ބުންޑަސް ލީގާގެ ބަޔާން މިއުނިކަށް ކުޅުނު ލޫކަސް ހަނަންޑޭޒް ޕީއެސްޖީއަށް ސޮއިކޮށްފިއެވެ.

އުމުރުން 27 އަހަރުގެ ހަނަންޑޭޒް ޕީއެސްޖީއަށް ސޮއިކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އޭނާ ބަޔާން މިއުނިކްއިން ޕީއެސްޖީއަށް ބަދަލުކުރީ 34 މިލިއަން ޕައުންޑަށެވެ.

"އަހަރެން ޕީއެސްޖީއާ ގުޅެން އިންތިޒާރު ކުރަމުން އަންނަތާ ވަރަށް ގިނަ ދުވަސް ވެއްޖެ، އަދި އެންމެ ފަހުން އެކަން ވެއްޖެ. މިއީ އަހަންނަށް ވަރަށް ހާއްސަ ދުވަހެއް އަދި މިތަނަށް އާދެވުނީތީ ވަރަށް އުފާވޭ." ހަނާންޑޭޒް ބުންޏެވެ.

ހަނާންޑޭޒް ވަނީ 2019-20 ގެ ސީޒަންގައި ހަނަންޑޭޒް ވަނީ ބަޔާނަށް ޓްރެބްލްއެއް ކާމިޔާބުކޮށްދީފައިއެވެ. މީގެ އިތުރުން ފްރާންސްއިން 2018 ވަނަ އަހަރުގައި ހޯދި ވޯލްޑް ކަޕްގެ ތަށި ދިފާއުކުރުމުގައި އޭނާގެ ހިއްސާއެއްވެސް އެބަ އޮތެވެ.

ހަނާންޑޭޒް ވަނީ މިދިޔަ ސީޒަނުގައި ބަޔާން މިއުނިކް ކްލަބަށް 11 މެޗު ކުޅެދީފައެވެ. އެ ހުރިހާ މެޗެއް ވެސް ކުޅެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވޯލްޑް ކަޕް ފެށުމުގެ ކުރިންނެވެ.

ބަޔާނަށް ޑޮމެސްޓިކް ލީގް ކާމިޔާބުކުރުމަށް ފަހު، ހަނާންޑޭޒް ވަނީ ޕީއެސްޖީއަށް ޗެމްޕިއަންސް ލީގް ހޯދާ ދިނުމުގައި ހިއްސާވެފައެވެ.

މި ސީޒަނުގައި އެންމެ ހަތް މެޗު ކުޅުނު ނަމަވެސް، ހަނަންޑޭޒް ވަނީ ޖަރުމަނުގެ ޗެމްޕިއަންސް ޓީމަށް 107 ފަހަރު ކުޅެ، ޓީމުގެ އެންމެ އަގުހުރި އެއް މެންބަރުގެ ގޮތުގައި ތަމްސީލުކޮށް، ބަޔާންއާއެކު ހަތަރު ބުންޑެސްލީގާ ތަށި އަދި އެއް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިއެވެ.
ވާތް ފަރާތުން ފަހަތަށް ކުޅޭ ހަނަންޑޭޒް ހޫނު މޫސުމުގައި ޕީއެސްޖީއާ ގުޅުމަށްފަހު ޕީއެސްޖީގެ ފަހަތަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމުގައި ތަޖުރިބާކާރުން ލަފާ ކުރެއެވެ.