އައިޔޫއެމްއެސްޔޫ ހޭންޑްބޯލް ފިއެސްޓާ 2023 ގެ އަންހެން ޑިވިޝަންގެ ފައިނަލަށް މެޕްސް ކޮލެޖް ބަލިކުމަށްފަހު ކްލިކް ކޮލެޖުން ގޮސްފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ގައުމީ ހޭންޑްބޯލް ދަނޑުގައި މެޕްސް އަދި ކްލިކް ކޮލެޖް ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 12-6 ގެ ނަތީޖާއަކުންނެވެ. ކްލިކަށް ލިބުނު މި މޮޅާއި އެކު ފައިނަލްގައި އެ ޓީމު ވާދަކުރާނީ މިދިޔަ އަހަރުގެ ޗެމްޕިއަނުން ކަމުގައިވާ އެމްއެންޔޫއާއިއެވެ.

އައިޔޫއެމްއެސްޔޫ ހޭންޑްބޯލް ފިއެސްޓާ 2023: އަންހެން ޑިވިޝަންގެ ސެމީ ފައިނަލްގެ ދެވަނަ މެޗް -- ހަސަން ރަޝީދު | ވަގުތު އިމޭޖްސް

އެމްއެންޔޫއުން މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިވެފައި ނުވާއިރު، ކޮންމެ މެޗެއްވަށް ކާމިޔާބުކޮށްފައިވަނީ ބޮޑު ފަރަގަކުން ނެވެ. ނަމަވެސް ވަރަށް ޔަގީންކަމާއި އެކު ކްލިކް ކޮލެޖުން ބުނީ މި މުބާރާތް ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދު އޮތް ކަމަށެވެ.

"ކްލިކަކީ މިފަހަރުގެ ޗެމްޕިއަން އިންޝާﷲ." މެޗަށްފަހު ދިން އިންޓަވިއުގައި ކްލިކުގެ ކެޕްޓަން ބުންޏެވެ.

އައިޔޫއެމްއެސްޔޫ ހޭންޑްބޯލް ފިއެސްޓާ 2023: އަންހެން ޑިވިޝަންގެ ސެމީ ފައިނަލްގެ ދެވަނަ މެޗް -- ހަސަން ރަޝީދު | ވަގުތު އިމޭޖްސް

އެ މެޗުން ބަލިވެ، މުބާރާތުން ކެޓި މެޕްސްގެ އަންހެން ޓީމުން ބުނީ މޮޅު ކުޅުމެއް މި މުބާރާުގައި ދެއްކުނު ކަމަށާއި، ކުޅުންތެރިންގެ ޕާފޯމެންސްއާއި މެދު ހިންހަމަ ޖެހޭ ކަމަށެވެ. އަދި އަންނަ އަހަރު އާ އަޒުމަކާއި އެކު މިފަހަރަށް ވުރެ ވަރުގަދަކޮށް އެ ޓީމު ނިކުންނާނެ ކަމަށާއި، ތަށި ނަނގާނެ ކަމަށްވެސް އެ ޓީމުން ވަރަށް ޖޯޝާއި އެކު ބުންޏެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަންނަ އަހަރު މުބާރާތުގައި ބައިވެރިވާނަން، ގްރޫޕް ސްޓޭޖުންވެސް މޮޅުވާނަން، ސެމީއިން ވެސް އަދި ފައިނަލް އިންވެސް މޮޅުވާނަން،" މެޕްސް ޓީމުން ބުންޏެވެ.

އައިޔޫއެމްއެސްޔޫ ހޭންޑްބޯލް ފިއެސްޓާ 2023: އަންހެން ޑިވިޝަންގެ ސެމީ ފައިނަލްގެ ދެވަނަ މެޗް -- ހަސަން ރަޝީދު | ވަގުތު އިމޭޖްސް

އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޖާޒީ ނަމްބަރު 14 ފާތިމަތު ނައުފާ އެވެ. އެ ޓީމުން މިހާތަނަށް 47 ގޯލު މުބާރާތުގައި ކާމިޔާބުކޮށްފައިވާއިރު، ފައިނަލްގައި ވާދަކުރާ އެމްއެންޔޫއިން 111 ގޯލެއް ޖަހާފައި ވެއެވެ.

ސެމީއިން ކެޓި މެޕްސް ކޮލެޖުންވެސް ގްރޫޕް ސްޓޭޖްގައި ކުޅުނު އެއްވެސް މެޗަކުން ބަލިވުމެއް ނެތި އެހާ ހިސާބަށް އައިސްފައި ވަނީ ޖުމްލަ 39 ގޯލު ޖަހައިގެންނެވެ. މެޕްސްގެ އަންހެން ޓީމު ކެޓިނަމަވެސް އެ ކޮލެޖްގެ ފިރިހެން ޓީމު ވަނީ ފައިނަލަށް ގޮސްފައި އެވެ. ކްލިކުގެ އަންހެން ޓީމު ސެމީއިން މޮޅުވެ ފައިނަލަށް ދިޔައިރު، އެ ކޮލެޖްގެ ފިރިހެން ޓީމު ސެމީ ފައިނަލުން ވަނީ ކަޓާފަ އެވެ.

އައިޔޫއެމްއެސްޔޫ ހޭންޑްބޯލް ފިއެސްޓާ 2023: އަންހެން ޑިވިޝަންގެ ސެމީ ފައިނަލްގެ ދެވަނަ މެޗް -- ހަސަން ރަޝީދު | ވަގުތު އިމޭޖްސް

އަންހެން ޑިވިޝަންގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭ 20:00 އެވެ. ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު ކުޅޭނީ 21:15 ގައެވެ. މުބާރާތުގެ ޗެމްޕިއަންއަށް 5000 ރުފިޔާގެ ފައިސާގެ އިނާމް ލިބޭއިރު، ފިރިހެން އަދި އަންހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ރިސޯޓް ދަތުރެއްގެ އިތުރުން ޑިނާ އެއް ލިބޭނެ ކަމަށްވެއެވެ. އަދި މާދަމާ ރޭ ފައިނަލް ބެލުމަށް އަންނަ ފަރާތްތަކުގެ މެދުގައި ގުރު ނަނގައިގެން ރިސޯޓް ދަތުރެއް ހޯދުމުގެ ފުރުސަތު އޮތް ކަމަށްވެސް މި މުބާރާތް އިންތިޒާމް ކުރާ ފަރާތުން ބުނެ އެވެ.

އައިޔޫއެމްއެސްޔޫ ހޭންޑްބޯލް ފިއެސްޓާ 2023: އަންހެން ޑިވިޝަންގެ ސެމީ ފައިނަލްގެ ދެވަނަ މެޗް -- ހަސަން ރަޝީދު | ވަގުތު އިމޭޖްސް

ކޮލެޖް އަދި ޔުނިވާސިޓީތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި މުބާރާތުގެ ޓައިޓަލް ސޮޕްންސަރަކީ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަމެންޓެވެ. ކޯ ސްޕޮންސަރުންނަކީ ރީޖަނަލް އެއާޕޯޓްސް (އާރުއޭސީއެލް)، އެފްއެސްއެމް އަދި އެމްޕީއެލް އެވެ. އެސޯސިއޭޓް ޕާޓްނަރުންނަކީ ސޭލްސްކޯ އަދި ކިއުރާ އެވެ. މީޑީޔާ ޕާޓްނަރަކީ "ވަގުތު" އެވެ. ޕީއާރު ޕާޓްނަރަކީ ސޯސަލް އެވެ. ޑިޖިޓަލް ޕާޓްނަރަކީ ދިރާގު އެވެ. ބެވްރެޖް ޕާޓްނަރަކީ ހޭޕީ މާކެޓް އަދި ކޮކާކޯލާ އެވެ. އެޕެރަލް ޕާޓްނަރަކީ ހެޕްޓާ އެވެ. ޕްރިންޓިންގް ޕާޓްނަރަކީ ގްރެފައިޓްއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ނުކިޔަވާކުދިން ހޯދާ ކާމިޔާބުތައް ފެނޭތަ؟ ސާބަހޭ ސާބަހޭ، ނުކިޔަވާ ކުޅިވަރުކުޅޭށޭ، ތިޔައީ ވެސް ކާމިޔާބެކޭ، ކިޔެވުމަކީ މިޒަމާނަށް ބޭނުންކަމެއް ނޫނޭ. ކުދިންނޭ! ތިދަނީ ރަނގަޅު މިސްރާބަށް އަމާޒު ހިފަމުންނޭ. މަމެން މިބުނަނީ ނުކިޔަވާ ކުޅިވަރު ކުޅޭށޭ! މަޖިލީހުގައި އެތިބި ކަހަލަ ބަޔަކަށް ވާށޭ! އޭރުންނޭ މިކަން ވާނީ.

    • މޮޔަގޮވުން

      ބުރޯ މަށަށް އިގިފަ އެއްނެތް ކޮލެޖުތަކައް ބޮޱު ހަރަދުކޮއްފަ ނުކިޔަވަން ތިބި ބައެއް ވަދެގެން އުޅޭނެ ހެނެއް. މީ ކޮލެޖު ބުބާރާތެއް، ޱިގްރީ ހަދަމުންދާ ބައެއް. ބޭފުޅާ ކަހަލަ ނުކިޔަވާ ތިބި މީހުން ކިޔަން ދަސްކުރަމާ.

    • ޙެހެ

      މިނޫން އެއްޗެއް ނުފެނުނީތަ މި ކޮމެންޓު ކުރަން 🤦🏻‍♀️