ސޯޝަލް ސެންޓަރުގައި އައިސް ބާތު ފެސިލިޓީއެއް ގާއިމުކޮށްފިއެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އައިސް ބާތު ފެސިލިޓީއެއް ގާއިމު ކުރުމަކީ ވަރަށް ގިނަ އެތްލީޓުން ވަރަށް ދިގު އިންތިޒާރެއް ކަމަށެވެ. އަދި އެކަމަށް ނިމުމެއް ގެނެވުމަކީ ވަރަށް އުފާވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ އެތުލީޓުންގެ ރިކަވަރީއަށް އެޅުނު ވަރަށް ރަނގަޅު ފިޔަވަޅެއް ކަމަށް މަހްލޫފް ވިދާޅުވިއެވެ.

ސޯޝަލް ސެންޓަރުގައި އައިސް ބާތު ފެސިލިޓީއެއް ގާއިމު ކުރަން ފެށީ މިދިޔަ އަހަރުގެ ތެރޭގައެވެ.

މި ފެސިލިޓީގައި އެއް ފަހަރާ ހަ މީހުންނަށް ވަކިވަކިން އައިސް ބާތު ރިކަވަރީ ނެގޭނެއެވެ. މިއީ ރާއްޖޭގައި އެތްލީޓުންނަށް ހާއްސަކޮށްގެން ފެންވަރު ރަނގަޅު ބާތު ފެސިލިޓީއެއް ގާއިމު ކުރި ފުރަތަމަ ފަހަރުވެސްމެއެވެ.

އައިސް ބާތަކީ ދުނިޔޭގެ ގިނަަ ގައުމުތަކުގެ ކުޅުންތެރިން ތަމްރީންތަކާއި މެޗުތައް ކުޅުމަށް ފަހު، ހަށިގަނޑަށް އަރާމުކޮށްލަން ބޭނުން ކުރާ ވަސީލަތެކެވެ.އައިސް ބާތުގެ ސަބަބުން ހަށިގަނޑުގެ ފިނިހޫނުމިން ދަށްކޮށްދީ، ރިކަރަވަރީ ރޭޓު އަވަސްކޮށްދެއެވެ.

މިފަދަ ވަސީލަތެއް ގިނަ ކުޅުންތެރިން ބޭނުންވެފައި ތިބޭތާ ވަރަށް ގިނަ ދުވަސްވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މައިލޯ

    މަ ހީ ކުރީ ކޮވިޑްގެ ފަރުވާއެއް ކަމަށް

    18
    2
  2. ލޮލީ ޕޮލީ

    ތި ފެސިލިޓީ ބޭނުން ކުރަން ހުރިހާ ކުޅުންތެރިންނަށް ލިބޭނެބާ؟ ނޫނީ އެސޯސިއޭޝަން ތަށް ލޯބިވާ ކުޅުންތެރިންނަށް އެކަނިތޯ ލިބޭނީ؟ މިހެން އަހަން ޖެހޭ ސަބަބުތައް ބައިވަރު. ވޮލީ އަދި ބާސްކެޓް އެސޯސިއޭޝަން ގަ "ފެމިލީ" އަށް އަބަދުވެސް ރަނގަޅު ގޮތް.

    16
    1
  3. އަހޫ

    ތިތަން ފެނިފައި އަހަރެން ފަކުރު ގަންނަނީ. ހާއްސަކޮށް މަސްމާރުކޭޓަކާއި އެއްފެންވަރަށް ހަދާފައި ހުރި ތަނެއް.

    21
    6
    • Anonymous

      ތަން ބޭނުންކުރާ މީހުން ސާފުތާހިރުވާވަރަކަށް، ސާފުތާހިރުވާނީ. ހަދާފައިހުރި ފެންވަރެއް ނޫން މުހިއްމީ!

      12
      10
    • ޅަލު

      މިއީ ޔާމީން ވެރިކަމުގަ އެޅި ތަނެއްނަމަ ކަލޭ ބުނާނެ ވޯލްޑް ކުލާސް އޭ

      8
      17
      • އައިސް ބާތު

        މިފަދަ ތަނެއް ހުންނާނެ ދެ ޓާފް ދޭތެރޭހުރި ޗޭންޖިން ރޫމް ތައް ހުރި ތަނުގަ ގޮސް ބަލާ ، އެއީ ކީ މިސަރުކާރުން ކުރިކަމެއްނޫން ...

  4. މެންބަރުން

    ކުލަބު ތަކައް އައިސްބާރތް ހަދަން ފުރުސަތު ލިބޭނެތޯ ، ގައުޓީމައް މަށާ ޓީރެކްސް އަދި ރެޕްޓާރސް އައް ފުރުސަތު ޔަގީން ލިބޭނެ

    6
    1
  5. ޙހހހ

    ތިޔައީ ސީދާ ނުބާކަންކަމަށް މަގުފަހިވާިތަށް ހަދާފައިވާ އެއްޗެއް ، ގިނަ މީހުން އެއްތަނެއް ތިބުން ކަޑަ

    9
    4
  6. ބެލެނިވެރިން

    ހަސަން ބަނޑޭ އެމް ބީ އޭ ގަ ހުއްޓާ މަގޭ ދަރި އެއް ނުފޮނުވާނަން އައިސްބާތު ހަދާކައް ވ،ސަލަން

  7. ޢެމް ބީ އޭ

    މިތަނުން އައިސްބާތު ހަދަން ފުރުސަތު ބޮޑީ އަންހެން ގައުމީޓީމްތަކައް

    5
    1
  8. އިސް މާމާ

    އައިސް ބާތު މިހާރުވެސް ހެދޭނެ ޓާފް ދަނޑުންވެސް ...އެއީކީ މިސަރުކާރު އައިފަހުން ހެދި ތަންތަނެއްނޫން ..