މިހާރު އިންޑިޔާގެ ބެންގަލޫރުގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގެ ގުރޫޕު ބީގެ ފަހު މެޗު ކާމިޔާބުކޮށް ބަންގްލަދޭޝް ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ބޫޓާންއާއި ދެކޮޅަށް ކުޅުނު މި މެޗު ބަންގްލަދޭޝްއިން ކާމިޔާބުކޮށްފައި ވަނީ 1-3 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއި އެކު ބަންގްލަދޭޝް ސެމީ ފައިނަލަށް ދަތުރު ކޮށްފައި ވަނީ ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

މެޗު ފަށައިގެން ބޫޓާނުން ރަނގަޅު ކުޅުމެށް ފެނިގެންދިޔަ ނަމަވެސް ބަންގްލަދޭޝްއިން ވަނީ ބޫޓާންގެ ގޯލަށް ނުަރައްކާތެރި ހަމަލާތަކެށް އަމާޒުކޮށްފައެވެ. މެޗުގެ 12 ވަނަ މިނެޓުގައި ސެންޑާ ޑޯޖީ ޖަހާދިން ގޯލުން ބޫޓާނަށް ލީޑު ނެގުނު ނަމަވެސް މެޗުގެ 21 ވަނަ މިނެޓުގައި ބަންގްލަދޭޝްއިން ވަނީ ނަތީޖާ ހަމަހަމަކޮށްދީފައެވެ. ޝެޙް މޯސަލިން ކާމިޔާބުކޮށްދިން މި ގޯލާއި އެކު އެޓީމުން ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށްފައެވެ.

އެއްނަންބަރު ކީޕަރާއި ނުލާ ނިކުތް ބޫޓާންއަށް ބަންގްލަދޭޝް ޓީމުގެ ފަރާތުން ދެމުންދިޔަ ހަމަލާތަށް ނުހިފޭއްޓި އިތުރު ޕުރެޝަރަކަށް ވަނީ ގޮސްފައެވެ. ބަންގްލަދޭޝްއިން ފޮނުވާލި ހަމަލާއެއް ޑިފެންސް ކުރަން އުޅުމުގެ ތެރޭގައި ބައިކޮޅަށް ގޯލެއް ވަދެ މެޗުގެ ނަތީޖާ ވަނީ ބަންގްލަދޭޝް ކޮޅަށް އެނބުރިފައެވެ. މިގޯޅު ވަދެފައި ވަނީ ބޫޓާނުގެ ފުންޓްޝޯ ޖިގްމޭ ފައިގައި ޖެހިފައެވެ. އޭގެ ފަސް މިނެޓު ފަހުން ރަކިބް ހޮސައިން ވަނީ ބަންގްލަދޭޝްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

ބަންގްލަދޭޝް އަދި ބޫޓާން ބައްދަލު ކުރި މެޗުގެ ތެރެއިން، ވަގުތު އިމޭޖަސް: އަބދުﷲ އަބީދު

ފުރަތަމަ ހާފު މި ނަތީޖާގައި ނިމިގެން ދިޔައިރު، ދެވަނަ ހާފުގައި ބޫޓާނުން ވަނީ ކުޅުން ރަނގަޅުކޮށް އިތުރު ގޯލެށް ޖެހިޔަ ނުދީ ހިފަހައްޓާފައެވެ. ބަންގްލަދޭޝްގެ ގޯލަށް ނުރައްކާ ކުރުމަށް މަސައްކަތް ކުރި ނަމަވެސް މާނުރައްކާ ހަމަލާއެއް ބޫޓާން އަކަށް އުފެއްދިފައިނުވެއެވެ.

ބަންގްލަދޭޝްއިން ބޫޓާން ބަލި ކުރުމާއި އެކު ސާފު ޗެމްޕިއަންޝިޕްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ގުރޫޕް ސްޓޭޖުން ރާއްޖެ ވަނީ ކަޓާފައެވެ. އެއީ ކުޅުނު ތިން މެޗުން ލިބުނު ތިން ޕޮއިންޓާއި އެކުއެވެ. ބޫޓާން ކުޅުނު ހުރިހާ މެޗަކުން ބަލިވެފައި ވާއިރު، ކުޅުނު ހުރިހާ މެޗެށް ކާމިޔާބުކޮށް ލުބުނާނުން ވަނީ ގުރޫޕުގެ އެއްވަނަ ހޯދާފައެވެ. އެހެން ކަމުން ސެމީ ފައިނަލުގައި ބަންގްލަދޭޝް ނިކުންނަން ޖެހޭނީ އަށް ފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައިވާ އިންޑިޔާއާއި ދެކޮޅަށެވެ. އަދި ލުބުނާން ނިކުންނާނީ ކުވައިތާއި ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނާބް

    ބައްސާމް އަދީލް ޖަލީލް މި ފަހުން އަމިން އެވެނިއު އިން ޕެންޓަ ހައުސް އެއްބައްލަވައިގަންކަން މަށައް އެގޭ އަގަކީ 8 ނިލިޔަން އަދި ބައްސާމް އަދީލް ޖަލީލް ގެ އެއްބަނޑު މީހަކަށް 4 މިލިޔަން އެޕާޓް މަންޓް އެއްވެސް ގަން ކަން އެގޭ އިތުރު ސުވާލެއް ނުކުރަނީސް ބައްސާމް ބުނަނީ އެޔަކީ ދައްތަގެ އަމިއްލަ ލާރިން ގަތް ތަނެކޭ މީ % 100 ކަމެއް