މަޑަގަސްކަރައިގައި މިހާރު ކުރިޔަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ ބާސްކެޓްބޯޅަ ތުރީ އޮން ތުރީ ދެ ޓީމުވެސް ފުރަތަމަ ފަހަރަށް ލޯ މެޑަލް ހޯދައިފިއެވެ.

މަޑަގަސްކަރައިގައި މިހާރު ކުރިއަށްދާ ގޭމްސްގައި އަންހެން ޓީމު ސެމީ ފައިނަލަށް ދަތުރުކުރީ ގުރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްގެންނެވެ. ފުރަތަމަ މެޗުގައި ސީޝެލްސްއާ ވާދަކޮށް ރާއްޖެ މޮޅުވީ 14-7 ޕޮއިންޓުންނެވެ. ދެވަނަ މެޗުގައި މަޔޯޓްގެ މައްޗަށް ކުރިހޯދީ 13-10 އިންނެވެ.

މިއަދު ކުޅުނު ތިންވަނަ ހޮވާ މެޗު ރާއްޖެއިން ކާމިޔާބު ކުރީ ފަހަތުން އަރާ 15-19 ގެ ނަތީޖާއިން މަޔޯޓް ބަލިކޮށްގެންނެވެ. މެޗު ފެށިގެން ދެ ޓީމުގެ ފަރާތުންވެސް ދައްކާފައިވަނީ ވާދަވެރި ކުޅުމެކެވެ. މަޔޯޓްއިން ވަނީ 15-12އިން ކުރިވެސް ހޯދާފައެވެ. ނަމަވެސް، ގައުމީ ޓީމުން ހިތްވަރު އެލުވާލާފައެއް ނުވެއެވެ. ޓީމު ކުޅުންތެރިންގެ ހިތްވަރާއެކު، އިދިކޮޅު ޓީމުން ޕޮއިންޓެއް ސްކޯ ކުރިޔަނުދީ ގައުމީ ޓީމުން ވަނީ މެޗުގެ ނަތީޖާ އަނބުރާލާފައެވެ.

ފިރިހެން ޓީމު ފުރަތަމަ މެޗުގައި 15-12 އިން ސީޝެލްސް ބަލިކުރި ނަމަވެސް، ދެވަނަ މެޗުގައި މަޔޯޓް އަތުން ބަލިވީ 21-16 އިންނެވެ. ކުއާޓާ ފައިނަލް މެޗު މެޗު 20-18އިން ކާމިޔާބުކޮށް، ގައުމީ ފިރިހެން ޓީމުން ވަނީ ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ. ނަމަވެސް، ސެމީގައި މަޔޯޓްއާ ދެކޮޅަށް ކުޅެ، ރާއްޖެ ވަނީ 21-16އިން މަޔޯޓް އަތުން ބަލިވެފައެވެ.

ތިންވަނަ ހޮވާ މެޗުގައި ގައުމީ ޓީމުން ވަނީ 14-13އިން މޮރިޝަސް ބަލިކޮށް، ލޯ މެޑަލް ހޯދާފައެވެ.

އައިއޯއައިޖީގައި ރާއްޖޭގެ ފިރިހެން ބެޑްމިންޓަން ޓީމު ވަނީ ސެމީފައިނަލްގައި ސީދާ ތިން ގޭމުން ރީޔޫނިއަން ބަލިކޮށް ފައިނަލުން ޖާގަ ހޯދާފައެވެ.