މިއަދު ފެށުމަށް ހަމަޖެހިފައިވާ އިނގިރޭސި ޕުރެމިއަރ ލީގަކީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލާ އެންމެ މަޤްބޫލު ލީގެވެ.މިއީ ފައިސާގެ ގޮތުން ބެލިޔަސް ދުނިޔޭގެ އެންމެ ބޮޑު އާމްދަނީ ހޯދާ ލީގެވެ. ދުނިޔޭގެ ހުރިހާ ބައްރެއްގެ ހުރިހާ ޤައުމެއްގައި ވެސް އިނގިރޭސި ލީގު ބަލައެވެ. މި ލީގަށް މިހާ ބޮޑު ރެވިނިއު އެއް ލިބެނީ މި ސަބަބަށް ޓަކައެވެ.

ދުނިޔޭގެ އެންމެ މައްސޫރު ކުލަބްތައް ވަނީ އިނގިރޭސިވިލާތުގައެވެ. ތާރީހީ ގޮތުން ބެލިނަމަވެސް އިނގިރޭސި ގިނަ ކުލަބް ތަކަކީ 100 އަހަރަށް ވުރެ ގިނަ އަހަރުވެފައިވާ ކުލަބްތަކެކެވެ. އަދި ކާމިޔާބީތަކަށް ބަލާލިޔަސް އިނގިރޭސި ކުލަބް ތަކަކީ ފަހުރުވެރި ކާމިޔާބީތަކެއް ޔޫރަޕުގެ ކުލަބް މުބާރާތްތަކުގައި ހޯދާފައިވާ ބޮޑެތި ކުލަބްތަކެވެ. މިއީ ލީގު ވަރުގަދަވުމުން ކުލަބްތަކަށް ކުރާ ފައިދާއެވެ. ލީގުގެ ވާދަވެރިކަން ބޮޑު ވުމުގެ ސަބަބުން ޓީމުތަކުން ކުޅުންތެރިންގެ ފެންވަރާއި ބުންވަރު ރަނގަޅު ކުރުމަށް ބޮޑު ހޭދައެއް ކުރެއެވެ. މީގެ ސަބަބުން މުޅި ލީގުގެ ފެންވަރު ވެސް ރަނގަޅުވެގެން ގޮސް މީހުންގެ ހިތް ދަމައިގަންނަ ކުޅުމެއް ކޮންމެ މެޗެއްގައި ވެސް ފެނިގެން ދާ ކަމަކީ ދުނިޔޭގެ އެންމެ ގިނަ މީހުން އިނގިރޭސި ޕުރެމިއަރ ލީގު ބަލާ މައިގަނޑު ސަބަބުތަކު ތެރޭގައި ހިމެނޭ ސަބަބެކެވެ.

މި ފަހުރުވެރި ލީގު އެންމެ ގިނަ ފަހަރު ކާމިޔާބުކުރުމުގެ ޝަރަފް އޮތީ ވަރުގަދަ މެންޗެސްޓަރ ޔުނައިޓެޑް އަތުގައެވެ. މިއީ ލެޖެންޑަރީ ކޯޗު ސަރ އެލެކްސް ފާގެސަންގެ ކޯޗު ކަމުގައި ޔުނައިޓެޑް އިން ހޭދަކުރި ރަން ޒަމާނުގެ ނަތީޖާއެވެ. މުޅި ޖުމްލަ 13 ފަހަރު އޭނާ ވަނީ މެންޗެސްޓަރ ޔުނިޓެޑްއަށް ޕުރެމިއަރ ލީގު ކާމިޔާބު ކޮށްދީފައެވެ. ދިވެހީންނަށް ޓީވީގެ ޒަރިއްޔާއިން އިނގިރޭސި ޕުރެމިއަރ ލީގު ފެންނަން ފެށި ހިސާބުން މުޅި ލީގެ ޑޮމިނޭޓްކޮށް ރަސްކަން ކުރަމުންދިޔައީ މެންޗެސްޓަރ ޔުނައިޓެޑެންނެވެ. މި ސަބަބާއި ގުޅިގެން ރާއްޖޭގައި ނިސްބަތުން މެންޗެސްޓަރ ޔުނައިޓެޑްގެ ސަޕޯޓަރުން ވަރަށް ގިނައެވެ.

ޖެހިޖެހިގެން ޕުރެމިއަރ ލީގް އެންމެ ގިނަ ފަހަރު ޓީމަކަށް ކާމިޔާބު ކުރެވިފައިވަނީ 3 ފަހަރުއެވެ. މި ސަރަފް 2 ޓީމަކުން ހޯދާފައިވާ އިރު މި ލިސްޓްގެ ވެސް އެންމެ ކުރީގައި އުޅެނީ މެންޗެސްޓަރ ޔުނައިޓެޑެވެ. އަދި ކި ސަރަފް ހޯދާފައިވާ އަނެއް ޓީމު ވެސް ނިސްބަތްވަނީ މެންޗެސްޓަރ އަށެވެ. އެއީ ފަހުގެ ތާރީހެއްގައި ބޮޑު އިންވެސްޓްމެންޓަކާއި މޮޅު ކުޅުމެއް ދައްކަމުން ބޮޑު ކާމިޔާބީތަކެއް ހޯދަމުން އަންނަ މެންޗެސްޓަރ ސިޓީއެވެ.

މެންޗެސްޓަރ ޔުނައިޓެޑުން ވަނީ ޖެހިޖެހިގެން ލީގު 2 ފަހަރެއްގެ މަތިން ކާމިޔާބު ކޮށްފައެވެ. އެއީ 1998/99، 2000/01 ގެ ސީޒަނާއި އަދި 2007، 2008 އަދި 2009 ވަނަ އަހަރުގެ ސީޒަނުގައެވެ. ދެވަނަ ފަހަރަށް މެންޗެސްޓަރ ޔުނައިޓެޑުން މި ކާމިޔާބީ ތަކުރާރުކުރީ އޭރު އަރަމުން އައި ޗެލްސީގެ ކާމިޔާބު ކޯޗް މޮރީނިއޯ ގެ ވިދުން ފަޑުކޮށްލާފައެވެ.

ދެން ޖެހިޖެހިގެން 3 ފަހަރު ޕުރެމިއަރ ލީގު ކާމިޔާބު ކުރީ މެންޗެސްޓަރ ޔުނައިޓެޑްގެ އަޑު ގަދަ އަވައްޓެރިޔާގެ ގޮތުގައި ޔުނައިޓެޑުން ބުނާ މެންޗެސްޓަރ ސިޓީއެވެ. ސިޓީން ވަނީ 2008 ވަނަ އަހަރުގައި ސެއިހް މަންސޫރު އެ ކަލަބު ގަތް ހިސާބުން ބޮޑެތި އިންވެސްޓްމެންޓް ތަކެއް ކޮށް ކުލަބުގެ ފެސިލިޓީތަކާއި ކުޅުންތެރިންގެ ފެންވަރު ވެސް ވަރަށް ބޮޑަށް ރަނގަޅު ކޮށްފައެވެ.ސިޓީ އިން ވަނީ 2021، 2022 އަދި 2023 ވަނަ އަހަރުގެ ސީޒަނުގެ ތަށި ކާމިޔާބު ކޮށްފައެވެ.

މީގެ އިތުރުން ވެސް މެންޗެސްޓަރ ސިޓީއަށް ޕުރެމިއަރ ލީގުގެ ވަރަށް ހާއްސަ ދެ ރިކޯޑެއް ނިސްބަތްވެއެވެ. އެއީ އެންމެ ބޮޑު ތަފާތަކުން ލީގު ތަށި ކާމިޔާބު ކުރުމުގެ ރިކޯޑުގެ އިތުރުން އެންމެ ކުޑަ ތަފާތަކުން ލީގު ތަށި ކާމިޔާބު ކުރުމުގެ ރިކޯޑެވެ.

އެންމެ ކުޑަ ތަފާތަކުން ސިޓީން އިނގިރޭސި ޕުރެމިއަރ ލީގުގެ ތަށި ކާމިޔާބު ކުރި ފަހަރަކީ ފުޓްބޯޅައިގެ ދުނިޔޭގައި އެޓީމަކީ ގަދަ ބާރެއްކަން ސާބިތުކުރުމުގެ ދަތުރުފެށި އަހަރެވެ. އެއީ 2011 ވަނަ އަހަރުގެ ސީޒަނެވެ. އަބަދުވެސް ވާދަވެރި އަވެއްޓެރި މެންޗެސްޓަރ ޔުނައިޓެޑާއި ސިޓީ އެ ސީޒަނުގައި ދިޔައީ ވަރަށް ވާދަވެރި ކުޅުމެން ކުޅެމުންނެވެ. އެންމެ ފަހު މެޗާއި ހަމައަށް ސީޒަން ދިޔަ އިރުވެސް ތަށި ލިބޭނެ ޓީމެން ކަށަވަރެއް ނުވެއެވެ.

ޕޮއިންޓްގެ ގޮތުން އެއްވަރު ވެފައިވާ އިރު ފައިދާ ގޯލުގެ ގޮތުން ކުރީގައި އޮތީ ސިޓީއެވެ. މެންޗެސްޓަރ ޔުނައިޓެޑުން އެ ޓީމުގެ މެޗު ކާމިޔާބުކޮށް ތަަށްޓަށް އިއްތިޒާރު ކުރަމުން ދިޔަ އުންމީދުތައް ފެނަށް ދިޔައީ މެންޗެސްޓަރ ސިޓީގެ އާރޖެންޓީނާގެ ހުނަރުވެރި ފޯވާރޑް ސާޖިއޯ އަގުއޭރޯ ފަހު މިނެޓްގައި ކާމިޔާބު ކޮށްދިން ގޯލުން ސިޓީން އެ މެޗް ކާމިޔާބުކުރުމުންނެވެ.

މި ސީޒަނުގައި ޕޮއިންޓްގެ ގޮތުން އެއްވަރުވެ ސިޓީ އަށް ތަށި ލިބުނީ ފައިދާ 8 ގޯލުގެ ތަފާތުންނެވެ. މެންޗެސްޓަރ ސިޓީ އަށް ކާމިޔާބު ކޯޗު ގާޑިއޯލާ އައުމަށްފަހު ދައްކަމުން ދިޔައީ އާދަޔާ ހިލާފް ކުޅުމެކެވެ. މީގެ ނަތީޖާ އަކަށްވީ މީގެ ކުރިން އެއްވެސް ޓީމެން ލީގު ތަށި ނުނަގާހާ ފަރަގު ބޮޑުކޮށް ސިޓީން ލީގު ތަށި ނެގުމެވެ. އެއީ 2017/2018 ވަނަ އަހަރުގެ ސީޒަނުގައެވެ. މެންޗެސްޓަރ ސިޓީ އާއި ދެވަނަ އަށް ދިޔަ ޓީމާ ދެމެދު 19 ޕޮއިންޓްގެ ފަރަގެން ހުއްޓެވެ. މިއީ ދުނިޔޭގެ އެންވަނަ ލީގަަށް ބަލާނަމަ އާދަޔާ ހިލާފް ތަފާތެކެވެ.

ދުނިޔޭގެ އެހެން ލީގުތަކާއި އަޅާ ކިޔާ އިރު ޕުރެމިއަރ ލީގުގެ ފެންވަރު ރަނގަޅުވެފައި ޓީމުތައް ވަރުގަދައެވެ. މި ސަބަބާއި ގުޅިގެން ޕުރެމިއަރ ލީގުގެ މެޗުތައް ވާދަވެރިވެފައި ބަލާހިތްވާ ކަހަލަ ކުޅުމެއް ފެނިގެންދެއެވެ. ޕުރެމިއަރ ލީގުގައި ތާވަލުގެ އެންމެ ކުރީގައި އޮންނަ ޓީމު ތާވަލުގެ ފުލުގައި އޮންނަ ޓީމު ކައިރިން ވެސް ބަލިވެއެވެ. މިއީ މި ލީގުގެ ވަރުގަދަކަން ސާބިތު ކޮށްދޭ ކަމެކެވެ. ޕުރެމިއަރ ލީގު ގައި ސީޒަނެއްގައި 38 މެޗު ކުޅޭ އިރު އެއް ސީޒަނުގައި އެންމެ ގިނަ މެޗު ކާމިޔާބު ކޮށްފައިވަނީ 32 މެޗެވެ. މިއީ 38 މެޗު ކުޅޭ ލީގެއްގައި ފާހަގަކޮށްލެވޭ ވަރުގެ ބޮޑު ކާމިޔާބީއެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ތީ ވަކިޓިީމެއްގެ ވާހަކަ ދައްކަން ލިޔުނު ލިޔުމެއްނު

    4
    1
    • މަ

      ދޮގެއްވާ ނޫން

    • ލަމްކޮއި

      ލޮލް. ދެއްކޭނީ ފެންނަންއޮތް އެއްޗެއްގެ ވާހަކަނު. ޕްރިމިއަރ ލީގު ވަާހަކަ ދައްކަންޏާ މެންޗެނެސްޓަރ ޔުނައިޓަޑްގެ ނަން ލައްކަ ފަހަރު އަޑު އިވޭނެ، އެހާބޮޑަށް އަސަރު ކުރާއެއްޗެއް ނޫން.

  2. ރޮނާލްޑޯ

    އަހަރެމެން މިހާރު ބަލަނީ ސައޫދީ ޕުރޯ ލީގު..