ސްޕެނިޝް ލީގުގެ ކުލަބެއް ކަމަށްވާ ރެއާލް ބެޓިސްއަށް މީގެކުރިން ކުުޅުނު ސްޕެއިނުގެ ޑިފެންޑަރު ހެސޫސް ޕޯޒޯ ބްލާންކޯ ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ސޮއިކޮށްފިއެވެ.

މިއީ ކުރިޔަށްއޮތް އޭއެފްސީ ކަޕަށް ޓީމު އިތުރަށް ވަރުގަދަކުރުމުގެ ގޮތުން ގެނައި ކުޅުންތެެރިއެކެވެ. ޑިފެންޑަރެއް އެ ޓީމަް ގެނައިއިރު މީގެކުރިން އެ މަޤާމަށް ގެނައީ ސާބިއާގެ ޕީޓާ ޕްލަނިޗް އެވެ. ނަމަވެސް މާޒިޔާއިން ވަނީ އޭނާގެ އިތުރުން ގެނައި ކީޕަރު ނިކޮލާ ވުޔަނަަޗް ދޫކޮށްލާފައެވެ.

އުމުރުން 25 އަހަރުގެ ޕޯޒޯ ވަނީ 2013-2014 ވަނަ އަހަރުގެ ސީޒަނުގައި ރެއާލް ބެޓިސް ސްކޮޑުގައި ހިމެނިފައވެެ. އެކަމަކު ބެޓިސްގެ ސީނިއާ ޓީމަށް ޕޯޒޯ މެޗެއް ކުޅެދީފައި ނުވި ނަމަވެސް، އޭގެ ފަހުން ދެ އަހަރު އޭނާ ވަނީ ރެއާލް ބެޓިސް ބީ ޓީމަށް ކުޅެފައެވެ. އަދި 2017-2018 ވަނަ އަހަރުގެ ސީޒަނުގައި އޭނާ ވަނީ ބެޓިސް ޑިޕޯޓިވޯ ޓީމަށްވެސް ކުޅެފައެވެ.

އަންނަ މެއި މަހު ކުޅޭ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ މެޗުތައް ހޯސްޓްކުރާނީ ރާއްޖޭގަ އެވެ. ދެކުނު އޭޝިއާއަށް ހާއްސަ ގްރޫޕުގައި ހިމެނެނީ ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގަން އާއި ބަންގްލަދޭޝްގެ ބަޝުންދުރަ ކިންގްސް އެވެ. މި ގްރޫޕުގެ ދެން އޮތް ޖާގަ ކަށަވަރުވަނީ ކޮލިފައިން ބުރުން ކުރިހޯދާ ޓީމަކަށެވެ.

ކޮލިިފައިންގައި ވާދަކުރާ ޓީމުތަކަކީ ރާއްޖޭގެ އީގަލްސް އާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީގެ އިތުރުން އިންޑިއާގެ ބެންގަލޫރު އެފްސީއެވެ.