުންނާނީ ނެޕާލްއާއި ދެކޮޅަށެވެ.