އިންޑިޔާގެ ބެންގަލޫރުގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގެ ގުރޫޕު އޭގެ ހަތަރު ވަނަ މެޗު އިންޑިޔާއިން ކާމިޔާބުކޮށް ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފިއެވެ.

އެންމެ ފަހުގެ މުބާރާތުގެ ފައިނަލުގައި އިންޑިޔާއާއި ވާދަކުރި ނޭޕާލާއި ދެކޮޅަށް ކުޅުނު މި މެޗު އިންޑިޔާއިން ކާމިޔާބު ކުރީ 0-2ގެ ނަތީޖާއަކުންނެވެ.

ފޯރި ގަދަ ކުޅުމެށް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންވެސް ވަނީ ގޯލު ޖެހުމަށް ގިނަ ހަމަލާތަކަށް އުފައްދާފައެވެ. އެހެން ނަމަވެސް ފުރަތަމަ ހާފު ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ގޯލެށް ކާމިޔާބު ނުކުރެވިއެވެ.

‎އިންޑިޔާ ނޭޕާލް ބައްދަލު ކުރި މެޗުގެ ތެރެއިން، ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ދެވަނަ ހާފު ފަށައިގެން މާ ގިނަ އިރުތަކެއް ނުވަނީސް އިންޑިޔާއިން ވަނީ ގޯލު ޖާހާ ލީޑު ނަގާފައެވެ. ކެޕްޓަން ސުނިލް ޗެތްރީ ކާމިޔާބުކޮށްދިން މި ގޯލާއި އެކު އިންޑިޔާއިން ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށް ހަމަލާތައް އިތުރު ކޮށްފައެވެ. މިއީ ޗެތްރީ މި މުބާރާތުގައި ކާމިޔާބުކޮށްދިން 4 ވަނަ ގޯލުއެވެ. އަދި ސާފްޗެމްޕިއަންގެ ތާރީހުގައި ކަމިޔާބު ކުރި 22 ވަނަ ގޯލެވެ. މި ލިސްޓުގެ އެއްވަނައިގައި 23 ގޯލާއި އެކު ރާއްޖޭގެ އަލީ އަޝްފާގުއެވެ.

‎އިންޑިޔާ ނޭޕާލް ބައްދަލު ކުރި މެޗުގެ ތެރެއިން، ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ދެ ގައުމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ކުރި މަތީގައި ކުޅުނު މި މެޗުގެ ދެވަނަ ގޯލު ކާމިޔާބުކޮށްފައި ވަނީ މެޗުގެ 69 ވަނަ މިނެޓުގައެވެ. ސުނިލް ޗެތްރީފޮނުވާލި ބޯޅައެއް ނެޕާލްގެ ކީޕަރު ފައިގައި ޖެހިފައި ގޮސް ގޯލު ދަނޑީގައި ޖެހިފައި ނިކުތް ވަގުތު އިންޑިޔާގެ ޗާޒީ ނަމްބަރ 8 މަހޭޝް ވަނީ ބޮލުން ގޯލު ތެރެއަށް ވައްދާލާފައެވެ.

‎އިންޑިޔާ ނޭޕާލް ބައްދަލު ކުރި މެޗުގެ ތެރެއިން، ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ގުރޫޕު އޭއިން ސެމީ ފައިނަލުގެ ޖާގަ ހޯދާފައި ވަނީ ކުޅުނު ދެ މެޗު ކާމިޔާބުކޮށްގެން ކުވައިތެވެ. އަދި ޕާކިސްތާނާއި ނޭޕާލް ވަނީ މުބާރާތުން ކަޓާފައެވެ.

އިންޑިޔާ އަދި ނޭޕާލް ބައްދަލު ކުރި މެޗުގެ ރެފްރީކަން ކޮށްފައި ވަނީ ރާއްޖޭގެ ރެފްރީއެކެވެ. އޮފިޝަލް ރެފްރީގެ ގޮތުގައި ހަރަކާތް ތެރިވޯ އޭއެފްސޯގެ އެލައިޓްރެފްރީ ހުސައިން ސިނާނެވެ. އަދި ފަސްޓް އެސިސްޓެންޓް ރެފްރީގެ ގޮތުގައި ހަރަކާތް ތެރިވީ އޭއެފްސީ އެލައިޓް ރެފްރީ އަހުމަދު ހަސަނެވެ.